ރާއްޖޭގެ ޚަބަރުދިއިސްލާމް

ޤައުމީ ޔުނިވަރސިޓިގެ ކުތުބުޚާނާތަކަށް ޝައިޚް ފައްޔާޟް ތައްޔާރު ކުރެއްވި ބުޚާރީގެ ތަރުޖަމާގެ ކޮޕީތަކެއް ހަދިޔާ ކުރައްވައިފި

ބުޚާރީގެ ތަރުޖަމާގެ ކޮޕީތައް ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީތަކަށް ޝައިޚް ފައްޔާޟު ޢަލީ ހަދިޔާކުރައްވަނީ – ފޮޓޯ: ޤައުމީ ޔުނިވަރސިޓީގެ ވެބްސައިޓް

ބުޚާރީގެ ތަރުޖަމާގެ ކޮޕީތައް ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީތަކަށް ޝައިޚް ފައްޔާޟު ޢަލީ ހަދިޔާކުރައްވަނީ – ފޮޓޯ: ޤައުމީ ޔުނިވަރސިޓީގެ ވެބްސައިޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައްޝައިޚް ފައްޔާޟް ޢަލީ މަނިކު ތައްޔާރުކުރެއްވި އެންމެ ފަހުގެ ފޮތުގެ ކޮޕީތަކެއް މިއަދު އެ ޔުނިވަރސިޓީގެ ކުތުބުޚާނާ ތަކަށް ހަދިޔާ ކުރައްވައިފި އެވެ.

ކުތުބުޚާނާތަކާ ބެހޭ ނިޒާމްގެ ފަރާތުން މި ކޮޕީ ތަކާއި ޙަވާލުވެލެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޙަސަން ހަމީދު އެވެ. މި ފޮތަކީ ދިވެހި ބަހަށް ތަރުޖަމާކުރެވިފައިވާ ޞަޙީޙުލް ބުޚާރީގެ ފުރަތަމަ ވޮލިއުމް އެވެ. މިފޮތުގައި ހިމެނެނީ މުސްލިމް ޢިލްމުވެރިއެއް ކަމަށްވާ އިމާމް މުޙައްމަދު އިބްނު އިސްމާއީލް އަލްބުޚާރީ ޖާމާކުރައްވާ ފައިވާ ރާސޫލާ ޞައްލައްﷲ އަލައިހި ވަސައްލަމްގެ ޙަދީޡްފުޅު ތަކެވެ.

މިފޮތް ރަސްމީކޮށް ނެރުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން، އޮކްޓޯބަރ 14 ވާ ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައެވެ. އެރޭ 21:30 ގައި އިސްލާމީ މަރުކަޒުގައި ހެޔޮ އަގެއްގައި މިފޮތް ވިއްކާނެ ކަމަށާއި އެގޮތުން، އެރެއަށް ޙާއްޞަކުރެވިފައިވާ އަގަކީ 175.00 ރ. (ސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެކުރިންވެސް ޝައިޙް ފައްޔާޟް ވަނީ 4 ފޮތް ތައްޔާރުކުރައްވާފަ އެވެ. އޭގެތެރެއިން 3 ފޮތް ލިޔުއްވާފައި ވަނީ އަރަބި ބަހުންނެވެ. އެމަނިކުފާނު ލިޔުއްވާފައިވާ ޝަރީޢަތުގައި ވާރުތަ ބެހުމާއި ބެހޭ ފޮތަކީ ދިވެހިރާއްޖޭގައި ފިޤުހް ކިޔަވައިދުނުމަށް ބޭނުންކުރާ ޓެކްސްޓް ފޮތެކެވެ. އަދި ކޯޓްތަކަގައި ރެފަރެންސް ގޮތުގައި ބޭނުންކުރާ ފޮތެކެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މަވެސް ބޭނުން މީގެ ފޮތެއް. ވަރަށް ގިނަ ދުވަހު ކުރި އިންތިޒާރެއް މިއީ

Your email address will not be published. Required fields are marked *