އެމެރިކާއިން އީރާނަށް އަޅާ ދަތިކުރުމުގެ ފިޔަވަޅަކީ ޕާކިސްތާނުން އޭގެ ފަސްފަހަތުން ހިނގަންޖެހޭނެ ކަމެއް ނޫން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރާޒާ ގިލާނީ ވިދާޅުވެއްޖެއެވެ.
އެމެރިކާއިން އީރާނަށް އަޅާ ދަތިކުރުމުގެ ފިޔަވަޅަކީ ޕާކިސްތާނުން އޭގެ ފަސްފަހަތުން ހިނގަންޖެހޭނެ ކަމެއް ނޫން ކަމަށާއި އެމެރިކާއިން އިރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިކަމުގައި ވިޔަސް ޕާކިސްތާނާއި އީރާން އެއްބަސްވެފައިވާ މިމަޝްރޫޢު ކުރިއަށް ދާނެކަމަށާއި އޭގެތެރޭގައި ޕާކިސްތާނުން އީރާނާއި އެކު އެއްބަސްވެފައިވާ 7.6 ބިލިޔަން ޑޮލަރުގެ ގުދުރަތީ ގޭސްހޮޅިތައް އެޅުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެކަމަށްވެސް ޕާކިސްތާނުންވަނީ މުޅި ދުނިޔެއަށް ހާމަކޮށްފައެވެ.
ޕާކިސްތާނުގެ ޖެހިލުންކުޑަ މިނިންމުމާއި މެދު އެމެރިކާއިން އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިންނަމަވެސް ޕާކިސްތާނުން އީރާނާއި އެކު އެއްބަސްވެފައިވާ 7.6 ބިލިޔަން ޑޮލަރުގެ ގުދުރަތީ ގޭސްހޮޅިތައް އެޅުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ކަމުގައި ޕާކިސްތާނުން ވަނީ ހާމަކޮށްފައެވެ. އަދި ބޮޑުވަޒީރު ޔޫސުފް ރާޒާ ގިލާނީ ވިދާޅުވީ އެމެރިކާއިން އީރާނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅިކަމުގައި ވިޔަސް ޕާކިސްތާނާއި އީރާން އެއްބަސްވެފައިވާ މިމަޝްރޫޢު ކުރިއަށް ދާނެކަމުގައެވެ.
މިހައިޖާނުގެ ތެރޭގައި ގޭސްހޮޅިތައް އެޅުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ކުރިން އެކަމާ ޕާކިސްތާނުން ވަރަށް ފުންކޮށް ވިސްނަންޖެހޭނެ ކަމަށް އެމެރިކާއިން ހާމަކޮށް އިންޒާރު ދީފައިވީނަމަވެސް އެކަމާ ދެވަނަ ވިސްނުމަކަށް ދެވެން ނެތްކަމުގައި ވިދާޅުވެ ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ އެމެރިކާއަށް ރައްދު ދީފައެވެ. އެމެރިކާއިން ބޭނުންވަނީ ޕާކިސްތާނާއި އިރާނާއި ދެޤައުމުގެ ގޭސްހޮޅިތައް އެޅުމުގެ މަޝްރޫޢު ހުއްޓުވުމެވެ.
ގިނަ ބަޔަކު ޕާކިސްތާނަކީ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއްކަމަށް ސިފަ ކުރަމުންދާއިރު ބައެއް ފަހަރު އެމެރިކާއަށްވެސް ސިހުން ލިބިދޭފަދަ 'ނިންމުންތައް' ޕާކިސްތާނުން ނިންމަމުންދެއެވެ. އޭގެ ސަބަބުން އެމެރިކާއާއި ޕާކިސްތާނާއި ދެމެދު އޮންނަ ގުޅުމަށް ބުރޫއަރާ އެކަން ހަމަޔަކަށް އެޅުވުމަށް އެމެރިކާގެ ވަފުދެއް ޕާކިސްތާނަށް އަންނަންޖެހެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...