ބޭނުންވާ ތަކެތި
1 ޖޯޑު ތާޒާ ސްޓޯބެރީ ( މިކްސަރުން ހިމުން ކޮށްލާފައި )
600 މލ. ސްޓޯބެރީ އަދި އާފަލު ޖޫސް
1 ޕެކެޓް ހަލުވިދާ ( ނުވަތަ ޖެލެޓިން )
2 މެޒުމަތީ ސަމްސާ އައިސިން ޝުގަރ
150 ގ. ސްޓޯބެރީ ޔޯގާރޓް
1 ޖޯޑުފެން
ތައްޔާރުކުރާނެ ގޮތް
1 ޖޯޑުފެނުގެ ތެރޭގައި ހަލުވިދާ ތައް 10 މިނެޓް ވަންދެން ބަހައްޓާ ލައްވާށެވެ. އެއައްފަހު ފެން އޮއްސާލުމައްފަހު ސްޓޯބެރީ އަދި އާފަލު ޖޫސް އަޅުއްވައިގެން ރަނގަޅައް ކައްކާލައްވާށެވެ. ދެބައި ކޮއްލުމައްފަހު އެއްބައި ބޯތައްޓަކައް އެޅުއްވުމައްފަހު ސެޓް ކުރަން ( ގާތްގަނޑަކައް 2/1 ގަޑިއިރު ) ފްރިޖް ގައި ބަހައްޓަވާށެވެ. އަނެއްބައި 6 ތައްޓައް ބަހާލައްވާށެވެ. ހިހޫވުމުން ބޯތައްޓައް އެޅުއްވި ހަލުވިދާ ތެރެއަށް ޔޯގާރޓް، އައިސިން ޝުގަރ އެޅުއްވުމައްފަހު މިކްސަރުން ހިމުން ކޮށްލައްވާށެވެ. އެއައްފަހު ކުރިން 6 ތައްޓައް އެޅި ހަލުވިދާ ތައް މައްޗައް މިބައި އެޅުއްވުމައްފަހު އަނެއްކާވެސް 2/1 ގަޑިއިރު ފްރިޖް ގައި ބަހައްޓަވާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...