އޭޝިއާ ޗައިނާގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 147 އަކަށް އަރައި 15 މިލިއަން މީހުންނަށް އޭގެ އަސަރުކޮށްފި

ޗައިނާގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 147 އަކަށް އަރައި 15 މިލިއަން މީހުންނަށް އޭގެ އަސަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޗައިނާގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 147 އަކަށް އަރައި 15 މިލިއަން މީހުންނަށް އޭގެ އަސަރުކޮށްފިއެވެ.

ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރައްވާގޮތުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު 147 އަރައިފި ކަމަށާއި މިއަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށެވެ. ޗައިނާއަށް އާދަޔާހިލާފަށް ގިނައިން ވާރޭ ވެހުމުގެ ސަބަބުން ޗައިނާގެ 9 ޕްރޮވިންސްއަކުން 15 މިލިއަން މީހުންނަށް އަސަރުކޮށްފައިވާކަމަށެވެ. އަދި މީގެ އިތުރުން 93 މީހުން މިހާތަނަށް ގެއްލިފައިވާކަމަށްވެސް ހަބަރު ލިބެއެވެ.

ޗައިނާއަށް ކުރިމަތިވެގެން މިއުޅޭ ވިއްސާރައިގައި މާލީގޮތުން 2.9 ބިލިއަން ޑޮލަރުގެ ގެއްލުން މިހާތަނަށް ލިބިފައިވާކަމަށް ޗައިނާގެ ސަރުކާރުންވަނީ ހާމަކޮށްފައެވެ. އަދި މީގެ އިތުރުން މިވިއްސާރައިގައި ޗައިނާގެ 178000 ގެދޮރަށް ގެއްލުން ލިބިފައިވާކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.

ޗައިނާގެ އެއް ސަރަހައްދުގައި ފެންބޮޑުވެގެން އުޅޭއިރު ޗައިނާގެ ބައެއް އެހެން ސަރަހައްދުތަކުގައި ފެނަށް ޖެހި ހަނަފަސް ކަމާއި ކުރިމަތިވަމުންދެއެވެ. ފެން ގިނަ ވެގެން މުސީބާތަކަށް ވެގެން އެއްބަޔަކު އުޅޭއިރު އަނެއް ބަޔަކު ފެން ނުލިބިގެން ދަނީ މަރުވަމުންނެވެ.

ޗައިނާއަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށް ވިއްސާރަ ކުރާނެކަމަސް މޫސުމާއި ބެހޭ ފަރާތްތަކުން ދަނީ ލަފާކުރަމުންނެވެ.

ޓެގް

ތޫފާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.