ކުޑަކުދިންގެ ގައިމަތިން ފުންމުމަކީ ކުޑަކުދިންގެ ފާފަތައް ފޮހެވިގެންދޭތޯ ކެތޮލިކުން ކުރާކަމެކެވެ. ސްޕޭންގައި 1620 ގެ އަހަރުތަކުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިކުޅިވަރަކީ ކުޑަކުދިންތައް ބިންމަތީގައި ބޭއްވުމަށްފަހު އެކުދިންގެ ގައިމަތިން ފުންމައިގެން ކުރާކަމެކެވެ. އެމީހުން ގަބޫލުކުރާގޮތުގައި އަދި އެމީހުންގެ ކްރިސްޓިއަން ދީނުގެ ކެތޮލިކް މަޒްހަބުގައިވާގޮތުން މިގޮތަށް ކުދިންގެ ގައިމަތިން ފުންމުމުން އެކުދިންގެ ފާފަތަކުން ރައްކާތެރިކަން ލިބި، ބަލިތަކުންނާއި ޝައިތާނާގެ ނުބައިކަމުން އެކުދިން ރައްކާތެރިވާނެކަމަށް ޤަބޫލުކުރެއެވެ.
ދުނިޔޭގައި އޮންނަ އެންމެ 'ނުރައްކާތެރި' ކަންކަމުގެ ތެރޭގައި ހިމެނޭ މިކަންތައްގަނޑަކީ ކެތޮލިކުގެ މަޒްހަބަށް ތަބާވާ މީހުން ދެކޭގޮތުގައި 'ބޯދާ' ކަންތައްތަކެއް ނޫނެވެ. އެހެނަސް އިންޑިއާގައި އޮންނަ ބައެއް ދީންތަކުގައި ކުޑަކުދިން އުސް އިމާރާތްތަކުން އެއްލާލުމަށްފަހު ތިރީގައިތިބޭ މީހުން ހިފައިގެން 'ފާފަތަކުން' ސަލާމަތްވާނެކަމަށް ބުނާބުނުމަކީ އެމީހުންގެ ކުރިމަތީ ބޯދާ ކަންކަމެވެ. އެހެނަސް 'ކުޑަކުދިންގެ ގައިމަތިން ފުންމައިގެން ފާފަތައް ފޮހެވޭނެކަމަށް ވިސްނުމާއި ކުޑަކުދިން ބޮޑެތި އިމާރާތްތަކުގެ މަތިން އެއްލައިލައިގެން ފާފަތަކުން ފިލޭނެމަށް' ޤަބޫލުކުރުންވެސް އެއީ ބޯދާހިޔާލުގެ ފަލްސަފާތަކެއް ނޫންތޯއެވެ؟
މިއީ އަޅުގަނޑުމެން ދިވެހިންގެ ތެރޭން ބައެއް މީހުން އެތަނަކަށް ނިސްބަތްވާން ބޭނުން 'ކާފަރުން'ގެ ބޯދާ ވިސްނުން ހުރި ހިސާބެވެ. މީގެ އިތުރުންވެސް އެތައް ކަމެއް އެމީހުންގެ ދީނުގެ ތެރެއަށް ވައްދައިގެން ކުރަމުންދެއެވެ. އެތަކެއް 'ބޯގޯސް'ކަންކަން އެކިއެކި އެދުންތައް ހާސިލްވާނޭކަމަށް ހީކޮށް ކުރަމުންދެއެވެ. 'ހިނިފަޅައިގެން' ދާފަދަ އެތައް ކަމެއް އެމީހުންގެ ކިބައިންދަނީ ފެންނަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...