ވާހަކަ

އަހަރެންގެ ފިރި އަކަށް ވާން ބޭނުން ވީ ކާކު ހެއްޔެވެ؟

- ދިވެހި ރީތި އަންހެން ކުއްޖެއްގެ ވާހަކަ

މިއީ ދިވެހި އަންހެން ކުއްޖެއްގެ ވާހަކައެވެ. ވަރަށް ގާތުން ފެނުން މަންޒަރެކެވެ. ތޯތޯ ވާހަކަ އެއް ނޫނެވެ. އެއީ ވަރަށް ރީތި ވަރަށް ބަސްއަހާ އަންހެން ކުއްޖެކެވެ. ވަރަށް ގިނަ ފިރިހެނުންގެ ހިތްތަށް އެ މީހަކަށް ލެނބިފައިވާ އަންހެން ކުއްޖެކެވެ. ނަމަވެސް ހެޔޮލަފާ ކުއްޖެއްކަމުން އެކަކަށްވެސް އުފް ވެސް ބުނެލަން ނުކެރިފައި ތިބީއެވެ. ނަމަވެސް މިހާރު އައިންބެކެވެ.

"އެއީ ކާކު ކަމެއް މާ ބޮޑަކަށް ކުރިޔަކުން ނޭންގެއެވެ. ރަށުގައި އުޅޭ އަންހެން ކުއްޖެއްކަން އިނގުނީ ވެސް މީގެ ދެ ތިން އަހަރު ކުރީން އެ ކުލާހަށް ކިޔަވައިދޭން ދެވުނީމައެވެ. އެކަމަކު އެއަށްފަހުން އަހަރެންގެ ކޮއްކޮ އަބަދުވެސް އަހަންނަށް އެ އަންހެން ކުއްޖާ "ރެކޮމެންޑް" ކުރެއެވެ. އެ ދައްތަ އާ ބޭބެ އިންނާނެ ނަމަ ކޮންފަދަހޭ ތިމަން ހާދަ ހިތައް އަރައޭ ކިޔައެވެ. ނަމަވެސް އެކަމާއި އެއްބަސް ނުވެވިގެން އުޅެނިކޮށް އިވުނީ މަންމަވެސް އޭނަޔަށް ތަޢުރީފް ކުރި ވާހަކަޔާ އަހަރެންނާއި އެ އަންހެންކުއްޖާގެ ކައިވެނި ވުމަށް މަންމަ ވަރަށް އެދޭ ވާހަކައެވެ. ކުރީން މަންމަ ބުނެފައިވާގޮތުން ނަމަ ރަށުގައި ހެޔޮލަފާ އަންހެން ކުއްޖަކު ނެތެވެ. އެ ޚަބަރު ލިބުމުން ކައިވެނި ކުރާން ހިތް އެދެވުނީއެވެ. ލޯބި ވަންޏާ ވާހާ ސިފައެއް އެ އަންހެން ކުއްޖާ ގައިގައި ހުންނަ ކަން އިނގެއެވެ. ވަރަށް ބަސް އަހައެވެ. ބުނާ ދުވަހަށް ފިލާވަޅުތައް ހަދައެވެ. ވަރަށް ހިތްވަރު ކުރެއެވެ. ވަރަށް މޮޅެވެ. ފަސޭހައިގައްޔާއި އުނދަގުލުގައި ވެސް ކިޔަމަންތެރި ވެއެވެ. ވަރައް އިތްފަތްތެރިކަން ކުލާސްތެރޭ އުޅޭ އުޅުމުންވެސް އިނގެއެވެ. އަހަރެންނަކީ ފިރިހެން ޓީޗަރަކައް ވީމަ ވެސް ކަންނޭންގެ އެވެ. ދުވަހަކުވެސް އަހަރެންނަކަށެއް ނުބަލައެވެ. ބަލަންޏާ ބަލަނީ ބޯޑަށެވެ. މިއީ އަހަންނަށް ޓީޗަރެއްގެ ހައިސިއްޔަތުން އިނގޭ މިންވަރެވެ.

ކައިވެނީގެ ކުރީން މިޒަމާނުގެ އެހެން އަންހެން ކުދީންނާ އެ ކުއްޖާޔާ އަޅާކިޔާލެވުނެވެ. އެއީ ދީނަށް ވަފާތެރި ހެޔޮ ޚުލްޤެއްގެ ވެރިއެކެވެ. ނަމަވެސް އެއީ ކުރީން ވާހަކަ ދައްކާ، ނޫނީ އެއްގޮތަކުން ބުނާނަމަ އެއްވެސް ވަރަކަށް ވާހަކަ ދެއްކި ކުއްޖެއް ނޫނެވެ. އެހެންވީމައި ކޮއްކޮ ގާތުން އޭނާގެ ވާހަކަ އެހީމެވެ. ކޮއްކޮ ކިޔައިދިން ހުރިހާ ކަމަކާއި މެދު ވަރަށް ހިންހަމަ ޖެހޭތީވެ ﷲ ގެ ޙަޒްރަތަށް އިސްތިޚާރާ ކުރުމަށް ފަހު ރޯދަ މަހެއްގެ ނިމުން ފާހަގަ ވެގެން ދިޔައީ ޢީދު ވިލޭރޭ އިންނަން އަހަން އޭނަޔަށް ގުޅައިގެން ނެވެ. ކޮއްކޮ ބުނާ ގޮތުން އެ އަންހެން ކުއްޖާ ކޮންމެ ކޮންމެ މީހަކަށް އެއްބަހެއް ނުވެސް ވާނެއެވެ. ކަންތައް ހުރީ ވެސް ހަމަ އެހެން ނެވެ.

ކޮއްކޮ ކިޔައިދިނެވެ... ދައްތަ މެން ގެޔަށް ތިމަން ތުއްތު އިރުއްސުރެ ގޮސް އުޅޭތީވެ ތިމަންނަޔަށް ދައްތަ އިނގެއެވެ. އިނގޭހެއްޔެވެ! ދައްތަ އަށް މީހަކު ގުޅާފައި އިންނާން އެހިޔަސް އެމީހަކާއި މެދު ހިންހަމަ ނުޖެހޭ ނަމަ އެއްޗެއް ނުބުނާނެއެވެ. އަޅައެއްވެސް ނުލާނެއެވެ. އެކަމަކު އެއީ ދައްތަ ހިން ހަމަ ޖެހޭ މީހަކަށް ވާނަމަ ދައްތަ ދޭނެ ޖަވާބު މިހާރުވެސް ތިމަން ގާތް ގޮތަކަށް ބުނެދީފާނަމެވެ. އަހަރެން ބުނެދޭށޭ ބުނުމުން ކިޔައިދިނެވެ. އެއީ އޭރުން ދައްތަ ބުނާނީ (ދައްތަގެ) ބައްޕަ އަށް ގުޅާށެވެ. ބައްޕަ ބުނާގޮތަކީ ތިމަންގެ ވެސް ގޮތެވެ. އެއީ ދައްތަގެ ފަރާތުން އެ ކައިވެންޏާ މެދު އެއްބަސް ވާ ކަމުގެ ޢަލާމަތެވެ. އެކަމަކު ރައްޓެހި ވުމާއި ފޯނު ކުރުމެއް ނޯންނާނެކަން ހަނދާން ކޮށްގެން މެނުވީ އިންނާން ނާހާށެވެ. ފޯނާ މީޓް ކުރުމާއި އޮންނާނީ އިނުމައް ފަހުގައެވެ. މި ޒަމާނުގައި އައިންބެއްގެ ފަރާތުން ނުފެންނަ ހެޔޮކަން ފެންނާނެކަމަށް އަހަރެން ޔަޤީން ކޮށްދެމެވެ. ދެން އިތުރަށް ތިމަން ކުރެން ނާހާށެވެ. ކޮއްކޮގެ ވާހަކަ ނިންމާލިއެވެ.

ކަންތައް ވީވެސް ހަމަ އެހެންނެވެ. ކޮންމެ ކަމެއްވެސް ހަމަ އެކިޔައިދިން ގޮތައް ނޫނީ އެޔާއި ދާދި ގާތް ގޮތަކަށެވެ. އަހަރެންގެ ކައިވެނި އެ އަންހެން ކުއްޖާ އާއި ވެގެން ދިޔައީ އެންމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ސިހުމަކަށެވެ. ވަރަށް ގިނަ މީހުން ޙަސަދަ ވެސް ލީ ކަމެއްކަމުގައެވެ. ވަރަށް ގިނަ ބަޔަކު ހިތަށްވެސް ތަދުވި ކަމަކަށް ވެސް އެކަން ވީކަމުގައިވެސް އެހީމެވެ. އެއީ ހެޔޮލަފާ އައިންބެކެވެ. އަހަރެންނަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށް ދިނީ ހަމަ އެ ލޯބިވާ އަނބިމީހާއެވެ. ކޮންމެ އުނދަގުލެއްގައި އެހީތެރި ވެދެނީ ހަމަ އެ އަނބިމީހާ އެވެ. އެހެނިހެން އަންހެނުންނެކޭ އެއްފަދައިން ޝަކުވާ ކުރުމެއްވެސް އަދި މިވީހާތާކަށެއް ނެތެވެ. މީހަކު އުނދަގުލެއް ކުރިޔަސް ހަނދާނުގައި ނުބަހައްޓައެވެ. ހަމަ ގައިމުވެސް ދިވެހީންގެ ތެރޭގައި އެފަދަ އަންހެން ކުއްޖަކު ހުރި ވާހަކައެއްވެސް އަޑުނާހަމެވެ. އެ ބޮޑު ނިޢުމަތް އަހަރެންނަށް ދެއްވި ﷲ އަށް ޝުކުރު ކުރަމެވެ." ފިރިމީހާގެ ދުލުން...

މިހާރުގެ އަންހެން ކުދީންނަށް ތިމާގެ އަގު ހިފަހައްޓާން ނޭންގެނީއެވެ. މިއީ ވެސް ރީތި އަންހެން ކުއްޖެއްގެ ވާހަކައެވެ. ރީތި ކަމަކީ ފޮރުވާފައި ހުންނާން ޖެހޭ އެއްޗެކެވެ. ކޮންމެ ފިރިހެނަކު ވެސް ބޭނުންވަނީ ކޮންމެ ވައްތަރަކަށް އުޅިފައިވެސް ރަނގަޅު ހެޔޮލަފާ އައިންބެއް ހޯދާށެވެ. އިތްފަތް ތެރި ވުމަކީ ފިރީން ނުވާނޭ ކަމެއް ކަމަށް ހީނުކުރާށެވެ. ފޮރުވިގެން އިން ވަރަކަށް މީހާގެ "ޑިމާންޑް" ބޮޑުވާނެއެވެ. މާތް މީހުންނާއި ރަނގަޅަށް އުޅޭން މަސަތްކަތް ކުރާ މީހުންނަކީ ﷲ ގެއްލެނި ކުރައްވާނޭ ބަޔަކު ކަމުގައި ހީކުރަނީހެއްޔެވެ؟

ގުޅުންހުރި

3 ޚިޔާލު

  1. މާޝާ ﷲ . . . އަހަރެންވެސް މިހޯދަނީ ތިކަހަލަ ރަނގަޅު އަންހެން ކުއްޖެއް. . . އުއްމީދު ގެއްލި ހުރިހާ އުއްމީދެއް ދޫކޮށްލަން އުޅެނިކޮށް ތިފަދަ ދިވެހި އަންހެން ކުއްޖަކު ހުރިކަން އެނގުނީމާ އަނެއްކާވެސް އުއްމީދު އާވެއްޖެ. . . ތިފަދަ ގިނަ ކުދިންތަކެއް ތިޔަ ދެމީހުންގެ ކިބައިން މިފަސްގަނޑަށް ނިޢުމަތްކުރެއްވުން އެދި ދުޢާކުރަން. . .

  2. މިފަދަ ލިޔުމެއް ފެނުނު ކަމަށްޓަކާ ވަރަށް ބޮޑަށް އުފާ ކުރަން. އަދި މިހާރު ތިބި ދިވެހި އަންހެން ކުދިންނަށް މިފަދަ ރަނގަޅު ކުދިން ނަމޫނާ އަކަށް ބެލުމަށް ވެސް ނަސޭހަތްދެން.. މިކަމަކީ ދިވެހި ރާއްޖެ 100 ޕަސެންޓް އިސްލާމިކް ޤައުމަކަށް ވުމަށް ވަރަށް ވެސް މުހިންމު ކަމެއް ކަމުގައި ދެކެން..

  3. Alhamdhu lillaaahi, aharennah ves Allah mifadha anbaku dehvvaifi. eyna haadha rangalhey maasha Allah.

Your email address will not be published. Required fields are marked *

More in ވާހަކަ