ދިއިސްލާމް ތުރުކީ އަށް އައި ބިން ހެލުމުގައި ދެ ހަފްތާގެ ކުޑަ ކުއްޖަކު ސަލާމަތްކޮށްފި

ތުރުކީ އަށް އައި ބިން ހެލުމުގައި ދެ ހަފްތާގެ ކުޑަ ކުއްޖަކު ސަލާމަތްކޮށްފި

ތުރުކީ އަށް އައި ބިން ހެލުމުގައި ދެ ހަފްތާގެ ކުޑަ ކުއްޖަކު ސަލާމަތްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތުރުކީއަށް އައި ބިން ހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުން ސަލާމަތްކުރި ދެ ހަފްތާގެ ކުޑަ ކުއްޖާ ގެންދަނީ

އާދީއްތަ ދުވަހު ތުރުކީ އަށް އައި ބިން ހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެފައި އޮތް އެންމެ ދެ ހަފްތާގެ ކުޑަ ކުއްޖަކު މީހުން ސަލާމަތްކުރަން މަސައްކަތްކުރާ މީހުން ސަލާމަތްކޮށްފި އެވެ. މި ކުޑަ ކުއްޖާއާ އެކު ވަނީ އޭނާގެ މަންމަ އާއި މާމަ ވެސް ސަލާމަތްކޮށްފަ އެވެ.

ވެއްޓިފައިވާ އެޕާރޓްމެންޓް ޢިމާރާތެއްގެ ދަށުގައި 2 ދުވަހަށްވުރެ ގިނަ އިރު ތާށިވެފައި އޮތުމަށްފަހު އެންމެ 2 ހަފްތާގެ މި ކުޑަ ކުއްޖާ ސަލާމަތްކުރެވުމުން ދިރި ތިބި އިތުރު މީހުން ފެންނާނެ ކަމުގެ އުއްމީދު އިތުރު ވެފައިވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ.

އަންގާރަ ދުވަހު ސަލާމަތްކުރެވުނު ކުޑަކުއްޖާގެ ޞިއްޙަތު ރަނގަޅެވެ. ނަމަވެސް މިހާރު އެކުއްޖާވަނީ ތުރުކީގެ ވެރިރަށް އަންކަރާގެ ހަސްފަތާލަކަށް ފޮނުވާފަ އެވެ.

ހާދިޘާ ހިނގާފައިވާ ސަރަޙައްދުން މަޢުލޫމާތު ދެމުން އަލްޖަޒީރާގެ ރިޕޯރޓަރަކު ކިޔާދީފައިވާ ގޮތުގައި އެކުޑަކުއްޖާއާއި އޭނާގެ މަންމަ އާއި މާމަ ސަލާމަތްވުމަށް އެހީތެރިވެދީފައިވަނީ ސޯފާ ބެޑެކެވެ. އެޕާރޓްމަންޓްގެ ފަންގިފިލާ ވެއްޓުމުން, 3 މައިންނަށް ތިބެވޭނެ ވަރުގެ ޖާގައެއް އެސޯފާގެ ސަބަބުން ހެދިފައިވާކަމަށް އޭނާ ބުނެ އެވެ. މިހާރުވެސް 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ މިޙާދިޘާގައި ކުޑަކުޑަ ކުއްޖަކު 2 ދުވަސް ފަހުން ސަލާމަތްކުރެވިފައިވާކަމީ ﷲ ގެ ކުޅަދުންވަންތަކަން ކަމަށް ޤަބޫލުކުރަން ޖެހެ އެވެ.

ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި އަދިވެސް މީހުން ތިބެދާނެކަމަށް ޤަބޫލުކުރެވެ އެވެ. ޢިމާރާތްތަކުގެ ދަށުން މީހުންގެ އަޑު އިވޭކަމަށް މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާމީހުންނާ ޙަވާލާދީ ނޫސްވެރިން ބުނެ އެވެ.

ޓެގް

ތުރުކީ ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.