ދިއިސްލާމް އަހަރެން އަސީރެއްގެ ގޮތުގައި ވޭތުކުރި 5 އަހަރު ދިޔައީ ވަރަށް ރަނގަޅަށް: ޖަޢުލާދް ޝާލީޠު

އަހަރެން އަސީރެއްގެ ގޮތުގައި ވޭތުކުރި 5 އަހަރު ދިޔައީ ވަރަށް ރަނގަޅަށް: ޖަޢުލާދް ޝާލީޠު

އަހަރެން އަސީރެއްގެ ގޮތުގައި ވޭތުކުރި 5 އަހަރު ދިޔައީ ވަރަށް ރަނގަޅަށް: ޖަޢުލާދް ޝާލީޠު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަޢުލާދް ޝާލީޠު

2006 ންފެށިގެން ޙަމާސްގެ ބެލުމުގެ ދަށުގައި އަސީރުކުރެވިފައިވާ އިޒްރޭލްގެ ސިފައިންގެ މީހެއްކަމުގައިވާ ޖަޢުލާދް ޝާލީޠު އިއްޔެ މިނިވަންވެގެން އޭނާގެ ޢާއިލާގެ ގާތަށްވަނީގޮސްފައެވެ. މިއީ ޙަމާސާއި އިޒްރޭލްގެ ދެމެދުގައި އަސީރުން ބަދަލުކުރުމަށް ވެވުނު އިއްތިފާޤުގެ ދަށުން ބަދަލުކުރެވިގެންދިޔަ އަސީރެކެވެ. ޝާލީޠު މިސްރުގެ ޓީވީއިން ކުރި ސުވާލަކަށް ޖަވާބުދެމުން އެއްބަސްވެފައިވަނީ ޙަމާސްގެ އަސީރެއްގެ ގޮތުގައި އޭނާ ވޭތުކުރި ފަސްއަހަރުގެ ތެރޭގައި އެބައިމީހުންގެ ފަރާތުން ރަނގަޅު މުޢާމަލާތް އޭނާއަށް ފެނި ލިބިގެންދިޔަކަމަށެވެ.

އިޒްރޭލްގެ ޖަލުތަކުގައި ޙަމާސްގެ 1027 އަސީރުން ދޫކޮށްލުމަށްވަނީ އެއްބަސްވެފައެވެ. އެންމެން ދޫކޮށްލަން ހަމަޖެހިފައިވަނީ މި ފޮޓޯއިންފެނިވަޑައި ގަންނަވާ ޝާލީޠުގެ ބަދަލުގައެވެ.

ޔަހޫދީންގެ ކުރިމަތީގައި އެމީހުންގެ އެއްމެ މީހަކީވެސް މުޅިދުނިޔޭގެ އެހެންމީހުންނާއި ނުބައްދަލު މީހެކެވެ. އެހެންމީހުންގެ ފުރާނަ އެހެންމީހުންގެ ގެދޮރާއި މުދަލަކީ ޔަހޫދީންގެ ގާތުގައި އަގެއް ހުރިއއްޗެއްނޫނެވެ. މިކަން ނަތަންޔާހޫގެ ދީފައިވާ އިންޒާރުގެ ބަހުންވެސް ރަނގަޅަށް ހާމަވެގެންދެއެވެ. އިޒްރޭލްގެ މި ސިފައިންގެ މީހާއާ އިސްތިޤުބާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނަތައްޔާހޫ ބުނެފައިވެއެވެ. "ފަލަސްޠީނުގެ އެއްވެސް އަސީރަކު އިޒްރޭލާ ދެކޮޅު ޙަރަކާތެއްގައި ބައިވެރިވެއްޖެނަމަ އަހަރެމެން އޭނާގެ ލޭއޮހޮރުވާނަމެވެ." މި ބަސް ފަލަސްޠީނުގެ ޙާލުގެ ދުލުން ތަރުޖަމާކުރާއިރު އޭގެ މާނައަކީ ފަލަސްޠީނަކީ ތިޔަބައިމީހުންގެ އަމިއްލަ ބިންކަމުގައިވިޔަސް އަހަރެމެންނަކީ އެތަނަށް ވެރިގެންފައިވާ ބަޔަކުކަމުގައިވިޔަސް އަހަރުމެންނާ ދެކޮޅު ޙަރަކާތްތެއްގައި ފަލަސްތީނުގެ އަސީރުންގެ ތެރެއިން މިނިވަންވި މީހަކުބައިވެރިވެއްޖެނަމަ އެމީހެއް ފުރާނަ ދުއްވާލާނަމެވެ. އެއީ ޔަހޫދީންނަށްގެ ޙައްޤެކެވެ.

ފަލަސްޠީނުގެ އަސީރުންނާއި އިޒްރޭލްގެ އަސީރު ބަދަލުކުރުމަށް އެއްބަސްވި އެއްބަސްވުމުގައިވަނީ އިޒްރޭލްގެ ޖަލުގައިތިބި ފަލަސްޠީނުގެ ހުރިހާ އަސީރުން އާދެ! 1027 އަސީރުން ދޫކޮށްލުމަށާއި އިޒްރޭލުން ޣައްޒާ ޙިޞާރާކޮށްފައިއޮތުން ނައްތާލުމެވެ. ޙަމާސް އިޢުލާނުކުރިގޮތުގައި މިހާރު އަސީރުން ބަދަލުކުރުމުގެ ފުރަތަމަ ބުރުވަނީ ނިމިފައެވެ. މިހާތަނަށް މިނިވަންކުރެވިފައިވަނީ ފަލަސްޠީނުގެ 550 އަސީރުންނެވެ.

ޔަހޫދީންނަކީ އަބަދުވެސް މަކަރުވެރި ބަޔެކެވެ. އަޙުދާވަޢުދާ ޚިލާފުވުމަކީ އެމީހުންގެ މިޒާޖެވެ. މެރުމާއި ނިރުބަވެރިކަމަކީ އެމީހުންގެ ހޮބީއެވެ. އޮޅުވައިލުމާއި ގަދަބާރުދައްކައިގެން އެމީހުންނަށް ހިތްތައް ރުއްސުވުން އެއީ އެމީހުންގެ ސިޔާސަތެވެ. މިކަން ވޭތުވި ތާރީޚްވަނީ ދައްކާފައެވެ. ހެޓިލަރުގެ ބޮލުގައި އެޅުވި ހޯލަކޯސްޓުގެ ބޮޑުދޮގުންފެށިގެންނެވެ. އދ އޭނަމަކަށް ކިޔާ ޖަމްޢިއްޔާއިން އަދި ސިޔާސީ އެހެނިހެން ފުރާޅުތަކުގެ ދަށުން ނިންމާ އިޒްރޭލްވެސް ހިމެނޭގޮތުން ދުނިޔޭގެ ޤައުމުތައް އަމަލުކުރަންޖެހޭ މުޢާހަދަތަކުގެ ތާރީޚްގައި އިޒްރޭލްގެ އިދީކީލްކަން ދައްކަމުންދަނީ އެހެންމީހުންގެ ލޯމަތީގައި ދައްކަމުންދާއިރުވެސް އިޒްރޭލް ޒިންމާދާރުކުރެވޭ ފަދަ ބާރެއްނެތެވެ. ވީއިރު ޙަމާސާއެކުގައި އިޒްރޭލުންވީ އެއްބަސްވުމުގެ މަތިން ޙިޞާރު އުވާލައި އިޒްރޭލްގެ ޖަލުގައި މިހާރުތިބި ފަލަސްޠީނުގެ ހުރިހާ އަސީރުން މިނިވަން ކުރާނެބާވައެވެ؟

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.