
އެމެރިކާގެ އަސްކަރިޔާގައި ގޭންގުތަކުން ހަރަކާތްތެރިވާކަމަށް އެފް.ބީ.އައި އިން ހާމަކޮށްފިއެވެ.
އެމެރިކާގައި 1.4 މިލިޔަން ގޭންގު މެންބަރުން އުޅޭކަމަށް ލަފާ ކުރާކަމުގައި ފެޑެރެލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި)އިން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފިއެވެ. އަދި އޭގެތެރެއިން ގިނަ މީހުން އެމެރިކާގެ އަސްކަރިޔާގައި ހަރަކާތްތެރި ވާކަމުގައި ވެސް މިރިޕޯޓުގައިވެއެވެ.
ގޭންގު ތަކުގެ އެމެރިކާގެ އަސްކަރިޔާއި އަދި ސަލާމަތީ ބާރު ތަކަށް ވަދެގަތުމުގެ ބޭނުމަކީ އެމީހުން އުޅޭ ސަރަޙައްދުތަށް ބޮޑު ކުރުމާއި އަދި އެމީހުންގެ ބާރު ގަދަ ކުރުމާއި އެކު ހަތިޔާރާއި މަސްތުވާ އެއްޗެހީގެ ވިޔަފާރި ކުރުން ފައްސޭހަ ކުރުން ކަމުގައި މި ރިޕޯޓުގައި ވެއެވެ.
ގޭންގު ތަކުގެ މީހުން ޓްރޭނިން ހެދުމުގައި ވާ ތަފާތު ހުނަރުގެ ސަބަބުން އެމީހުން އަސްކަރިޔާއަށް ވަނުމަށް މަގުފަހިވެގެން ދާކަމަށާއި އަދި ހަތިޔާރު ގެންގުޅުމާއި ކޮންބެޓު ޓްރޭނިން ފަދަ ކަންތައްތައް ދަސްކުރުމަށް ފަހު އެމީހުންގެ އެހެން ބައިވެރިންނަށް ދަސްކޮށް ދޭކަމަށް ވެސް މި އެފް.ބީ.އައިން ހާމަ ކުރެއެވެ. 1.4 މިލިޔަން ގޭންގު މެންބަރުން އުޅޭ އެމެރިކާގައި 100 އަށްވުރެ ގިނަ މުއަސަސާތަކުގައި 53 ގޭންގަކަށް ނިސްބަތްވާ މީހުން ތަފާތު އެކި އެކި އަސްކަރިޔާގައި އުޅޭކަމަށް މި ރިޕޯޓްތަށް ބުނެއެވެ. އަދި މިގެ ތެރެއިން ގިނަ މީހުން ވަނުމަށް ދިމާކޮށްފައި ވަނީ ގިނައިން އަސްކަރީ ދާއިރާއިން ނެވެ.
2009 އަހަރާއި ބަލާއިރު އެމެރިކާގެ ގޭންގު މީހުންގެ އަދަދު %40 މައްޗަށް އަރައިފައި ވާކަމަށް ދައްކާކަމުގައިވެސް އެފް.ބީ.އައިން ހާމަ ކުރެއެވެ. މީގެތެރޭގައި މަގުމަތީގައި އުޅޭ ގޭންގުތަކާއި ޖަލުގެ ގޭންގުތަކާއި އަދި ޤަވަޢިދާ ހިލާފަށް ސައިކަލްތަކުގައި އުޅޭ ގެންގުތަށް ވެސް ހިމެނެއެވެ. އަދި މިފަދަ ގޭންގުން މީހުން ވަނީ އެމެރިކާގެ އަސްކަރީ ސަފައިންނަށް ވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...