އާންމުންގެ ބަޔަކު ބަޑިޖަހާ ޝަހީދުކޮށްލުމާއި ގުޅިގެން ކަޝްމީރުގައި ހަމަނުޖެހުން އިތުރުވެއްޖެއެވެ.
މިދިޔަ ހަފްތާގައި ކަޝްމީރުގައި މުޒާހަރާކުރަމުން ދިޔަ އާންމުންގެ ބަޔަކަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން ރުޅި ގަދަވެފައިވާ އާންމުންގެ މީހުން ކަޝްމިރުގެ މަގުތަކުގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން ކާފިޔު އިއުލާން ކޮށްފައިވާކަމަށް ހަބަރުތަކުން ބުނެއެވެ.
ފަހުގެ ހަބަރުތައް ބުނާގޮތުގައި ކަޝްމީރުގައި މިހަމަނުޖެހުމުގެ ސަބަބުން އުފެދިފައިވާ ކޯޅުންގަނޑަށް ހައްލެއް ހޯދުމަށް ސިޔާސީ ފަރާތްތަކަށް ވަނީ އިންޑިއާގެ ސިފައިންގެ މަތިވެރިޔާ ގޮވާލާފައެވެ. މިހަމަނުޖެހުމުގައި ކަޝްމީރުގެ ބައެއް މީހުން އިންޑިއާ ސިފައިންނާއި މެދު ހިތްހަމަނުޖެހި މުޒާހަރާތައް ވަނީ ކޮށްފައެވެ. އަދި މުޒާހަރާތަކުގައި ސިފައިން ވަނީ އެއްވުން ރޫޅާލުމަށް ކަރުނަ ގޭސް ބޭނުންކޮށްފައެވެ. އޭގެ ސަބަބުން ރުޅިގަދަ ވެފައިތިބި އާންމުންވަނީ ސިފައިންނާއި ދިމާލަށް އޮއްގާ އުކާ މުޒާހަރާ ހޫނުވެ ހަމަނުޖެހުމަކަށް ބަދަލުވެފައެވެ.
ކަޝްމީރުގައި މިހާރު އުފެދިފައިވާ ހަމަނުޖެހުމުގެ ސަބަބުން ވިޔަފާރިތަކާއި ސުކޫލުތަކާއި ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. ކޮލެޖުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓެސްޓުތައްވެސް ވަނީ ފަސްކޮށްފައެވެ. އަދި މީގެ އިތުރުން ފޯނުތަކުން އެސްއެމްއެސް ނުފޮނުވޭގޮތައް ވެސް ވަނީ ހަދާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...