ދިއިސްލާމް އެއްވެސް މީހަކަށް ނަހަމަގޮތުގައި ޒަކާތުގެ ފައިސާ އިން ހޭދަކުރެވިފައި ނޯންނާނެ: އިސްލާމިކް މިނިސްޓްރީ

އެއްވެސް މީހަކަށް ނަހަމަގޮތުގައި ޒަކާތުގެ ފައިސާ އިން ހޭދަކުރެވިފައި ނޯންނާނެ: އިސްލާމިކް މިނިސްޓްރީ

އެއްވެސް މީހަކަށް ނަހަމަގޮތުގައި ޒަކާތުގެ ފައިސާ އިން ހޭދަކުރެވިފައި ނޯންނާނެ: އިސްލާމިކް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޒަކާތުގެ ފައިސާއިން އެއްވެސް މީހަކަށް ނަހަމަގޮތުގައި ހޭދަކުރެވިފައި ނޯންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ 2011 އޮކްޓޯބަރ 13  ވީ ބުރާސްފަތި ދުވަހުގެ ހަވީރު ނޫހުގައި "ޒަކާތު ފަންޑުން ގިނަ ޢަދަދެއްގެ ފައިސާ ޝައިޚް ޝަހީމްގެ ރަށަށް" މިސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމަކީ ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް ލިޔެފައިވާ ލިޔުމެއްކަމަށާއި އެލިޔުމުގައި ޒަކާތު ފައިސާ ދޫކުރުމުގައި ނަހަމަ ގޮތްތަކަކަށް ޢަމަލުކުރެވިފައިވާކަމުގެ ތުހުމަތުގެ އިނގިލި އިސްލާމިކް މިނިސްޓްރީ އަށް ދިއްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހަވީރު ނޫހުގެ އެލިޔުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ލިޔުމެއް ކަމުގައި އެ މިނިސްޓްރީން ބުނެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ޒަކާތު ފައިސާ އޭގެ ޙައްޤުވެރިންނަށް ދޫކުރުމަށް ކުރީ ސަރުކާރުގެ ދުވަސްވަރުން ފެށިގެންވެސް ކޮމެޓީއެއް އޮންނަކަމަށާއި އެކޮމެޓީގައި އިސްލާމިކް މިނިސްޓްރީގެ އިތުރުން ޒަކާތުފައިސާ ލިބިދެވޭ ފަރާތްތައް ތަމްސީލުކުރާ އިދާރާތަކުގެ މަންދޫބުން ބައިވެރި ވަޑައިގަންނަވާ ކަމަށެވެ. އަދި ކޯރަމް ހަމަނުވާ އެއްވެސް ބައްދަލުވުމެއް އެކޮމެޓީން ބާއްވާފައި ނުވާނެކަމަށާއި ކޮމެޓީއަށް ހުށަހެޅޭ ދަރަނީގެ ފޯމްތައް ބަލައި ދިރާސާކުރުމަށް ފަހުގައި މެނުވީ އެއްވެސް މީހެއްގެ ދަރަނި އަދާކޮށްދީފައި ނުވާނެކަމަށެވެ. އަދި ރިބާ ހިމެނޭ ދަރަނިތަކާ ބޭންކު ލޯންތައްފަދަ  ދަރަނިތައް ޒަކާތު ފައިސާއިން އަދާކޮށްނުދޭކަމަށާއި ދަރަނި އަދާކޮށްދިނުމުގައި ވަކި ރަށެއްގެ މީހަކަށް ނުވަތަ ވަކި މީހެއްގެ ގާތް މީހަކަށް ބަލާފައިނުވާނެ ކަމަށާއި ދަރަނީގެ އެއްވެސް މައްސަލައެއް ކޮމެޓީގެ އިއްތިފާޤުން ފާސްވެގެން ނޫނީ ނުނިންމާކަމަށް ވެސް އެބަޔާނުގައި ވެއެވެ.

އަދި ކުއްލި ޙާލަތްތަކުގައި އެއްރަށުން އަނެއް ރަށަށް ގެންނަންޖެހޭ މީހުންނަށް ޒަކާތުގެ އިބްނުއްސަބީލު ބައިން ހޭދަކުރެވޭ ކަމަށާއި އެއީ ޒަކާތުގެ ފަޤީރުންގެ ބައިން ބަހާ ފައިސާ ފަދައިން، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ޝާމިލުވާ ގޮތަށް ބަހާ އެއްޗެއް ނޫންކަމަށާއި އެއާ ޚިލާފަށް އެއީ އެކްސިޑެންޓެއް ވެގެން ނުވަތަ އެފަދަ ޙާދިސާއެއް ދިމާވާ މީހަކަށް ދެވޭ އެއްޗެކެއްކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. މީގެ އިތުރުންވެސް ޒަކާތު ފައިސާ ހޭދަކުރެވޭ ތަފާތުކަންކަން ވަރަށް ތަފްޞީލު ގޮތެއްގައި އެނޫސް ބަޔަނުގައި ހާމަކޮށްފައި ވެއެވެ.

މީޑިއާގެ ފަރާތްތަކުން ކަންކަމުގެ ޙަޤީޤަތް ބައްލަވާލައިފައި، ނުވަތަ ކަމާބެހޭ ފަރާތުން މަޢުލޫމާތު ހޯއްދަވާފައި ޚަބަރުތައް ގެނައުމަށް  އެ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

އިސްލާމިކް މިނިސްޓްރީގެ ނޫސް ބަޔާން

ޓެގް

އިސްލާމިކް މިނިސްޓްރީ ޒަކާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.