"ތިމާވެށި" މިއީބަޔަކަށް އައުވެގެން އުޅުނަސް އަޅުގަނޑުމެން މުސްލިމުންނަށް އައު އެއްޗެއްނޫނެވެ. އެއީ އަދި ދުވަސްވެފަހުރިމީހަކު "ތިމާވެށި" ހިމާޔަތް ކުރާށޭ ކިޔަސް ނުވަތަ ތަންކޮޅެއް ޒުވާން މީހަކު ކިޔަސްމެއެވެ. މުޅ ިޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ބަސްފުޅުތަކުން މިކަން އަޅުގަނޑުމެންނަށް ފެންނަން އެބައޮތެވެ.
ކޮންމެއަކަސް މަޢުލޫއަކީ އަދި މިއެއްނޫނެވެ. މަޢުލޫއަކީ އަޅުގަނޑުމެންގެ ތެރޭގައި "ތިމާވެށީ" ގެ ބައްޕަގެ ލަޤަބު ޖަހަން އުޅޭމީހުން ތަންކޮޅެއްގިނަވެ، ތިމާވެށީގެ މެޑެލްތަކާ، އެވޯޑުތަކާ، ފިލްމުތައްވެސް ގިނަވަމުންދާ މިދުވަސްވަރުވެސް ތިމާ މިކުރަމުންދާ "ޖިހާދު" ގައި އިދިކީލިވާތަން ފެނުމެވެ.
އާދޭހެވެ! ބަހާ ޢަމަލާދިމާނުވުމެވެ. މިހާ ތިމާވެށި ދެކެ ލޯބިވާ ބަޔަކު، އެއްކޮޅުން ތިމާވެށި ޙިމާޔަތްކުރާށޭ ކިޔައި އަނެއްކޮޅުން ތިމާވެއްޓަށް ގެއްލުން ދޭތީއެވެ. މަށަށްވުރެ އިސްލާމްދީންދެކެ ލޯބިވާ މީހަކު މިޤައުމަކުނުހުންނާނެޔޭ ކިޔައި ދިމާ އިސްލާމްދީނާ އިދިކޮޅަށް ޢަމަލުކުރަމުންދާ މީހުންގެ ބީދައިންނެވެ.
ޢަރަބިއްޔާސްކޫލުގެ ބާއިމާރާތުގައި ހެދިބޮޑުވެފައިވާ 4 ބިޔަ އަނބުގަސް ހުރިކަން ނުދަންނަ މީހަކު ހަމަގައިމުވެސް މިމާލޭގަ އުޅޭނެހެނެއް ހިޔެއްނުވެއެވެ. އެކަމަކު މިއަދު އެގަސްތަށް ކޮބައިހެއްޔެވެ؟ އެ ބިޔަ 4 ގަސް ބިމާ ހަމަކޮށްލެވުނީއެވެ. އޭރުވެސް އެބުނާ އެންވަރަމެންޓް މިނިސްޓްރީ އެއް އޮތެވެ. އެގަސްތައް ކަނޑާލާތީ ބޮޑުވެގެން ދިރާސާކުރާ ވާހަކައެއް ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު އަޑުއެއްސެވިންތޯއެވެ؟ ހަމަގައިމުވެސް މަށަކުވާ އަޑެއްނާހަމެވެ.
އަސްލު "ބޮޑު" މަންޒަރު ހާމަވަނީ މިހިސާބުންނެވެ. "ބޮޑު" މަންޒަރަކީތޯއެވެ! އެއީ މިހާރު މަދަރުސަތުލް ޢަރަބިއްޔާގެ އައު ޢިމާރާތް އަޅަންދީފައި އޮތްބިމުގައި ހުރި ހަމަ އެންމެ "ބިޔަ" ނިކަގަސްގަނޑެއް ކަނޑައިލަންޖެހިގެން އެކަމާ ތިމާވެށީގެ ބަފައިން ހިތާމަކޮށް ރޮއިހަދައި، އެކަންނުކުރުމަށް އެދި އާދޭސްކޮށް، އަދި އެގަސް ކަނޑާނުލާވާނޭގޮތެއް އޮތްތޯ ބެލުމަށްޓަކައި "ދިރާސާ" ތަކެއްކުރަނީޔޯލައެވެ. މިހާރުދެން ތިބޭފުޅުންނަށް "ބޮޑު" މަންޒަރު ފެނިވަޑައިގަންނަވާނެހެން އަޅުގަނޑަށް ހީވެއެވެ. ފައިދާލިބިލިބި ހުރި މޭވާއަޅާ 4 ގަހަށްވުރެ އެގަހަކުން އެއްވެސް ފައިދާއެއް ނުލިބޭ (މިދެންނެވީ އަނބުގަހާ، ނިކަގަސް އަޅާކިޔާއިރު) ހަމަ އެއްމެ ގަހެއް ތިމަވެއްޓަށް ގެއްލުންވެދާނެތީ އެކަމާ ސަހަރޯވެރިވަނީ ކީއްވެގެންބާއެވެ؟
އަސްލަކީ ތިމާވެއްޓަށްގެއްލުންވުމެއް ނޫނެވެ. އެކަމަކު މިދިވެހިރާއްޖެއިން ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލުމުގެ ފޮރުވިފައިވާ ޕުލޭނެވެ. އެޕުލޭނުގެ % 85 މިހަރުވެސް ކާމިޔާބުވުމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ.
ވަޤުތުފާއިތުވުމުގެ ކުރިން ދިވެހިންނަށް ހެޔޮވިސްނުން މިންވަރުކުރައްވާށިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...