ޙަލާލް ކާތަކެއްޗާ ބެހޭ ކޮންގްރެސް އެއް މިމަހުގެ 14 އަދި 15 މި ދެދުވަހު ތުރުކީގެ ވެރިރަށް އަންކަރާގައި ބާއްވައިފި އެވެ.
މި ކޮންގްރެސްގައި 16 ޤައުމަކުން ބައިވެރިވެފައިވެ އެވެ. ބައިނަލްއަޤްވާމީ ޙަލާލް ކޮންގްރެސް ބާއްވާފައި މިވަނީ އިސްލާމިކް ޗެމްބާރސް ރިސާރޗް އެންޑ އިންފޮމޭޝަން ސެންޓަރުގެ ފަރާތުން އޯއައިސީ އާއި އައިޑީބީ ފަދަ ބޮޑެތި އިސްލާމީ ޖަމިއްޔާތަކަކާ ގުޅިގެންނެވެ.
ޙަލާލުތަކެއްޗާމެދު ތަފާތު މަޝްވަރާތަކެއް ކުރެވުނު މި ކޮންގްރެސްގައި ވާހަކަދެކެވިފައިވަނީ ހަމައެކަނި ކާބޯތަކެއްޗާ ބެހޭ ގޮތަކުން ނޫނެވެ. އޭގެ އިތުރުން ޙަލާލު މެޑިކަލް ބޭހާއި، ރީތިވުމަށާއި ސާފުކުރުމަށް ބޭނުންކުރާ ސާމާނާއި، ހޮޓާ ރެސްޓޯރެންޓްތަކުގައި ދެވޭ، އަދި ޓުރިޒަމްއާއި ބޭންކިންގ އާއި ދަތުރުފަތުރާބެހޭ ޙަލާލް ޚިދުމަތްތަކާމެދު ވާހަކަދެކެވިފައިވެ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...