ދިއިސްލާމް ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 1,500 އާ ގާތްކުރާނެ ކަމަށް ބެލެވޭ: ރަސްމީ އިދާރާތައް

ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 1,500 އާ ގާތްކުރާނެ ކަމަށް ބެލެވޭ: ރަސްމީ އިދާރާތައް

ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 1,500 އާ ގާތްކުރާނެ ކަމަށް ބެލެވޭ: ރަސްމީ އިދާރާތައް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތުރުކީވިލާތަށް މިއަދު އައި ބިންހެލުމުގައި ވެއްޓިފައިވާ ޢިމާރާތްތަކުގެ ސަރަހައްދުގައި މީހުން ހަރަކާތްތެރި ވަނީ – ފޮޓޯ : ޕްރެސް ޓީވީ

ތުރުކީވިލާތުގެ އިރުމަތީ ސަރަހައްދުގައިވާ ވޭން ޕްރޮވިންސަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު ގާތްގަނޑަކަށް 1,500 އާ ގާތްކުރާނެ ކަމަށް ބެލެވޭ ކަމަށް ރަސްމީ އިދާރާތަކުން ބުނެފި އެވެ.

މި ބިންހެލުން އައީ ރިކްޓަރ މިންގަނޑުން 7.2 މިންގަނޑުގައި ތުރުކީވިލާތުގެ ގަޑިން 13:41 (ޖީއެމްޓީ އިން 10:41) ގައެވެ. މިހާތަނަށް މަރުވެފައިވާކަން ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ޢަދަދަކީ 75 މީހުން ކަމަށް މީޑިއާތަކުން ބުނެއެވެ.

ޕްރޮވިންސުގެ އޮފިޝަލުން ބުނާ ގޮތުގައި މަދުވެގެން  156 މީހުންނަށް އަނިޔާވެފައި ވެއެވެ. އަދި ގާތްގަނޑަކަށް 30 ޢިމާރާތް ވެއްޓިފައިވެއެވެ. ބިންހެލުމުގެ ސަބަބުން ޓެލެފޯނުގެ ޚިދުމަތަށް ވެސް މައްސަލަ ޖެހިފައިވާ ކަމަށް ޕްރޮވިންސުގެ މޭޔަރު ވިދާޅުވެއެވެ.

ތުރުކީވިލާތުގެ ސިމޯ އަށް މިއަހަރު މެއި މަހު އައި ބިންހެލުމެއްގައި ދެ މީހުން މަރުވެ، 79 މީހުން ޒަޚަމްވެފައި ވެއެވެ. އަދި 1999 ގައި އެޤައުމަށް އައި ބާރުގަދަ ދެ ބިންހެލުމުގައި 18,000 މީހުން މަރުވެފައި ވެއެވެ.

ޓެގް

ތުރުކީ ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.