ދިއިސްލާމް ދުނިޔާގައި އެންމެ ދޮށީ އުމުރުގައި ކައިވެނި ކުރި ދެމަފިރިންގެ މަޤާމް މިފަހަރު އިންޑިޔާގެ ދެމަފިރިންނަށް

ދުނިޔާގައި އެންމެ ދޮށީ އުމުރުގައި ކައިވެނި ކުރި ދެމަފިރިންގެ މަޤާމް މިފަހަރު އިންޑިޔާގެ ދެމަފިރިންނަށް

ދުނިޔާގައި އެންމެ ދޮށީ އުމުރުގައި ކައިވެނި ކުރި ދެމަފިރިންގެ މަޤާމް މިފަހަރު އިންޑިޔާގެ ދެމަފިރިންނަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ 120 އަހަރުގެ ހާޖީ ޢަބްދުލް ނޫރު ދެވަނަފަހަރަ ށްކައިވެނި ކޮށްގެން ދުނިޔޭގައި އެންމެ ދޮށީ އުމުރުގައި ކައިވެނިކުރި މީހާގެ ލަޤަބް ހޯދައިފިއެވެ.

ހާޖީގެ ފުރަތަމަ އަނބިމީހާ  2005 އަހަރު މަރުވުމުން ދެވަނަފަހަރު ކައިވެނި ކުރީ އިންޑިޔާގެ އިރުއުތުރުގައިވާ ސަތޮގޮރި އަވަށުގެ އުމުރުން 60 އަހަރުގެ ސޮމައި ބީބީ އާއެވެ. ހާޖީގެ ޢާއިލާގައި 122 މެންބަރުން ތިބެއެވެ. އެއީ 2 ފިރިހެން ދަރިންނާއި 4 އަންހެން ކުދިންގެ އިތުރުން ގިނަ އަދަދެއްގެ ކާފަ ކުދިންނެވެ. ހާޖީގެ މިކައިވެނި ބަލާލުމަށް 500 އެއްހާ މެޙެމާނުން އިންޑިޔާގެ އަސާމް އަވަށައް ޒިޔާރަތް ކުރިއެވެ.

ހަޖީގެ ފުރަތަމަ އަނބިމީހާ މަރުވުމުން އޭނާގެ ދަރިން ކިބައިން ދެވަނަ ކައިވެނި ކުރަން ބޭނުން ކަމުގައި ބުންޏެވެ. ހާޖީގެ ފިރިހެން ދަރިފުޅު ބުނީ " މަންމަ މަރުވީމަ ބައްޕަ އަހަރުމެން ކައިރީ ބައްޕަ ބަލަހައްޓާނެ އަންބަކު ހޯދުމަށް އެދުނެވެ. " ހަޒީ އަޒީރުއްދީން ބުނިގޮތުގައި " 100 އަހަރުން މަތީގެ މީހަަކަށް ކައިވެނި ކުރާނެ މީހަކު ހޯދުމަކީ އެހާ ފައްސޭހަކަމެއްވެސް ނޫނެވެ. އެކަމަކު ކަލާނގެ ރަޙްމަތުން ލިބުނީއެވެ. އަހަރުމެންނަށް އާ މަންމައެއް ލިބުނީއެވެ. އެއީ ވެސް ބައްޕަގެ އުމުރާ ބަލާފަ ދެބައި އުމުރުގެ މީހެކެވެ."

ހާޖީގެ އަންހެނުން ސޮމައިއަކީ ކުރީގައި ކައިވެނިކޮށް ފިރިމީހާ މަރުވެފައިވާ އަދި ދަރިޔަކު ނެތް އަންހެނެކެވެ. އަދި ހާޖީ ނޫރު އާއި ކައިވެނި ކުރުމުން އޭނާއަށް ދޮންދަރިން ތަކެއް ލިބުނީއެވެ. އޭގެތެރެއިން ބައެއް ދަރިން އޭނާއަށް ވުރެއް އުމުރުން ދޮށްޓެވެ. އިންޑިޔާ ޓައިންމްސްއަށް މަޢުލޫމާތު ދެމުން ސޮމައި ބުނީ އޭނާއަށް ބެލުނު އެންމެ ފުރިހަމައަކަށް އޭނާގެ ފިރިމީހާ ބަލާނެކަމަށެވެ.

ހާޖީ ނޫރުުގެ އުމުރު ރިކޯޑް ކުރެވިފައި ވަނީ ނުބައި ކޮށް ކަމުގައި އޭނާ ބުނެއެވެ. އެއީ 100 އަހަރު ކަމުގައެވެ. ނަމަވެސް އޭނާއަށް 120 އަހަރު ކަމުގައި އޭނާބުނެއެވެ. މިހާތަކަނަށް ރިކޯޑް ފޮތުގައި ވާ އެންމެ ދޮށީ އުމުރުގައި ކުރެވުނު ކައިވެންޏަކީ އެމެރިކާގެ 103 އަހަރުގެ ދެމަފިރިންގެ ކައިވެންޏެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.