ކީރިތި ޤްރުއާން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތެއް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުދީރު ޢާއްމު އައްޝައިޚް އަބުދުލް އަޒީޒު ޙުސައިން ވިދާޅުވެއްޖެއެވެ.
އައްޝައިޚް އަބުދުލް އަޒިޒު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 25 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝައިޙް އަޒީޒު ވިދާޅުވީ މިކަމަށް ބޭނުންވާ ޤަވާޢިދުތައްވެސް މިހާރު އެކުލަވާލައްވާފައިވާ ކަމަށާއި އަދި މިކަމަށްދާނެ ހަރަދުވެސް ދިރާސާ ކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ދަނީ ބައިނަލްއަޤުވާމީ ދީނީ އިވެންޓްތައް ބޭއްވުން އިތުރުވަމުންނެވެ. ނަމަވެސް ސަރުކާރުގެ އެހެން މުއައްސަސާތަކުން މިކަމަށް އެއްބާރުލުން ލިބެމުންނުދާކަން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...