ރާއްޖޭގެ ޚަބަރު ޒަކާތު ފަންޑުން 7 މިލިއަން ރުފިޔާގެ ސްކޮލަރޝިޕް ދިނުމަށް ނިންމައިފި

ޒަކާތު ފަންޑުން 7 މިލިއަން ރުފިޔާގެ ސްކޮލަރޝިޕް ދިނުމަށް ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒަކާތު ފަންޑުން 7 މިލިއަން ރުފިޔާގެ ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވީ، މިއަހަރު ޒަކާތު ފަންޑުން ދިނުމަށް ހަމަޖެހިފައިވަނީ 30 ސްކޮލަރޝިޕް ކަމަށްވިޔަސް ކުރިއަށް އޮތް އަހަރުތަކުގައި މިއަދަދު އިތުރުކުރަށްވާނެ ކަމަށާއި މާލީޙާލަތު ހުންނަ ގޮތުން މަތީ ތަޢުލީމަށް ފުރުޞަތު ނެތް ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް  ޒަކާތު ފަންޑު ބޭނުންކުރާނެކަމަށެވެ.

ދިއިސްލާމް އަށް ހަބަރު ލިބިފައިވާ ގޮތުގައި ' ސްކޯލާޝިޕް ލިބޭ ދަރިވަރުން މިފައިސާ އަނބުރާ ދައްކާކަށް ނުޖެހޭނެ'އެވެ. އަދި ޒަކާތު ފަންޑުން ހުޅުވާލި 30 ސްކޮލަރޝިޕްތަކުގެ ތެރެއިން 10 ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކަމަށާއި އަނެއް 20 ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ އަލަށް މަތީ ތައުލީމް ކިޔެވުމަށް ބޭނުންވެފައިވާ އެހެން ނަމަވެސް މާލީ ހާލަތު ހުރި ގޮތުން ކިޔެވުމުގެ ފުރުޞަތު ނެތް ދަރިވަރުންނަށެވެ. އަދި ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ، ޑިޕްލޮމާ 1 އަހަރު، ޑިޕްލަމާ 2 އަހަރު  އަދި ޑިގްރީ އަށެވެ.

ޒަކާތު ފަންޑުން 7 މިލިއަން ރުފިޔާގެ ސްކޮލަރޝިޕްގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިމަހު 17 އިން 1 މަސް ދުވަހުގެ ނިޔަލަށް ސްކޮލާރޝިޕަށް އެޕްލައި ކުރުމުގެ ދޮރުވަނީ އާންމުކޮށް ހުޅުވާލާފައިކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.