ދިއިސްލާމްޔޫރަޕު

ތުރުކީވިލާތުން މަޞްނޫޢީ ހަނދެއް ޖައްވާދޫކޮށްލަނީ

 

އިޓަލީވިލާތާއި ފަރަންސޭސިވިލާތުގެ އެހީއާއެކު ތުރުކީވިލާތުގެ ފުރަތަމަ  މަޞްނޫޢީ ހަނދު Gokturk ނަމަކަށްކިޔާ ސެޓެލައިޓް 2012 ގައި ފަޒާގެތެރެއަށް ދޫކޮށްލުމަށް ތައްޔާރުވަމުންދާއިރު، އެ މުހިންމު ޙާދިޘާގެ ވަގުތު ގާތްވި ވަރަކުން އިޒްރޭލްގެ އެކިފަންތީގެ މީހުންގެ ނުތަނަވަސްކަން އިތުރުވަމުން ދާކަމުގައި ޚަބަރުތައް ބަޔާންކުރެއެވެ.

މުފައްކިރަތުލް އިސްލާމް islammemo.cc މިދިޔަ ބުވަހުގެ ޚަބަރުގައި ގެނެސްދީފައިވާގޮތުގައި  ޒައިނިސްޓުންގެ ނޫހެއްކަމުގައިވާ  މަޢާރިފް (ނޮލެޖް) ހާމަކުރާގޮތުގައި ތަލްއަބީބު އެކަމާވަރަށްބޮޑަށް ކަންބޮޑުވެއެވެ. އެ ސެޓެލައިޓްގެ ސަބަބުް ޒައިނިސްޓުންގެ ކިޔާން ތުރުކީގެ ފަޒާގެ ކުރިމަތީގައި ހާމަވެންދާނެތީ ވަރަށްބޮޑަށް ބިރުގަނެވެ. މިހެންކަމުން ތުރުކީވިލާތުގެ އެ މަޝްރޫޢު ހުއްޓުވާލުމަށްޓަކައި ހަނދުގެ ޞިނާޢަތަށް ބޭނުންވާ ލާޒިމް ސާމާނު ނުވިއްކުމަށް ބާޜުއަޅައި ތަލްއަބީބުން ވަރަށްބޮޑަށް ދަތިތަކާއި ފިއްތުންތައް ފަރަންސޭސިވިލާތަށާއި އަދި އިޓަލީވިލާތަށް ކުރިމަތިކުރިކަމުގައި ބަޔާންވެފައިވެއެވެ. އެނޫސްބަޔާންކުރާގޮތުގައި އެފަދަ އާލާތެއްގެ ސްޕެއަރ ވިއްކުމަށް ތަލްއަބީބު ސަރުކާރުން ތުރުކީއަށް ހުށައެޅިވެސްމެއެވެ. ނަމަވެސް ޝަރުތަކީ އެސެޓެލައިޓުން އިޒްރޭލާއި ގަލްފުގެ ސަރަޙައްދުގެ ތަސްވީރުނުކުރުމެވެ. ނަމަވެސް މި މަސައްކަތުގައި ބަލްއަބީބު ވަނީ ނާކާމިޔާބުވެފައެވެ.

ތުރުކީވިލާތުގެ ނޫހެއްކަމުގައިވާ ޒަމާން ތޫދިޔަ ބަޔާންކުރާގޮތުގައި އެ ސެޓެލައިޓުންނަގާ އިންޓެލިޖެންސް ތަސްވީރުތަކާއި އިޒްރޭލް މުހިންމު ޚަބަރުތަކާގުޅޭ މަންޒަރުތައް ބޭރުގެ ދައުލަތްތަކަށް ނޫނީ ފަލަސްޠީނަށް ތުރުކީއިން ނުވިއްކުމަށް އެއްބަސްވޭތޯ އެކަމުގެ ކަށަވަރުކަން ހޯދުމަށްޓަކައި، އެތައް މަސައްކަތްތަކެއް ޒައިނިސްޓް އިޒްރޭލްގެ ސަރުކާރު ހޭދަކޮށްފައިވެއެވެ. އެހެނީ މި ސެޓެލައިޓަކީ ޔޫރަޕްގެ މަންޒަރުތަކާއި، ކައުކަސަސް (އަލްޤަވްޤާޒް) ގެ ސަރަހައްދާއި އަދި މެދުއިރުމަތީގެ ތަސްވީރުތައް ކުރަހާލުމުގެ ޤާބިލުކަން އެއަށް ލިބިގެންވާނެއެވެ. އަދި ކުރުދީގެ ޙިޒްބުލްޢުންމާލާ ތުރުކީވިލާތުން ކުރާ ހަނގުރާމައިގައި އެހީތެރިވެދޭނެވެ. އަދި ޒަމާން ތޫދިޔާ ޙަވާލާދީ މުފައްކިރަތުލް އިސްލާމް ބަޔާންކުރާގޮތުގައި ތުރުކީގެ އަމަންއަމާންކަމާގުޅޭ ފަރާތަކުން ބަޔާންކުރާގޮތުގައި އެބައިމީހުން ފޮނުވާލައި ސެޓެލައިޓުން ނަގާފޮޓޯތަކުގެ ބޭނުން ހިފާނެގޮތެއް ކަނޑައަޅާނީ ތުރުކީންނެވެ. އަދި ވަރަށްބޮޑަށް ޒައިނިސްޓު އިޒްރޭލުން ވޭތުވިދިޔަ އަހަރުތަކުގައި ސަރަހައްދުގެ ތަސްވީރުނަގާ އޭގެފައިދާނަގާފައިވާކަމަށް ބަޔާންކުރިއެވެ.

މިދުވަސްވަރަކީ ތުރުކީވިލާތާއި އިޒްރޭލާދެމެދުގައިވާ ދިޕޮލަމާސީ ގުޅުން ވަރަށް ހީނަރުވެފައިވާ ދުވަސްވަރެކެވެ. އެއީ ތުރުކީވިލާތުން ފަލަސްތީނުގެ ރައްޔިތުންނަށް ފޮނުވި އިންސާނީ އެހީގެ އުޅަނދަން ދިން އުދުވާނީ ހަމަލައާގުޅިގެންނެވެ. އެ ޙަމަލާގައި ތުރުކީގެ 9 މީހުން މަރުވެ އެހެންމީހުންނަށް ހާނިއްކަ ވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *