އެމެރިކާ ބްރެޒިލަށް ކުރަމުންދާ ވިއްސާރައިގައި 42 މީހުން މަރުވެ 600 އަށްވުރެ ގިނަ މީހުން ގެއްލިއްޖެ

ބްރެޒިލަށް ކުރަމުންދާ ވިއްސާރައިގައި 42 މީހުން މަރުވެ 600 އަށްވުރެ ގިނަ މީހުން ގެއްލިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިސްމާއިލް އަފްރާހް

ބްރެޒިލަށް ކުރަމުންދާ ވިއްސާރައިގައި 42 މީހުން މަރުވެ 600 އަށްވުރެ ގިނަ މީހުން ގެއްލިއްޖެކަމަށް ބްރެޒިލްގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ފަހުގެ ހަބަރުތައް ބުނާގޮތުގައި ބްރެޒިލްއަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި ލިބެމުންދާ ގެއްލުމުގެ ތެރޭގައި 40 ހާސްގެ ހަލާކުވެ އެތައް ހާސް ބަޔަކު ހާލުގައި ވަނީ ޖެހިފައެވެ. ބްރެޒިލްގެ ސަރުކާރުން ހާމަކުރާގޮތުގައި ބައެއް އަވަށްތަކުގެ 100 އިންސައްތަ ހަލާކުވެފައިވާ ކަމަށާއި އެއް އަވަށުން 20000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ބިކަ ވެފައިވާކަމަށެވެ. 'ބައެއް އަވަށްތައް އެބަހުރި އެތަނަށް އެޓޮމް ބޮމެއް ގޮއްވާލާ ސުންނާފަތިވެފައި ހުރިހެން ހީވާ އަވަށްތައް.' ބްރެޒިލްގެ ސަރުކާރުގެ އޮފިޝަލަކު މީޑިއާއަށް ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ބްރެޒިލްގައި ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން އަވަށެއް 'ދޮވެލާ' މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވަނީ ބްރެޒިލްގެ ޓީވީއިން ދައްކާފައެވެ. ބްރެޒިލްގައި އާދަޔާ ހިލާފަށް ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން އިންސާނީ މުސީބާތެއް އައިސްފައިވާކަމަށާއި ދުނިޔޭގެ ގައުމުތަކުގެ 'އެހީ' ނިހާޔަތަށް ބޭނުންކަމަށް ބްރެޒިލްގެ ސަރުކާރުން ވަނީ ދުނިޔެއަށް ގޮވާލާފައެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް ކުޅެމުންދާއިރު ބްރެޒިލްގެ އެތައް ލައްކަ ބަޔަކު ވޯލްޑް ކަޕް ބެލުމުގެ ބަދަލުގައި ހާލުގައި ޖެހި 'އެހީގެ އަތްތަކަކަށް' ދަނީ އެދެމުންނެވެ. ދާދިފަހުން ފްރާންސްއަށްވެސް ވަނީ މިފަދަ ހިތާމަވެރި ފެންބޮޑުވުމުގެ ހާދިސާތަކެއް ހިނގާ އެތައް ބަޔަކު މަރުވެފައެވެ.

ޓެގް

ތޫފާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.