ވީޑިއޯ: އެމެރިކާގެ މޮންޓަނާ ސިޓީއަށް އެރި ނަގޫރޯޅި
އެމެރިކާގެ މޮންޓާނާ ސިޓީއަށް އައި މިނަގޫރޯޅީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި ‘ބަނގުރާ ބޯ ބާރ އަކާއި ކެސިނޯ ކުޅޭ ތަނަކާއި މިއުޒިކް ޝޯ ބާއްވާ ތަނަކާއި މޮޔަގެރީގެ ކުޅިވަރު ކުޅޭ ތަނެއް’ ހިމެނޭކަމަށް ހަބަރު ލިބެއެވެ. މީގެ އިތުރުން ފުޓްބޯޅަ ދަނޑަކަށާއި ފިހާރަތަކަކަށްވެސް ބޮޑެތި ގެއްލުން ލިބިފައިވާކަމަށް ހަބަރު ލިބެއެވެ.
އާދިއްތަ ދުވަހުގެ ހަވީރު އެރި މިނަގޫރޯޅީގައި ބައެއްގޭގެ ފުރާޅު އުކާލާ ބައެއް ގެތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް މީޑިއާތަކުން ހަބަރު ލިބެއެވެ. މިހާދިސާގައި މީހަކަށް ބޮޑު ގެއްލުން ލިބިފައިވާކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައިވާ ނުވާކަމަށް ހަބަރު ލިބެއެވެ. ބައެއް މީހުންނަށް ކުދި އަނިޔާ ލިބިފައިވާކަމަށާއި އެމީހުންނަށް ފަރުވާ ދެމުންދާކަމަށް މީޑިއާތަކުން ބުނެއެވެ.
ފަހުގެ ހަބަރުތައް ބުނާގޮތުގައި ނަގޫރޯޅި އަރާފައިވާ ތަންތަނުގައި ބޭނުންހިފޭ އެއްޗެއް ނެތްކަމަށްވެއެވެ. ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި ދާދިފަހުން މަރާމާތުކޮށް ހުޅުވި ތަންތަންވެސް ހިމެނެއެވެ. ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުމުގެ ތެރޭގައި ބައެއް ސަރަހައްދު ތަކުން ކަރަންޓުވެސް ވަނީ ކެނޑިފައެވެ.
އެމެރިކާގެ މޮންޓަނާ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރަގެ ތެރޭގައި އައި މިނަގޫރޯޅީގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ހަބަރު ލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...