މިލަދުން މަޑުލު އުތުރުބުރީ ޅައިމަގުގައި އަލައް އިމާރާތްކުރި މަސްޖިދިލް ރަޖާ މިދިޔަ ހުކުރުދުވަހު ހުޅުވައިފިއެވެ.
މިމިސްކިތް ހުޅުވާފައިވަނީ ހުކުރުދުވަހުގެ 11:05 ގައި އަލްޤާރީ އިބުރާހިމް ރަމްޒީ ޤުރުއާން ކިޔަވަން ފެށުމުންނެވެ. އަދި އެދުވަހުގެ ހުކުރު ޢިމާމުވެ ކުރެއްވީ އައްޝައިޚް އަޙްމަދު ސަމީރު ޢިބުރާހިމްއެވެ.
ސަރުކާރުގެ ޚަރަދުގައި ޅައިމަގުގައި އިމާރާތްކުރެވުނު މިސްކިތަކީ އެއްފަހަރާ 400 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...