އެމެރިކާ ސިފައިން 2014 ގެ އިތުރަށް އަފްޤާނިސްތާންގައި ތިބުމާ ދެކޮޅަށް ވެރިރަށް ކާބުލްގެ މަގު ތަކުގައި އަފްޤާނިސްތާނުގެ ރައްޔިތުން އަޑު އުފުލާފި އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ދާއިމީ އަސްކަރީ މަރުކަޒެއް އެމެރިކާ ސިފައިންނަށް ޤާއިމް ކުރުމަށް ބާރު ލިބިދާނެ ހުރިހާ ލިޔެކިޔުންތަށް އުވާލުމަށް ގޮވާލާފަ އެވެ. އަދި އެފަދަ ލިޔެކިޔުމެއް އަތުވެއްޖެނަމަ އެ އާއި ދެކޮޅަށް ތެދުވުމަށާއި އަދި ބޭރުގެ ފައުޖުތަކުގެ ސަބަބުން އިތުރަށް ހަމަނުޖެހުން އުފައްދާނެކަމަށް ގޮވާލައިފަ އެވެ.
ހުރިހާ ހަނގުރާމަ މަތީ ފައުޖުތަށް ތިން އަހަރު ދުވަސް ތެރޭގައި އަފުޤާނިސްތާނުން ހުސްކުރާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އެހެންކަމުން 2014 ގެ އިތުރަށް ތިބުމަށް ކުރަމުންދާ މަކަރުވެރި އެއްބަސްވުންތަކުގެ ދޮރު ވަނީ ބަންދުވެފަ އެވެ. އަފްޤާނިސްތާނުގެ އެތައް ރައްޔިތުންނެއް ޤަބޫލްކުރާ ގޮތުގައި އެމެރިކާއިން ދަނީ ދިގު މުއްދަތަށް ދެމިގެންދާނެ މަގުތަކެއް ބެއެއް އަސްކަރީ މަރުކަޒުތަކާއި ޤާއިމްކުރަމުންނެވެ.
ޚިޔާލު