ދިއިސްލާމް އޮކްޓޯބަރ 28، ހުކުރު ދުވަހުގެ ރޭގެ އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް

އޮކްޓޯބަރ 28، ހުކުރު ދުވަހުގެ ރޭގެ އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް

އޮކްޓޯބަރ 28، ހުކުރު ދުވަހުގެ ރޭގެ އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ މިސްކިތެއްގައި ބޭއްވި ދަރުސެއްގެ ތެރެއިން – ދިއިސްލާމް ފޮޓޯ / މުޙައްމަދު ވަސީމް

 

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން އޮކްޓޯބަރ 28 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް ޢާއްމުކޮށްފިއެވެ.

މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

1- އިސްލާމީ މަރުކަޒް - އައްޝައިޚް މުޙައްމަދު ޠައްޔިބް (މައުޟޫއު: އަރަފާތް ދުވަހުގެ މާތްކަން)

2- މަސްޖިދު ޞުލްޠާން ޙަސަން އިއްޒުއްދީން - އައްޝައިޚް އުޘްމާން ޢަބްދުﷲ (މައުޟޫއު: އަރަފާތް ދުވަހުގެ މާތްކަން)

3- މަސްޖިދު ޖަލާލުއްދީން - އައްޝައިޚް މުޙައްމަދު އީސާ (މައުޟޫއު: އަރަފާތް ދުވަހުގެ މާތްކަން)

4- މަސްޖިދު އިސްކަންދަރު - އަލްއުސްތާޛް އަޙްމަދު މައުމޫން (މައުޟޫއު: އަރަފާތް ދުވަހުގެ މާތްކަން)

5- މަސްޖިދު އިބްރާހީމް – އައްޝައިޚް މުޙައްމަދު ފާރޫޤް (މައުޟޫއު: ޤިޔާމަތްވުމުގެ އަލާމާތްތައް)

6- ހުޅުމާލެ ވަޤުތީ މިސްކިތް - އައްޝައިޚް ޙަސަން ތައުފީޤް ޢަބްދުއްރަޙްމާން (މައުޟޫއު: އަރަފާތް ދުވަހުގެ މާތްކަން)

މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދިލައްވައެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.