ރާއްޖޭގެ ޚަބަރު ގުރުއާން ކްލާސްތަކަށް ޒަކާތު ފަންޑުން ދޭން ނިންމާފައިވާ، މާލީ އެހީ ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަނީ

ގުރުއާން ކްލާސްތަކަށް ޒަކާތު ފަންޑުން ދޭން ނިންމާފައިވާ، މާލީ އެހީ ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ގުރުއާން ކްލާސްތަކަށް ޒަކާތު ފަންޑުންދޭން ނިންމާފައިވާ، މާލީ އެހީ ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އަންނަމަހުގެ އެއްވަނަ ދުވަހު ހުޅުވާލާނެކަމަށް ޤުރުއާނާއިބެހޭ މަރުކަޒުން ހާމަކުރައްވާފައިވެއެވެ.

ކީރިތި ގުރުއާނާއިބެހޭ މަރުކަޒުގެ ޑެޕިޔުޓީ ޕްރިންސިޕަލް އަބުދުﷲ ސަޢީދު ވިދާޅުވީ މިހާރު ކުރަމުންދަނީ މިކަމަށް ބޭނުންވާ ގަވާއިދުތައް ހެދުމުގެ މަސައްކަތްކަމަށް. މިގޮތުން މިއެހީ ދެވޭނީ ރަޖިސްޓްރީކޮށްގެން ހިންގާތާ އެއްއަހަރުދުވަސްވެފައިވާ ތަންތަނަށާއި، ކީރިތި ގުރުއާނާއިބެހޭ މަރުކަޒުގެ މުގައްރަރަށް ކިޔަވައިދޭ ކްލާސްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ޒަކާތު ކޮމެޓީން ގުރުއާން ކްލާސްތަކަށް ދިނުމަށް ހަލައްކަ ރުފިޔާ ކަނޑައަޅުއްވާފައިވާ ކަމަށާއި އަދި މިފައިސާ އަށްޑިހަ ވަރަކަށް ކްލާހަށް ދެވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށާއި މިއިން ކޮންމެ ކްލާހަކަށް މަހަކު އެއްހާސް ރުފިޔާ ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ސަޢީދު ވިދާޅުވި. ރާއްޖޭގައި ދުއިސައްތައަށްވުރެ ގިނަ ގުރުއާން ކްލާސްތައް ރަޖިސްޓްރީކޮށްފައިވާ ކަމަށް ކީރިތި ގުރުއާނާއިބެހޭ މަރުކަޒުން ވިދާޅުވެއެވެ.

ޓެގް

ޤުރުއާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.