އަފްޢާނިސްތާނުގައި އެހީދޭ ދެ ކްރިސްޓިއަން ޖަމާއަތް ސަސްޕެންޑް ކޮށްފިއެވެ.
އަފްޢާނިސްތާނުގައި އެހީ ދިނުމުގެ ނަމުގައި ހަރަކާތްތެރިވާ ކްރިސްޓްއަން ޗާޖެއްގެ ދަށުން ހިންގާ މިދެ ޖަމާއަތް ސަސްޕެންޑް ކޮށްފައިވަނީ މުސްލިމުން ކްރިސްޓިއަން ދީނަށް ވެއްދުމަށް މަސައްކަތް ކުރާކަމުގެ ހެކިތައް ލިބިގެންކަމަށް ހަބަރު ލިބެއެވެ. އަދި އަފްޢާނިސްތާނަށް އެމެރިކާއިން އަރާ ހަނގުރާމަ ކުރަންފެށިފަހުން އެތައް ބަޔަކު ކްރިސްޓިއަން ދީނަށް އެހީ ދޭ ޖަމާއަތްތަކުގެ ނަމުގައި އުޅޭ މީހުންގެ އެހީގައި ވަދެފައިވާކަމަށްވަނީ ކަށަވަރު ކުރެވިފައެވެ. އެގޮތުން އަފްޢާން ޓީވީ ޗެނަލްއަކުން ޔޫރަޕް ފިރިހެނަކާއި އަންހެނެއް ކައިރީގައި އަފްޢާން މީހަކު 'ޖީސަސް'އަށް އަޅުކަން ކުރަން ހުރިތަނުގެ ފޮޓޯއެއްވަނީ ދައްކާފައެވެ. އެމީހުން އަޅުކަން ކުރަން ތިބީ އަޅުކަންކުރަން ހާއްސަ ތަނެއްގައެވެ.
އަފްޢާނިސްތާނުގެ ސަރުކާރުން ސަސްޕެންޑް ކޮށްފައިވާ އެހީދޭ ދެޖަމާއަތަކީ 'ޗާޗް ވޯލްޑް ސާރވިސް' އާއި އެމެރިކާގެ 'ނޯރވެޖިއަން ޗާޗް އޭޑް' ކަމަށް ހަބަރު ލިބެއެވެ. ޗާޗް ވޯލްޑް ސާވިސްގައި 190 މީހުން ހަރަކާތްތެރިވާއިރު ނޯރވެޖިއަން ޗާޗް ގެ 50 މީހުން މުވައްޒަފުންގެ ގޮތުގައި އަފްޢާނިސްތާނުގައި ހަރަކާތްތެރިވަމުންދެއެވެ. މިދެޖަމާއަތުގެ ނަމުގައި 'ޗާޗު' ހިމެނޭއިރުވެސް މިމީހުންވަނީ އަފްޢާނިސްތާނުގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވެފައެވެ. ނަމުގެ ކުރިއަށް 'ޗާޗު' ބޭނުންކުރާ ބަޔަކު އަފްޢާނިސްތާނުގައި ހަރަކާތްތެރިވުމުގެ މައްސަލާގައި ގިނަ ބަޔަކު ދަނީ ތަފާތު ސުވާލުތައް ކުރިމަތިކުރުވަމުންނެވެ. މިގުރޫޕްތަކުން އަފްޢާނިސްތާނުގައި އެތައް ސަތޭކަ ޑޮލަރެއްގެ އެހީ ވަނީ ބަހާފައެވެ.
އަފްޢާނިސްތާނުގައި 'އެހީދޭ ޖަމާއަތްތަކުގެ' ލޭބަލްގައި އުޅޭ ދީން ފަތުރާ ޖަމާއަތް އުޅޭކަން އެއީ އެންމެން ދަންނަ 'ބޮޑު ސިއްރު' ވާހަކައެކެވެ. ސުނާމީ އެހީ ހިފައިގެން ރާއްޖޭއައި ބަޔަކުވެސް 'އެހީ'ގެ ގޮތުގައި ބައިބަލް އާއި އޫރު މަސް ގެނައި ވާހަކައަކީވެސް އެންމެ ދަންނަ ވާހަކަ އެކެވެ. އަދި ސުނާމީ އިން ގެއްލުން ލިބުނު ރަށެއްގެ ގެތައް ހެދުމަށްފަހު 'ކަލޭމެންގެ ގެތައް ހަލާކުވުމުން ހަދައިދެނީ ﷲ ހޭ؟ ނުވަތަ އަހަރުމެންހޭ؟' ސުވާލުކުރިކަމަށް ދައްކާ ވާހަކައަކީވެސް ގިނަ ބަޔަކު ދައްކާ ވާހަކައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...