އެމެރިކާ އިރާނުން ގެއްލިގެން އުޅޭ ސައިންޓިސްޓު ޤައުމަށް އެނބުރި އައިސް އެމެރިކާ ކުށްވެރިކޮށްފި

އިރާނުން ގެއްލިގެން އުޅޭ ސައިންޓިސްޓު ޤައުމަށް އެނބުރި އައިސް އެމެރިކާ ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އިރާނުން ގެއްލިގެން އުޅޭ ސައިންޓިސްޓު ޤައުމަށް އެނބުރި އައިސް އެމެރިކާ ކުށްވެރިކޮށްފިއެވެ.

އީރާނުން ގެއްލިގެން އުޅުނު ސައިންޓިސްޓަކު އެނބުރި އިރާނަށް އައިސް އޭނާއަށް ކަންތައް ވީގޮތް ވަނީ ހާމަކޮށްފައެވެ. އޭނާ ބުނާގޮތުގައި އޭނާއަށް ޤައުމަށް އާދެވުނީ އެމެރިކާގެ ޖާސޫސުންގެ އަތްދަށުން މިނިވަންވެ އެމީހުނަށް ފިލައިގެންކަމަށެވެ.

ފަހަކަށް އައިސް އެމެރިކާއާއި އިރާނާއި ދެމެދު އެންމެބޮޑަތައް ތަޅާފޮޅާފައިވާ މައްސަލައަކީ އިރާނުގެ ސައިންޓިސްޓަކު ވަގަށް ނެގި މައްސަލައެވެ. އިރާނުންބުނަނީ އިރާނުގެ ސައިންޓިސްޓު އުމްރާއަށް ސައުދީއަށް ގޮސްއުޅެނިކޮން ސައުދީގެ އެހީއާއިއެކު އެމެރިކާއިން އޭނާ ވަގަަށް ނެގީ ކަމަށެވެ. އެހެނަސް އެމެރިކާއިން ބުނަނީ އެސައިންޓިސްޓު އެމެރިކާއަށް އަމިއްލައަށް އައީ ކަމަށާއި އޭނާ އިރާނުގެ ނިއުކްލިއާ މައުލޫމާތުތައް ދެމުން ދާކަމަށެވެ. މިކޯޅުމުގެ ތެރޭގައި އިރާނުންވަނީ ގެއްލިގެން އުޅޭ ސައިންޓިސްޓުގެ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. އޭގައި އެސައިންޓިސްޓު ބުނެފައިވަނީ 'އެމެރިކާއިން އޭނާ ރަހީނުކޮށްފައިވާ'ކަމަށެވެ. ހަމައެއާއި ވިދިގެން އެމެރިކާއިންވެސް ވަނީ އެސައިންޓިސްޓުގެ ވީޑިއޯއެއް އާންމުކޮށްފައެވެ. އޭގައި އެސައިންޓިސްޓު ބުނެފައިވަނީ 'އެމެރިކާގައި ކިޔަވަންހުންނަކަމަށާއި ރަހީނުކޮށްފައިނުވާ' ކަމަށެވެ.

އެމެރިކާއާއި އިރާނުގެ ކޯޅުންގަނޑު ހޫނުވެފައިވާ ދަނޑިވަޅެއްގައި 'ގެއްލިގެން އުޅޭ ސައިންޓިސްޓު' އިރާނަށް ސަލާމަތުން އެނބުރި އައުން ވެފައިވަނީ އެމެރިކާއިން ދެއްކި ވީޑިއޯ އާއި އެމެރިކާގެ ބަސް ދޮގުވެގެން ދިޔަ ކަމަކަށެވެ. މިމައްސަލާގައި އީރާނުންވަނީ އެމެރިކާއަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދީފައިއެވެ. އީރާނުން ބުނެފައިވަނީ 'ސައިންޓިސްޓު ރަހީނުކުރީ އެމެރިކާގެ ސީއައިއޭ އިންކަމުގެ ހެކި އިރާނުގެ އަތުގައި އެބަހުރި'ކަމުގައެވެ.

އެމެރިކާގެ އޭޖެންޓުންގެ އަތްދަށުން ސަލާމަތްވެގެން އައި މިސައިންޓިސްޓަކީ އީރާނުގެ އެޓޮމިކް އެނާރޖީ އޯރގަނައިޒޭޝަންއަށް މަސައްކަތްކޮށްދޭ ޔުނިވަރސިޓީއެއްގެ ދިރާސާ ސައިންޓިސްޓެކެވެ. މީނަގެ ނަމަކީ ޝަހްރާމް އަމީރީއެވެ.

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.