ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން އޮކްޓޯބަރ 21 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް ޢާއްމުކޮށްފިއެވެ.
މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- އިސްލާމީ މަރުކަޒް - އައްޝައިޚް މުޙައްމަދު ފާރޫޤް (މައުޟޫއު: ޙައްޖުގެ އަޅުކަމަށް ތައްޔާރުވުން)
2- މަސްޖިދު ފުރުޤާން - އައްޝައިޚް އުޘްމާން ޢަބްދުﷲ (މައުޟޫއު: ޙައްޖުގެ އަޅުކަމަށް ތައްޔާރުވުން)
3- މަސްޖިދު ނޫރު - އައްޝައިޚް މުޙައްމަދު ޠައްޔިބް (މައުޟޫއު: ޙައްޖުގެ އަޅުކަމަށް ތައްޔާރުވުން)
4- މަސްޖިދު ޞަލާޙުއްދީން - އައްޝައިޚް ނިމާލް މުޙައްމަދު (މައުޟޫއު: ޙައްޖުގެ އަޅުކަމަށް ތައްޔާރުވުން)
5- މަސްޖިދު އިބްރާހީމް - އައްޝައިޚް ޙުސައިން ޢަބްދުﷲ ސައީދު (މައުޟޫއު: ޤިޔާމަތްވުމުގެ އަލާމާތްތައް)
6- މަސްޖިދު މުޙައްމަދު ޤާސިމް ބިން އާލްޘާނީ (ހުޅުމާލެ) - އައްޝައިޚް ޙަސަން ތައުފީޤް ޢަބްދުއްރަޙްމާން (މައުޟޫއު: ޙައްޖުގެ ހަނދާންތައް)
މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...