ދިއިސްލާމް ލީބިޔާގައި ހިންގާ ހަރަކާތްތައް އޮކްޓޯބަރގެ ނިޔަލަށް ކުރިޔަށް ގެންދާނަން- ނޭޓޯ

ލީބިޔާގައި ހިންގާ ހަރަކާތްތައް އޮކްޓޯބަރގެ ނިޔަލަށް ކުރިޔަށް ގެންދާނަން- ނޭޓޯ

ލީބިޔާގައި ހިންގާ ހަރަކާތްތައް އޮކްޓޯބަރގެ ނިޔަލަށް ކުރިޔަށް ގެންދާނަން- ނޭޓޯ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނޭޓޯގެ ސެކެޓްރީ ޖެނެރަލް

ލީިބިޔާގައި ހިންގާ އަސްކަރީ ހަރަކާތްތައް އޮކްޓޯބަރ ގެ ނިޔަލަށް ކުރިޔަށް ގެންދާނެކަމަށް ނޭޓޯގެ ސެކެޓްރީ ޖެނެރަލް ރަސްމުސެން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ނޭޓޯގެ އިސްވެރިންނާއި ބައްދަލުކުރުމަށްފަހު ރަސްމުސެން ބުނެފައިވަނީ މި ނިންމުމަކީ އަދި ވަގުތީ ނިންމުމެއްކަމަށާއި އަދި އެ ކަމާ ގުޅޭ ރަސްމީ ނިންމުމެއް އަންނަ ހަފްތާގެ ތެރޭގައި ނިންމާނެކަމަށެވެ.

އެހެންނަމަވެސް އިނގިރޭސިވިލާތުގެ ޑިފެންސް ގެ ސެކެޓްރީ ފިލިޕް ބުނެފައިވަނީ ދެން ނޭޓޯއިން ބައްދަލުވުމަކަށް އަންނާނީ ލީބިޔާގައި ހިންގަމުންދާ ހަރަކާތްތައް ނިމުމަކަށް ގެންނާނެ އިރެއް ކަނޑައެޅުމަށްކަމަށެވެ. އަދި ލީބިޔާގެ ރައްޔިތުންނަށް އަމާންކަން ލިބުމުން ނޭޓޯއިން ހިންގާ ހަރަކާތްތައް ނިމުމަކަށް ގެނެއުމުގެ މަސައްކަތްތައް ފަށާނެކަމަށްވެސް އޭނާ ހާމަކުރެއެވެ.

މި އަހަރުގެ މާރޗް މަހު ނޭޓޯއިން ފެށި ހަރަކާތުގައި 26000 އަށް ވުރެ ގިނަ މިލިޓަރީ ހަރަކާތްތައް ލީބިޔާގައި ހިންގާފައިވެއެވެ.

ލީބިޔާގެ އިންތިގާލީ ކައުންސިލުގެ ޗެއަރމަން މުސްތަފާ އަބްދުލް ޖަލިލް ހާމަކުރާގޮތުގައި ލީބިޔާގެ ޚުދު މުހްތާރު ވެރިކަން ބަދަލުކުރުމަށްޓާކައި ފެބްރުއަރީ މަހުގެ މެދުތެރޭގައި ފެށި ހަމަނުޖެހުންތަކުގައި 25000 އަށް ވުރެ ގިނަ މީހުން މަރުވެ ، 50000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ  ޒަޚަމްތައް ލިބިފައިވެއެވެ.

ޓެގް

ނޭޓޯ ލީބިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.