ތަލަބާ އިބްން ޢަބްދުއްރަޙްމާން އަކީ 16 އަހަރުގެ ކުޑަ ކުޑަ ކުއްޖެކެވެ. އަބަދުވެސް ރަސޫލުﷲ ގެފާނުންގެ މުދާ ޤާފިލާ އާއި އެކީ ހިންގަވާ އުޅުއްވި ސަޙާބީ ބެއި ކަލެކެވެ. އެއް ދުވަހަކު މަދީނާގެ މަގެއް މަތިން ހިންގަވާފައި ވަޑައިގެން ނަވަނިކޮށް ގެޔެއްގެ ދޮރު ހުޅުވިފައި ހުރީތީވެ ގޭތެރެ ފެންނަން ހުރީމައި ބަލައި ލެވުނެވެ. އަދި މި ބަލައި ލެވުން ގަޑި ވީ ގިފިއްޔެއްގައި ފެންވަރަން ހުރި އަންހެނަކު އެ ގިފިލީ ގެ ދޮރަކަށް ހުރި ލުއި ފޮތިގަނޑެއް ވިހުރުވިގެން ދިޔަ ގަޑިޔަކަށެވެ. މި މަންޒަރު ފެނުމުން އަވަހަށް އިސް ދަށަށް ޖަހާލީ ހިތުގައި ވާ ދެފުށް ދެގޮތް ކަމުން ބެލީ އޭ، ތިމަން ނަ އަކީ ސަޙާބީ އަކަށް އެކަށޭނަ މީހެއް ވެސް ނޫނޭ،.... މިފަދަ އެއްޗެހިތަކެއް ހިތަށް އަރަމުން ވަރަށް ބޮޑަށް ލަދުގަނެ، ރޮވި، ހަދާނެ ގޮތް ހުސް ވެގެން ވާ ހާލު އެވެ. މުޅި ދުނިޔެ އެފުށް މިފުށަށް ޖެހުން ހެން ހީވެގެން ދިޔަ އެވެ. ވީ ދެރަޔާ ގަތް ލަދެއްގެ ބޮޑުކަމުން ތިމަން ފަދަ ނުބައި ނުލަފާ ޖައްބާރަކަށް ރަސޫލުﷲ ގެފާނުން ގެ ގާތުގަ ހުރުން ހެޔޮނުވާނެ އޭ ހިތާ ރޮމުން ރޮމުން އެ ތަން ދޫކޮށް ހިނގައްޖެ އެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތަލަބާ ގެ ދެ ފުއްކެހެރި ކަމާއި މެދު އާޔަތެއް ރަސޫލުﷲ ގެފާނަށް ބާވައި ލައްވާނެ ކަމަށް ތަލަބާ ވަރަށް ބިރު ގަތެވެ. އެހެން ކަމުން ތިމަން ގެ މި ނުބައި މޫނު ރަސޫލުﷲ އަށް ނުދައްކާނަމޭ ހިތާ އެހިސާބު ގަނޑުން ވެސް ފިލީ އެވެ.
ދުވަސް ތަށް މާޒީ ވަމުން ދިޔަ ދިޔަހެން ރަސޫލުﷲ ގެފާނުން ތަލަބާ ފެނުން ތޯ ސަޙާބީން ނާއި ސުވާލު ކުރައްވައެވެ. ނަމަވެސް އެއްވެސް ބެއި ކަލަކަށް އެ އަޚާ ނުފެންނަކަމަށް ވިދާޅުވެ އެވެ. އެކަމާއި ރަސޫލުﷲ ގެފާނުން ވަރަށް ހިތާމަ ވެ ބަ އެއް އަސްޙަބުން ތަލަބާ ހޯދުމަށް ފޮނުވި އެވެ. އެ ފޮނުއްވެވި ބެއިކަލުން ގެ ތެރޭގައި ސަލްމާނުލް ފާރިސީ އާއި ޢުމަރު ބުނުލް ޚައްތާބާއި ވެސް ހިމެނެއެވެ. ނަމަވެސް އެ ބެއިކަލުން މުޅި މަދީނާ ހޯއްދެވި އިރުވެސް ތަލަބާ ނުފެނުނެވެ.
ނަމަވެސް އެއްދުވަހަކު މަދީނާގެ ރަށްބޭރުން ވަޑައިގެން ނަވަނިކޮށް ކަންބަޅި އާއި ބަކަރި ހުއި ހައްޕާ ބަޔަކާއި ދިމާވެ ވަޑައިގެން ނެވިއެވެ. އެ މީހުން ކުރެން ތަލަބާ ހުންނަވާ ގޮތާއި ކަންކަން ކިޔައި ދިނުމުން އެމީހުން ދެންނެވީ އެ ސިފަތައް ހުންނަ އަބަދުވެސް ރޯ ކުއްޖަކު އެމީހުން ދަންނަ ކަމަށެވެ. އެ ކުއްޖަކު ވޭތުވެ ދިޔަ 40 އަކަށް ދުވަސް ވާންދެން ފެންނަ ކަމަށެވެ. އަދި އެހުރި ފަރުބަދަ ތަކުން ކުރެ ފަރުބަދަޔަކުން ކޮންމެ ދުވަހަކު ވެސް ހެދުނާއި ހަވީރު ތިމަން މެންގެ ގާތަށް އަންނަ ކަމަށެވެ. ދެން އެ ކުއްޖާ އަށް ތިމަން މެން ދޭ ކިރު ފޮދެއް ބޮއިގެން އަނެއްކާވެސް އެ ފަރުބަދަ ތައް މައްޗަށް އަރާކަމުގަ އެވެ. އަބަދުވެސް ﷲ އަށް ފާފަ ފުއްސެވުމަށް އެދ ދުޢާ ކޮށް ކޮށް ހުން ނަ ކުއްޖެއް ކަމުގައި ވެސް އެމީހުން ބުނެއެވެ.
މި ވާހަކަތައް އަޑުއަހާފައި އެ 2 ބެއިކަލުން އެ ބުނެދޭ ކުއްޖަކު އަންނަންދެން މަޑު ކުރެއްވި އިރު އެފަރުބަދަ ތައްމަތިން ވަޑައިގެން ކަރުނަ އާއި އެކީ ކިރު ހިއްޕެވި މި ކުއްޖަކީ ތަލަބާ ކަމުގައި ވި އެވެ. ހުންނެވީ ވަރަށްބޮޑަށް ހިކި އަނަރޫފަވެފައި ގައިގެ ވަރު ދެރަވެފައެވެ. ޢުމަރުގެފާނުމެން ތަލަބާ ގަތުން އެބެއި ކަލުން ނާއި އެކީ ވަޑައިގަތުމަށް ވަރަށް ބޮޑަށް އެދިލެއްވެވި އެވެ. ނަމަވެސް އެކަމަށް އިންކާރު ކުރުމާއެކު ﷲ ގެ ޙަޡްރަތުން ތިމަންގެ (ދެފުށް ދެގޮތް ކަމާއި މެދު) އާޔަތެއް ބާވާލެއްވެވިތޯ އެއްސެވެ. އެ ބެއިކަލުން ނަށް އެކަހަލަ އާޔަތެއް ބާއްވައި ލެއްވެވިކަން ދެނެވަޑައި ނުގަންނަވާ ކަމުގައި ވިދާޅު ވި އެވެ.
ތަލަބާ މަދީނާ އަށް ގެންދެވުމުން ރަސޫލުﷲ ގެފާނުން ތަލަބާ ދެކިލައްވަން ވަޑައިގަތެވެ. ނަމަވެސް ތަލަބާ ރަސޫލުﷲ ގެފާނުން ކުރެން އެ ސުވާލު ކުރެއްވެވި އެވެ. އަދި ތިމަންނާ އަކީ މުނާފިޤެއް ކަމަށް ﷲ އެންގެވިހޭ ނުވަތަ އެކަމާއި ބެހޭ އާޔަތެއް އައިހޭ އެއްސެވި އެވެ. ރަސޫލުﷲ އެފާނުން ތަލަބާ ގާތުގައި އެފަދަ އާޔަތެއް ނުބާއްވައި ލައްވަވާ ކަމުގައި ޔަޤީން ކޮށްދެއްވެވި އެވެ. އަދި ތަލަބާގެ ބަލި ވެފައިވާ ހަށިގަނޑު ބާއްވަވައި ރަސޫލުﷲ ގެފާނުންގެ އުނގުގައި ތަލަބާ ގެ ބޯ އެޅުއްވެވި އެވެ. ތަލަބާ ވިދާޅުވި އެވެ. "އޭ ރަސޫލުﷲ އެވެ! މި ފާފަވެރި އަޅާގެ ބޯ ކަލޭގެފާނުންގެ އުނގު ފުޅުން ދުރު ކުރައްވާށެވެ". ނަމަވެސް ރަސުލުﷲ ގެފާނުން އެ ކުއްޖާ (އެ ސަޙާބާ) ގެ ހިތް ހަމަޖައްސައި ދެވޭތޯ އުޅުއްވެވި އެވެ.
ހިނދުކޮޅެއްފަހުން ތަލަބާ ތިމަންގެ ގައިގެ ކަށިތަކާއި މަސްތަކުގެ ދެމެދުން ހިނި ހިނގާހެން ހީވެ އޭ ވިދާޅުވުމުން އެއީ މަރުގެ ޢަލާމަތް ކަމުގައި ރަސޫލުﷲ ގެފާނުން ޙަދީސް ކުރެއްވެވި އެވެ. އަދި ޝަހާދަތް ކިޔަވައި ދެއްވުމުން އެކަލޭގެފާނުންގެ އުނގުގައި އޮންނަވާ ޙާލު ތަލަބާ ރަސޫލުﷲ ގެފާނުންގެ ފަހަތްޕުޅުން ޝަހާދަތް ކިޔުއްވެވި އެވެ. ދެން ތަލަބާ އަވަހާރަ ވުމަށްފަހު ދޮންނަވައިގެން ގަބުރު ފުޅު (ސަންދޯކު ކޮޅު) ހިއްޕަވައިގެން ރަސޫލުﷲ ގެފާނުން ޤަބުރުސްތާނަށް ވަޑައިގެންނެވި އެވެ. ރިވާވެގެން ވަނީ އެދުވަހު ރަސޫލުއްﷲ ގެފާނުން ހިންގެވީ ފުރިހަމަޔަށް ފައިނޕުޅު ބިންމަތީ ނުޖައްސަވައެވެ. ހީވަނީ ވަރަށް ބައިބޯ ތާކު ހިންގަވާހެން ނެވެ. އެކަމާއި މެދު ޢުމަރުގެފާނުން ސުވާލު ދެންނެވުމުން ޙަދީސް ކުރެއްވެވީ ތަލަބާގެ ވަށައިގެން ވީ މަލާއިކަތުން ގެ ގިނަކަމުން ކަމުގައެވެ.

















ﷲ އަކުބަރު. މިއަޅާ ގެ ފާފަވެސް ފުއަސަވާދޭވެ…