އިންޑޮނޭޝިއާ އަށް 6.4 ގެ ބިންހެލުމަކާއި 7.0 ގެ އަދި 6.3 ގެ ބާރުގަދަ ތިން ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ހާމަކުރާގޮތުގައި ދެވަނަ ބިންހެލުން އައިސްފައިވަނީ 6.4 ގެ ބާރުގަދަ ބިންހެލުމެއް އައިތާ 10 މިނިޓް ފަހުން ކަމަށާއި އޭގެ މާގިނަ އިރުތަކަމެއް ނުވަނީސް 6.3 ގެ ބިންހެލުމެއް އައިސްފައިވާކަމަށެވެ.
މިބިންހެލުން ތަކުގައި ދެމީހަކު މަރުވެފައިވާއިރު މަދުވެގެން 5 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ހަބަރު ލިބެއެވެ. 7.1 ގެ ބިންހެލުމުގައި ބައެއް އިމާރާތްތައް ވެއްޓިފައިވާއިރު ބިންހެލުމުގެ ސަބަބުން އިންޖީނަކަށް ލިބުނު ގެއްލުމެއްގައި ދިމާވި ހާދިސާއެއްގައި އަލިފާން ރޯވެ 15 ގެއަކަށް ގެއްލުން ލިބިފައިވާކަމަށް ހަބަރު ލިބެއެވެ.
މިބިންހެލުންތަކުގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ އިންޑޮނޭޝިއާގެ 'ޕަޕުއާ' ސަރަހައްދަށްކަމަށް ހަބަރުތަކުން ބުނެއެވެ.
މިބިންހެލުން ތަކުގެ ތެރެއިން ދެވަނަ ބިންހެލުން އައުމާއި އެކު ސުނާމީގެ އިންޒާރު ވަނީ ދީފައެވެ. އަދި ގިނަ ބަޔަކު ވަނި ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...