ރާއްޖޭގެ ޚަބަރު އަރަބިއްޔާ ސުކޫލު ތަޅާލަނީ

އަރަބިއްޔާ ސުކޫލު ތަޅާލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަރަބިއްޔާ ސުކޫލު ތަޅާލުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

އަރަބިއްޔާ ސުކޫލުގެ ކުރިން ހުރި އިމާރާތް ބާވެ ބޯމައްޗަށް ވެއްޓޭވަރުވުމުން އެތަނުގައި އެހެން އިމާރާތެއް އެޅުމަށްޓަކައި ތަޅާލުމަށްފަހު ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އާ އިމާރާތް އެޅުމުގެ މަސައްކަތް ފަނާނެކަމަށް ހަބަރުތަކުން ބުނެއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރާގޮތުގައި 'އަހަރެއްހާ ދުވަހުގެތެރޭގައި މިމަސައްކަތްނިންމާ ދަރިވަރުންނަށް މިޢިމާރާތުގައި ކިޔަވައިދޭން ފެށޭވަރުވާނެ'ކަމަށެވެ.

އަރަބިއްޔާ ސުކޫލު ހަދަން ފަށާފައި މިވަނީ މިސަރުކާރުން އަރަބިއްޔާ ސުކޫލާއި މެދު އިހުމާލުވެފައިވާކަމަށް ތުހުމަތު ކުރެވޭ ދަނޑިވަޅެއްގައެވެ. ބައެއް ބެލެނިވެރިންވަނީ އަރަބިއްޔާ ސުކޫލާއި މެދު އެޑިއުކޭޝަން އިން ގެންގުޅޭ ތަފާތުކުރުމުގެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރާއިވެސް ބައްދަލުކޮށްފައެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.