ދިއިސްލާމް މޫނު ބުރުގާއެޅުމުގެސަބަބުން ޖޫރިމަނާ ދައްކަންޖެހިއްޖެ އަންހެނެއްގެ ޖޫރިމަނާ ދައްކައިދިނުމުގެ ގޮތުން ހިލޭ އެހީދޭ ފަންޑެއް ހުޅުވައިފި

މޫނު ބުރުގާއެޅުމުގެސަބަބުން ޖޫރިމަނާ ދައްކަންޖެހިއްޖެ އަންހެނެއްގެ ޖޫރިމަނާ ދައްކައިދިނުމުގެ ގޮތުން ހިލޭ އެހީދޭ ފަންޑެއް ހުޅުވައިފި

މޫނު ބުރުގާއެޅުމުގެސަބަބުން ޖޫރިމަނާ ދައްކަންޖެހިއްޖެ އަންހެނެއްގެ ޖޫރިމަނާ ދައްކައިދިނުމުގެ ގޮތުން ހިލޭ އެހީދޭ ފަންޑެއް ހުޅުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާޝިދު ނެއްކާޒް

މޫނު ބުރުގާއެޅުމުގެސަބަބުން ޖޫރިމަނާ ދައްކަންޖެހިއްޖެ އަންހެނެއްގެ ޖޫރިމަނާ ދައްކައިދިނުމުގެ ގޮތުން ފްރާންސްގެ ވިޔަފާރިވެރިޔަކު ހިލޭ އެހީދޭ ފަންޑެއް ހުޅުވައިފިއެވެ.

އެގޮތުން ރާޝިދު ނެއްކާޒް 38، ވަނީ މިދިޔަ ބުދަދުވަހު ބެލްޖިއަމްގައި ޖޫރިމަނާ ދައްކަންޖެހުނު ދެއަންހެނެއްގެ ފަރާތުން 100 ޔޫރޯގެ ޖޫރިމަނާ ދެއްކުމުގެ ގޮތުން ބެލިޖިއަމްއަށް ދަތުރުކޮށް އެފައިސާ ދައްކައިދީފައެވެ. މިއީ ބެލްޖިއަމްގައި މޫނުބުރުގާ އަޅާ މީހުންނާ ދެކޮޅަށް ގާނޫނެއް ފާސްކުރެވުނުފަހުން އެންމެ ފުރަތަމަ ޖޫރިމަނާ ދައްކަންޖެހުނު ދެ އަންހެނުންނެވެ. އޭނާވަނީ ހަމައެދުވަހު ފްރާންސްގެ އިރުދެކުނު ޓައުން އެއްކަމުގައިވާ ރޯބިއަޒްގައި ޖޫރިމަނާ ދައްކަންޖެހުނު އަންހެނެއްގެ ފަރާތުން 75 ޔޫރޯވެސް ދައްކާފައިވެއެވެ.

ރާޝިދު ނެއްކާޒް ކޯޓްގެ ބޭރުގައި ވާ ނޫސްވެރިން ނާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ " އަހަރެން ގޮވާލަނީ މަދަނީ ބަސްނޭހުމަކަށް، އަހަރެން މިބުނަނީ އަންހެނުންގާތުގައި، މޫނުބުރުގާ އަޅާގައިގެން ބޭރަށް ނުކުތުމަށް ބިރުނުގަންނާށޭ، އެމީހުންގެ ޖޫރިމަނާ ދައްކައިގެން އަހަރެން އެޤާނޫނު ހަމަޖައްސައިދެނީމި، އެޤާނޫނުގެ ބޭނުމެއްނެތްކަމާއި އޭގައި އެއްވެސް މާނައެއްނެތްކަން އަހަރެން މިހާމަކޮށްދެނީ. އަދި އެޤާނޫނު މަސައްކަތެއް ނުކުރާނެކަން. މިކަން ވެގެންދާނީ ސިޔާސީ ފަރާތްތަކަށްހުރި ފަޞީޙަތްވުމަކަށް" ރާޝިދު ނެއްކާޒް ހާމަކުރިއެވެ.

އަދި އިތުރަށް އޭނާ ބުނިގޮތުގައި މޫނު ބުރުގާ އަޅައިގެން އުޅެން ބޭނުން ވާ އަންހެނުންނަށް އެމީހުންގެ މިނިވަންކަންދޭން ޖެހޭނެ ކަމަށެވެ. އެއީ ޑިމޮކްރަސީގައި ވާ ކޮންމެ މީހަކަށް ވެސް ލިބިގެން ވާ މިނިވަން ކަމެކެވެ.

ފުރާންސްފަދަ އާންމު ތަންތާނގައި މޫނުބުރުގާއެޅުން މަނާކުރުމާއިބެހޭގޮތުން ޤަވާޢިދު ތަންފީޛުކުރަމުންދާ ޤައުމުތަކުގައި، ފުރިހަމައަށް ޙިޖާބުވެ އިސްލާމީ ހެދުމުގައި ތިބުމަށް އިޚްތިޔާރުކުރާ އަންހެނުން، އެކަމުގެ ސަބަބުން ޖޫރިމަނާ ދައްކަންޖެހިއްޖެނަމަ އެޖޫރިމަނާދައްކައި ދިނުމުގެގޮތުން ހުޅުވާފައިވާ މިފަންޑަކީ އެއްމިލިޔަން ޔޫރޯގެ ފަންޑެކެވެ.

ނެއްކާޒު ބުނާގޮތުގައި ފުރާންސާއި ބެލްޖިޔަމްގައި މޫނުބުރުގާ އެޅުން މަނާކޮށްފައިވަނީ ސިޔާސީ ބޭނުމަކަށެވެ. އޭގެފަހަތުގައިވަނީ ފުރާންސްގެ ރައީސް ނިކޮލަސް ސާކޯޒީ ކުރިޔަށްއޮތް ދައުރަށް އިންތިޚާބުވުމަށްޓަކައި ބޭނުންވާ ކަނާތުފިޔާގެ ހައްދުފަހަނައަޅާފައިވާ މީހުންގެ ވޯޓު ހޯދުމެވެ. މިފަދަ ގާނޫނެއް އޮތުމީ ގާނޫނު އަސާސީއާއި ޚިލާފު ކަމެއްކަން ސާކޯޒީއަށް ރަނގަޅަށް އެނގޭނޭކަމުގައިވެސް އޭނާ ތުހުމަތު ކުރެއެވެ.

އަދި މިހާރު އޭނާ ދަނީ "ޔުރަޕިޔަން ކޯޓް އޮފް ހިއުމަން ރައިޓް" އަށް މިމައްސަލަ ގެންދިޔުމަށް ނިއްމާފައެވެ. އެއީ ޔޫރަޕުގެ އިންސާނީ ޙައްޤުތަކާބެހޭ ކޯޓެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.