ދިއިސްލާމް އޮކްސްފޯޑް ޔުނިވާސިޓީން، ކްލަސްޓަރ ބޮން އުފައްދާ ކުންފުންޔަކަށް ހޭދަކުރާކަން ހާމަވެއްޖެ!

އޮކްސްފޯޑް ޔުނިވާސިޓީން، ކްލަސްޓަރ ބޮން އުފައްދާ ކުންފުންޔަކަށް ހޭދަކުރާކަން ހާމަވެއްޖެ!

އޮކްސްފޯޑް ޔުނިވާސިޓީން، ކްލަސްޓަރ ބޮން އުފައްދާ ކުންފުންޔަކަށް ހޭދަކުރާކަން ހާމަވެއްޖެ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އިނގިރޭސި ވިލާތުގެ އެންމެ ބޮޑު އެއް ޔުނިވާސިޓީ ކަމަށްވާ އޮކްސްފޯޑް ޔުނިވާސިޓީން، ކްލަސްޓާ ބޮން އުފައްދާ އެމެރިކާގެ ކުންފުންޔެއް ކަމަށްވާ ލޮކްހީޑް މާޓިން އަށް ގިނަ އަދަދެއްގެ ފައިސާ އިންވެސްޓް ކުރަމުން ދާކަމަށް ދަ އިންޑެޕެންޑެންޓް ނޫހުން ހާމަކޮށްފިއެވެ.

މައުލޫމާތު ހޯދުމުގެ މިނިވަންކަމުގެ ޤާނޫނުގެ ތެރެއިން، ދަ އިންޑެޕެންޑެންޓުން ހޯދި ޑޮކިއުމެންޓުތަކުން ދައްކާ ގޮތުން އޮކްސްފޯޑް ޔުނިވާސިޓީން، ލޮކް ހީޑް މާޓިން އަށް ހަލައްކަ އަށްވުރެއް ގިނަ ޕައުންޑް ވަނީ ހޭދަކޮށްފައެވެ. ލޮކް ހިޑް މާޓިން އަކީ، އެމެރިކާގައި ކުލަސްޓާ ބޮން އުފައްދާ ތިން ކުންފުނީގެ ތެރެއިން އެއްތަނެވެ.

އިނގިރޭސް ވިލާތަކީ، ކްލަސްޓާ ބޮން އުފެއްދުމާއި، އެތަކެތި ގެންގުޅުމާއި، އެތަކިން ވިޔަފާރި ކުރުން ހުއްޓުވުމަށް އެކުލަވާލި ކޮންވެންޝަންގައި ބައިވެރިވެފައި ވާ 100 އަށްވުރެއް ގިނަ ޤައުމުގެ ތެރެއިން ހިމެނޭ ޤައުމެކެވެ. ނަމަވެސް ޤާނޫނު ބުނާ ގޮތުން ފައިސާ ހޭދަކުރުން މަނާ ކުރެވިފައި ވަނީ ސީދާ ކްލަސްޓާ ބޮން އުފެއްދުމަށެވެ. މިހެންކަމުން އޮކްސްފޯޑް ޔުނިވާސިޓީގެ އެންޑޯމެންޓް މެނޭޖްމަންޓޫންވެސް ބުނަމުންދަނީ އެމީހުން، އެ ކޮންވެސްންޝަނާ ޚީލާފުވާ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

ޕްރެސްޓީވީން ހާމަކުރާގޮތުގައި، މިހާރުވެސް ލޮކް ހީލްޑް މާޓިން އުން ދަނީ، އެމެރިކާގެ އާމީގެ، ކްލަސްޓަރ ބޮންތައް އޮވާ ހޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޓެގް

ހަމަލާ ޔޫރަޕް އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.