މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރުގެ މަދަހަ މުބާރާތް އިއްޔެ ބާއްވައިފި އެވެ.
އެ ސްކޫލްގެ އޮފިޝަލަކު "ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި މުބާރާތުގެ މަޤްޞަދަކީ ކުދިންގެ ހިތުގައި ދީނީ ކަންތައްތަކަށް ލޯބި ޖައްސައި، މަދަހަ ކިއުމަށް ޝައުޤުވެރިކަން ހުރި ކުދިންނަށް އެ ފުރުޞަތު ހޯދައިދިނުމެވެ. އޭނާ ވިދާޅުވީ މި މުބާރާތް ބޭއްވުމަށް ކުރިން ހަމަޖެއްސީ މިދިޔަ ރަމަޟާން މަހުގައި ކަމަށާއި، ނަމަވެސް ތަފާތު ސަބަބުތަކާ ހެދި އެމަހު ނުބޭއްވި ލަސްވީ ކަމަށެވެ.
އެ ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާ ކުދިންނަށް ހުޅުވާލެވިގެން ބޭއްވި މި މުބާރާތުގައި ގާތްގަނޑަކަށް 175 ކުދިން ބައިވެރިވެފައި ވެއެވެ. މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ 3 ސެޝަނަކަށް ބަހާލައިގެންނެވެ. އެއީ މެންދުރުފަހު، ހަވީރު އަދި ރޭގަނޑުގެ ސެޝަނެވެ. މި މުބާރާތުގައި ކޮންމެ ގްރޭޑަކުން ވަނަ ވަނަ ހޮވާނެ ކަމަށާއި، ނަތީޖާ ފާޅުކުރާނެ ވަކި ތާރީޚެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...