ވާހަކަދިއިސްލާމް

އުންމަތުގެ ފަޚުރު: އަންހެން ސާހިބުން (އިމާމް އަޙްމަދުގެފާނުންގެ މަންމަ)

މިއީ 19 ނޮވެމްބަރ 2011 ގައި ދިއިސްލާމްގައި ޝާއިއުކުރެވިފައިވާ ލިޔުމެކެވެ.

މުސްލިމުންތަށް އުޅޭނެ ހެޔޮގޮތެއް ނޭނގި ސުންނަތާއި ދުރުވެ އެގޮތް މިގޮތް ވާން ފެށުމުން މި އުންމަތުގެ ތެރެއިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތްފުޅުން ސުންނަތްދިރުވާ ޙައްޤު ޤާއިމް ކުރާނެ ހިތްވަރުގަދަ ފަހުލަވާނަކު އުފަން ވުމަށް އިރާދަ ކުރެއްވެވި އެވެ.

މިހެންކަމުން މީސްތަކުންގެ ތެރެއިން ﷲ ތަޢާލާ އަޙުމަދު ނަމަކަށް ކިޔާ ކުއްޖަކު ބަޢުދާދުގެ ރަށްތަކުގެ ތެރެއިން ރަށަކަށް އުފަންވުމަށް އިރާދަ ކުރެއްވެވި އެވެ. އެ ކުޑަ ކުއްޖާގެ ހެޔޮލަފާ ހިތްވަރުގަދަ މުއުމިން މަންމަ ފަތިހުގެ މާ ކުރިން ތެދުވެ އެ ކުއްޖާ ވުޟޫކޮށް ފެންވެރުމަށްޓަކައި ފެން ހޫނުކޮށްދެއްވައެވެ. އަދި އެކުއްޖާ ނަންގަވާ ތައްޔާރު ކުރައްވަވާ އަތްޕުޅުގައި އޮތް ހަމައެކަނި ބޯ ފޮތިކޮޅުން އެކަލޭގެފާނުންގެ ގައިކޮޅުގައި އޮޅާލައްވަވައިގެން ފިނި ފިނި ރޭތަކުގައި ފިނިފައިބަމުން ދާ ފަރުބަދަތައް މެދުން ހަމައެކަނި ނިވާވާނެ ހެދުން ކޮޅު ފިޔަވާ ފިނިން ސަލާމަތް ކުރާނެ އެއްޗެއް ނެތި ހިންގަވާ ވަޑައި ގަނެއެވެ. މި ދައްކަނީ ފަތިސްގަޑީގައި ރާއްޖޭގައި އެ ވާ (ޓެމްޕަރޭޗަރ) 24 ނުވަތަ 23 ޑިގްރީ ގަ އެވާ ފިނީގެ ވާހަކަ އެއް ނޫނެވެ. ފިނިކަމުން ގޮސް މައިނަސް ޑިގްރީ އަށް އަރާ ފިނީގެ ވާހަކަ އެވެ. ނަމަވެސް ވައްޓާނުލާ ކޮންމެ ރެޔަކު އަލިވިލުމުގެ މާކުރިން މި ލޮބުވެތި މަންމަ އެ ކުޑަކުޑަ އަހުމަދަށް ކިޔަވައި ދިނުމަށްޓަކައި ހިތްވަރު ކޮށް އެ ބަޢުދާދުގެ ކަޅު އަނދިރި ފަރުބަދަތައް ދެމެދުގައި ހިންގަވައެވެ.

އަދި ކްލާސް ތައް ނިމެންދެން ވެސް އެ މަންމަ އެ ދަރިފުޅާއި ވަކި ނުވެ އިރު އަރާ އެތަށް އިރެއްވާން ދެންވެސް ހުންނަވައެވެ. ނުވެސް ކައެވެ. ވަރަށްވެސް ނިކަމެތި ޙާލެއްގައި ފިރިހެނެއްގެ އެހީ އެއްވެސް ނެތި އެކަނި މާއެކަންޏެވެ. އެހެނަސް އެ ދަރިފުޅު އެކަނި ވެރިވިޔަ ނުދެއެވެ. ބައްޕަ ނެތް މިސްކީނު ކަމުގެ އެއްވެސް އިހުސާސެއް އެ ދަރިފުޅައް ވިޔަ ނުދީ އަމިއްލަޔަށް އެ ހިތާމަ އުފުލާ ކަރުނަތައް އޮބަހައްޓާލައިގެން ނެވެ. އެ ލޮބުވެތި މަންމަގެ އުންމީދަކީ އެ ދަރިފުޅު ބޮޑުވާއިރު ދީނުގެ ޢިލްމު ވެރި އަކަށް ވުމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އެ މަންމަގެ ދުޢާ އިޖާބަ ކުރައްވަވާ އެ ކުޑަކުޑަ އަޙުމަދު ބޮޑުވުމަށް އިރާދަކުރެއްވެވީ މި އުންމަތުން ފެންނާނެ އެންމެ ބޮޑު އެއް މުޙައްދިޘް ކަމުގައެވެ. އެންމެ ޢިލްމީ ހަތަރު އިމާމުންކުރެ އިމާމެއްގެ ގޮތުގައެވެ. އެބެއިކަލެއްގެ ފަހަތްޕުޅުން މީހުން ތަބާވި މަޒްހަބެއްގެ ފެށުން ކަމުގައެވެ. އެ މަޒްހަބަކުން އެންމެ ގިނަ އެންމެ ބޮޑެތި ޢިލްމުވެރިން ނިކުތް އެންމެ ހިތްވަރުގަދަ މުޖާހިދުން ނިކުތް އެންމެ ބާރު ގަދަ އިސްލާމީ ވެރިން ނިކުތް މަޒްހަބުގެ އިމާމެވެ. އާދެ ހަންބަލީ މަޒްހަބުގެ އިމާމް އަޙްމަދު އިބްން ހަންބަލް އެވެ.

ޚަލީފާ މައުމޫނުގެ ޒަމާނުގަޔާއި ޚަލީފާ މުޢުތަސިމް ގެ ޚަލީފާ ކަމުން ބައެއްގައި މި ދެންނެވި އިމާމް އަޙުމަދު ގެފާނުން ވީ... ފައިސާ އަށް، ވެރިންނަށް ނުވިކޭ، ޙައްޤުގައި ޤާއިމްވި، ކެތްތެރިވި، މާތްކަންބޮޑު، ގިނިކަންޏާހެން މި އުންމަތް ހަލާކުވެގެން ދިޔުމުގެ ކުރިން ސަލާމަތް ކޮށްދެއްވި ހިތްވަރުގަދަ އިމާމަށެވެ. ޢިލްމުވެރިންގެ ތެރެއިން ވެރިންނަށް ވިކުނު ޢިލްމުވެރިންގެ ލަޝްކަރުތަކާއި ބަހުސް ކުރައްވާ ދުވަހެއްގައިވެސް ބަލިވެ ވަޑައި ނުގެން ޢިލްމު ވެރިޔާއެވެ. އެވަގުތު އެކަލޭގެފާނުން ފަދައިން ނުވިކި ތިއްބެވީ އެކެއް ނުވަދަ ދޭއް... ކިޔާލެވޭހާ ވެސް މަދު ޢިލްމުވެރިންކޮޅެކެވެ. ނަމަވެސް ޖަލުގައި ކަސްތޮޅު އެޅި ކޮންމެ ދުވަހަކު "ހަބޭހައް" ދުއްރައިން ތަޅާ އަނިޔާ ލިބުން އިރުވެސް ކެތްތެރިވި ހިތްވަރުގަދަ ޒުވާނާއެވެ.
ދަންނާށެވެ. މިއީ ތިޔައިގެ ތެރެއިން އަންހެންބެއިކަލެއްގެ ހިތްވަރެވެ. އެ ކަމަނާގެ ދުޢާގެ މޭވާއެވެ. އެ ފަދަ މައިންނާ ދައްތައިން ނަށް ސުވަރުގެ ނޫން އެއްޗެށް ނުދެއްވާށިއެވެ.
އުންމަތުގެ އަނހެން ބެއިކަލުން ނޭ! އޭރުވެސް މިހާރުވެސް އަންހެނުން ވާނީ އަންހެނުންނަށެވެ. އެކަނބަލުންވެސް މުސްކުޅިވެ ދުނިޔެ ދޫކުރީ ހަމަ 60 ނުވަތަ އެހާ އަހަރު އުޅުއްވާފަ އެވެ. ތި ކަނބަލުން ވެސް އުޅުއްވާނީ 1000 އަހަރަކު ނޫނެވެ. މަރުވެ ދާނެ އެވެ. ކަށްވަޅާއި ހަމަޔަށް ކަފުނާއި އެކީ ގެންދަން އޮތީ ކުރި ޢަމަލެކެވެ.

ފިރިހެނުންގެ ހިތްވަރުގަދަކަމަކީ ތި ބެއިކަނބަލުންގެ އުޅުން ހުންނާނެ ގޮތް ދައްކުވައިދޭ އެއްޗެކެވެ. ޓްރެއިން ކުރާނީ އަބަދުވެސް ފުރާޅު ތަކުގެ ދަށުގައެވެ. އެފަދައިން ގޭތެރޭ ތިއްބަވައިގެން އެ ގެއިން ނިކުންނަ ފިރިހެން ކުއްޖާ އަކީ މީހަކަށް ވާވަރު މީހަކަށް ހެދޭނެ އެވެ. ހަމަ އެފަދައިން ތިކަނބަލުން ފަދަ އަނެއްޖީލުގެ މަންމަމެންވެސް އެވެ.
ޤާޒީން ނަށް ނުވެވޭތީ ވެރިން ނަށް ނުވެވޭތީ ޝަކުވާ ނުއުފުލާށެވެ. "ވިތް ގްރޭޓް ޕަވަރ ކަމްސް ގްރޭޓް ރެސްޕޮންސިބިލިޓީ" ބުނާއަޑު މި އަޅުގަނޑު އަހަމެވެ. ތި ބެއި ކަނބަލުން ނަށް ވުރެން ހަށިގަނޑުގައި ބާރު ހުންނާނީ ފިރިހެނުންގެ އެވެ. (ވަކި ވަކިން ނުނެންގެވުން އެދެން. ސަބަބަކީ ކިޔައި މިދެނީ ޢާންމު ވާ ގޮތަށެވެ). އިތުރު މޮޅު އެއްކަމެއް މެނުވީ ފިރިހެނުންގެ ނެތެވެ. ބާރު ގަދަވީތީވެ އެހާ ޒިންމާ ވެސް ބޮޑެވެ. ނަމަވެސް އެކަށޭނަ ޒިންމާއެވެ.

އަންހެނުން ނަކީ ޖާޒްބިއްޔަތުގެ ބައެއްކަން ވެސް އިނގިލައްވާނީ ހަމަ ތި ބެއި ކަނބަލުންނަށެވެ. މަކަރު ވެރި ނުލަފާ މީހަކު ކުށެއްގައި ބެދިގެން އައިސް ވަރަށް އަސަރާއި އެކީ ރޮއެ ހަދަންޏާ ވަރަށް ފަސޭހައިން ދެރަވެ ހިތް ލެނބޭ ގޮތް ވާކަމަށް އިޢުތިރާފް ވަން ހެއްޔެވެ؟ ނުވާ ނަމަ އަޅެ ވިސްނާށެވެ. ކުރިން ހުރި ބޯއީ ފްރެނޑް އޭމިކިޔާ މީހާ ތިބާ ދޫކޮށް ދިޔައީމައި ރުއީ ކާކު ހެއްޔެވެ. މި އަޅުގަނޑަކީ ވެސް ފިރިހެނެކެވެ. ފިރިހެނުންނާއި އެކީ އުޅޭ ކުއްޖެކެވެ. ހަމަޔަގީނުން އެއިން މީހަކު ނުރޮއެވެ. ދެރަވެލާފަ ދެ ދުވަހަކު ހުރުން ފިޔަވާ އިތު ދެން ކޮން އެއްޗެއްތޯ އެވެ؟ ނަމަވެސް ތިޔައިގެ ތެރެއިން ކިތައް އަންހެނުން ރުއިތޯ އެވެ. (ނަމަވެސް ނުވިސްނާލާ ހަމަ ބޯއީފްރެންޑް ހޯދަނީ އެވެ.) ވީމާ މިފަދަ ހިތް ބަލިކަށި މައިން ނަށް ފިރިހެނުންގެ މައްޗަށް އަމުރު ކުރަން ވެއްޖެއްޔާ މުޅިތަން ފަސާދަ ވާނެ ހެނެއް ނުވިސްނޭހެއްޔެވެ؟ ކިތައް ކުއްވެރިން ނެތް އަދަބެއް ނެތި ދޫވާނެ ހެއްޔެވެ؟

ނަމަވެސް އަދި ހަނދާން ކޮށް ދަންނަވާލަ މެވެ. ތި އެންމެ ބެއިކަނބަލުން ނަކީ ފިރިހެނުން ގެ މައްޗަށް އަމުރު ކުރާ އަދި ކުރެވޭ، އެ ހުއްދަ މި ފިރިހެނުން ގެ މައްޗަށް 3 ގުނަ އަށް އޮތް ބައެކެވެ. ތިއިން ބެއިކަނބަލަކުގެ ފިރިހެން ދަރިޔަކުގެ މައްޗަށް އަމުރު ނުހިގާނެ ދުވަސް ވަރެއް އުމުރުގަވެސް ނާންނާނެ އެވެ. މި އިން ފިރިހެން ދަރިޔަކަށް މަޔަކަށް ޗުއްޕު ވެސް ބުނުމުގެ ބާރެއް ނެތެވެ. ތެދެއް! ބުނަން ވީމަ ބުނަންވީ! ނަމަވެސް މާދަން އޭގެ އެންމެ ބުނެލުމަކުން ނަރަކައިގެ ދަރުގަނޑަކަށް ވެއްޖެ ނަމަ ތިބެއިކަނބަލުން މި ފިރިހެނުންގެ މައްޗަށް އޮތް އާރާއި ބާރު ވިސްނޭނެއެވެ.

ތި އަންހެން ބެއި ކަނބަލުންނަށް ހެޔޮ ވިސްނުން ދެއްވަވާށި.

ގުޅުންހުރި

2 ޚިޔާލު

  1. ކޮންމެ ފިރިހެނަކީ ވެރިކަން ކުރުމުގެ ގާބިލްކަން ިބިގެންވާ މީހެއްތޯ؟ ކޮންމެ ފިރިހެނަކީ އިންސާފުވެރިކޮށް ހުކުމް އިއްވޭނެ މީހެއްތޯ؟ ކޮންމެ އިންސާނެއްވެސް ދުނިޔޭގައި އުޅުމަށް އިހްތިޔާރު ކުރެވޭ މަގަކީ އެމިހަކަށް މާތް ރަސްކަލާންގެ ދެއްވި އުކުޅަކުން ވަޒިފާގެ މައިދާނަށް ނިކުންނަ މީހެއް. ހިސާބުގެ އިލްމަށް ކުޅަދާނަ މީހުން އެކައުންޓިންގް، ނުވަތަ ބޭކިންގް ގެ ރޮގުން، އެކްސްޕެރިމެންޓަކޮށް ތަހްލީލް ކުރުމަށް ޝައުގު ވެރިކަން ހުންނަމީހާ ކެމިސްޓަކަށް، ފިޒިސްޓަކަށް، ކުރެހުމުގެ ކުޅަދާނަކަން ހުރި މީހާ ކުރެހުންތެރިއަކަށް، އާޓިސްޓަކަށް، ފަރުމާކުރުން ތެރިއަކަށް. މިއިން ކޮންމެ ފަންނަކީވެސް ތަމްރިނު ލިބިގެން ކުރިއަށް ދެވޭނެ ކަންތައް.
    ދަންނަވަން މިއުޅެނީ، ލޯޔަރ ކަމާއި، ޕޮލިޓިކަލް ސްޓަޑީޒްއާއި، ގާޒީ ކަމާއި ކަންކަމަކީވެސް އެތައް އަހަރެއްގެ ކިޔެވުމާއި ތަމްރީނާއި އެކު އެކަމަށް ކުޅަދާނަ ވެގެންވާ މީހާ ކުރިމަތި ލާނެކަމެކެވެ. އެކަމަށް ގާބިލް މީހަކު ކުރިމަތި ލައިފިނަމަ އެނާއަށް އެކަމުން ފެއިލް ވާނެ. އަންހެނަކަސް ފިރިހެނަކަސް. މިހުންނަށް އަމުރުވެރިއެއް ގޮތުގައި ހުކުން ކުރަން އަންނަ މިހާއީ އެކަމަށް ޝައުގު ހުރެ އެކަން ކުރުމުގެ ގާބިލްކަން ހުރިކަމަށް ގަބުލު ކުރާ މީހާ. މިހެއްގެ މައްޗަށް ހުކުމެއް ތަންފިޒު ކުރާއިރު އަންހެނުންގެ ޖާޒްބިއްޔަތު އެކަމާ ފުށުއަރާ އަންހެނަކު އެކަހަލަ ވަޒީފާއަކަށް ދިޔުމުގެ ޝައުގު ވެރިކަން ހުންނާނެބާ؟ ކުއްވެރިންގެ ބިރުވެރި (ވަޔަލެންޓް) އަނިޔާވެރިކަން ތަހައްމަލު ނުކުރެވޭ އަންހެނަކު އެފަދަ އަނިޔާވެރިކަން ގާތުން ބަލާ ދިރާސާކޮށް ހަދާ އެކަމަށް ގޮތެއް ނިންމާ ހެދުމަށް ޝައުގުވެރި ވާނެތޯ؟ އެކަހަލަ ވަޒީފާއަކަށް ނިކުންނާނެތޯ؟
    ޖާޒްބިއްޔަތުކަން އިންތިހާއަށް ގަދަ ފިރިހެނުން ތިބޭ އިރު މިފަދަ އަންހެނުންވެސް ތިބޭ. އެހެނަސް ޖާޒްބިއްޔަތުކަމުގެ ސަބަބުން ވިސްނުމަށް އަސަރު ފޯރާވަރު، ގޮތެއް ނިންމުމުގެ އިޙްތިޔާރު ޖާޒްބިއްޔަތަށް ބުރަނުވެ ނިންމުމުގެ ކުޅަދާނަކަން ލިބިގެންވާ އަންހެނުންވެސް ފިރިހެނުންވެސް ތިބޭ. ލިޔުންތެރިޔާގެ ލިޔުމުގައި ޖާޒްބިއްޔަތުކަން އަންހެނުންގެ ގަދައޭ ބުނާ ބަހަށް އިންކާރެއް ނުކުރަން. މިކަން އެގޭ ނޫންތޯ ހުކުމް ތަންފީޒުކުރުމަށްބުނާ މީހުން ތެރެއިން އަންހެނުން ނިސްބަތުން މަދުވުމުން. އަންހެނުން އެކަމަށް ކުރިމަތި ލުމުގެ ޝައުގުވެރިކަން ކުޑަކަން ދޭހަވޭ. ދެން ސުވާލަކީ ޖާޒްބިއްޔަތު ކަމާއި ތައާރަޒް ނުވެ ހުކުމް ތަންފީޒުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ އަންހެނާއަށް ގާޒީއަކަށް ވުމުގެ ޝަރަފުން ބަރީއަ ވަނީ ކީއްވެގެންތޯއެވެ؟
    ވެރިއަކަށް ވެސް ގާޒީއަކަށްވެސް އޭނާއަށް އެންމެ ރަންގަޅުގޮތަށް ފެންނަ ގޮތަށް އިންސާފަށް ގޮތް ނިންމުމުން ގިޔާމަތް ދުވަހު އޭނާގެ މައްޗަށް ފާފައެއްނެތް ވާހަކަ އިވޭ.

Your email address will not be published. Required fields are marked *

More in ވާހަކަ