
ތުރުކީއަށް ދާދިފަހުން އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށާއި އިމާރާތްތަކުގެ ދަށުވެފައިވާ މީހުންނަށް އެހީތެރިވުމަށް އިޒްރޭލުން ހުށައެޅުމުން ތުރުކީއިން އެކަމަށް ދެކޮޅު ހަދައިފިކަމަށް އިޒްރޭލުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
ރެކްޓާރ މިންގަނޑުން 7.2 މިންގަނޑުގެ ބިންހެލުމުގައި މިހާތަނަށް 300 މީހުންނަށްވުރެ ގިނައިން މަރުވެފައިވާއިރު ތުރުކީއިން އިޒްރޭލުގެ އެހީތެރިކަމުގެ އަތުގައި ނުހިފީ ކޮން ސަބަބަކާއި ހެދިކަމެއް ތުރުކީއިން ހާމަކޮށްފައެއް ނުވެއެވެ. މިޚަބަރު އާންމުވެފައިވަނީ އިޒްރޭލުގެ ބޮޑުވަޒީރާއި ހަވާލާދީ އިޒްރޭލުގެ ނޫސްތަކުގައެވެ. ޚަބަރުތައް ބުނާގޮތުގައި އިޒްރޭލުން ތުރުކީއަށް ވެދެން ހުށައެޅީ 'ފަންނީ' އެހީތެރިކަން ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކާއި ހަވާލާދީ އިޒްރޭލުގެ ނޫސްތަކުން ބުނެއެވެ.
އިޒްރޭލާއި ތުރުކީއަކީ ފަހަކަށް އައިސް ދެ ހަތުރުންނެވެ. އިޒްރޭލުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނަށް ކުރަމުންދާ އަނިޔާއަށް ފާޅުގައި ފާޑު ކިޔާ ތުރުކީއިން މީގެ ކުރިންވެސް ވަނީ އިޒްރޭލަށް އެކި ގޮތްގޮތުން ބަހުގެ ހަމަލާތައް ދީފައެވެ. އަދި ހާއްސަކޮށް ފަލަސްތީނަށް އެހީ ހިފައިގެންދިޔަ ފްލީޓަށް އިޒްރޭލުން ޙަމަލާދީ ބަޔަކު މަރާލުމުން ދެބައި މީހުންގެ މެދުގައި އޮތް ގުޅުމަށް ވަނީ އިންތިހާއަށް ބުރު އަރާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...