ރާއްޖޭގެ ޚަބަރު ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަސައްކަތަށް ހުރަސް އަޅާ - ވަޒީރުން

ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަސައްކަތަށް ހުރަސް އަޅާ - ވަޒީރުން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަސައްކަތަށް ހުރަސް އަޅާކަމަށްބުނެ ވަޒީރުންގެ މަޖިލީހުގެ އެންމެހާ ވަޒީރުން އެބޭފުޅުންތިއްބެވި މަޤާމުތަކުން އިސްތިއުފާދީފިއެވެ.

އިއްޔެގެ ހަވީރު ރައިސްލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދުވަނީ އެބޭފުޅުންގެ އިސްތިއުފާ ޤަބޫލުކުރައްވާފައެވެ. އިސްތިއުފާގެ ސިޓީ ހުރިހާ ވަޒީރުންވެސް ހުށަހަޅައިފައިވަނީ އެއްވަގުތެއްއްގައެވެ. ހުރިހާ ސިޓީއެއްގައިވެސް ވަނީ އެއްޢިބާރާތެއްކަމަށް ދިއިސްލާމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

15 ވަޒީރުން ހިމެނޭ ވަޒީރުންގެ މަޖިލީހުގެ ހުރިހާވަޒީރުން އިސްތިއުފާ ދިނުމުން މިވަގުތު ވަޒީރުންގެ މަޖިލީހުގައި ތިއްބެވީ ރައިސްލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދުއާއި ރައިސްލްޖުމުހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ވަހީދު ޙަސަން މަނިކުއެވެ.

ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީރުންގެ މަޖިލީހުން އިސްތިއުފާގެ ސިޓީ ހުށަހަޅާފައިވަނީ އިއްޔެ ކެބިނެޓް ބައްދަލުވުމުގައި ހުރިހާވަޒީރުންނަށް އިސްތިއުފާގެ ސިޓީ ހުށަހެޅުމަށް އަންގަވާފައިވާތީކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.