ދިއިސްލާމް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސެންޓްރަލް އެމެރިކާގައި 66 މަރު

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސެންޓްރަލް އެމެރިކާގައި 66 މަރު

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސެންޓްރަލް އެމެރިކާގައި 66 މަރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސެންޓްރަލް އެމެރިކާގެ ސަރަހައްދުތަކަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މިދިޔަ ހޯމަ ދުވަހާ ހަމައަށް މަދުވެގެން 66 މީހުން މަރުވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ހާމަކޮށްފި އެވެ.

ވިއްސާރައިގެ އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ އެލް ސެލްވަޑޯރ އަށެވެ. މި ޙާދިޘާގައި އެޤައުމުގެ 27 މީހުން ވަނީ މަރުވެފަ އެވެ. އެޤައުމުގެ ސިވިލް ޕްރޮޓެކްޝަންގެ ޑިރެކްޓަރ ޖޯޖް މެލެންޑެޒް އާއި ޙަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން އާދީއްތަ ދުވަހު ޚަބަރުދޭ ގޮތުގައި މަރުވެފައިވާ ގިނަ މީހުން ވަޅުލާފައިވަނީ އެމީހުންގެ ގެތަކުގައެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ އެލް ސެލްވަޑޯރ އިން މިފަދަ ބޮޑެތި ކާރިސާތަކަށް ތައްޔާރީ ޙާލަތުގައި ތިބުމަށް މަސައްކަތް ކުރާ ކަމަށެވެ.

މިޠޫފާނުގެ އަސަރު ކުރުމުގެ ސަބަބުން ގޯޓަމަލާ އިން ވަނީ ދުވަހުގެ ތައްޔާރީ ޙާލަތެއް އިއުލާން ކޮށްފައެވެ. އެ ޤައުމުގެ އޮފިޝަލުން ބުނާ ގޮތުގައި މިހާތަނަށް 28 މީހުން މިޙާދިޘާގައި މަރުވެފައިވުމުގެ އިތުރުން ދެމީހަކު ގެއްލިފައިވެއެވެ. އަދި ނިކަރަގުއާ އިން ވަނީ 7 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ހޮންޑޫރާސްގެ އޮފިޝަލުން ހާމަކުރާ ގޮތުގައި، އެޤައުމުގައި 9 މީހުން ވަނީ މަރުވެފަ އެވެ. އަދި 2,500 ގެދޮރަށާއި، 29 މަގަކަށް ޙާދިޘާގައި ގެއްލުން ލިބިފައި ވެއެވެ.  "އެންމެ ބޮޑު ނުރައްކާ އަދި އޮތީ ކުރިއަށް" ހޮންޑޫރާސްގެ އެމަޖެންސީ ކޮމިޝަންގެ ޑިރެކްޓަރ ބުންޏެވެ.

އެ ސަރަޙައްދުގެ ގާތްގަނޑަކަށް 1,000 މީހުން އެމީހުންގެ ގެތައް ދޫކުރަން މަޖުބޫރުވެފައިވާއިރު، އޮތޯރިޓީތަކުން ދަނީ ރައްކާތެރި ހިސާބުތަކަށް ރައްޔިތުން ބަދަލުވުމަށް އަންގަމުންނެވެ.

______

މަޞްދަރު: ޕްރެސް ޓީވީ

ޓެގް

ސެންޓްރަލް އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.