އިތުރު ތިން ޖަމާއަތެއްގެ ޙައްޖުވެރިން މިއަދު ހަވީރު ފުރައިފި

ޢަލީ އަޙްސަން އިޙްސާން

 

ޙައްޖުވެރިން ފުރުމުގެ ކުރިން އެއާރޕޯޓްގައި، ފޮޓޯ ދިއިސްލާމް: އަޝްވާގު

 

މާލެއިން: އަލީ އަހްސަން

 

އިތުރު ތިން ޖަމާއަތެއްގެ ޙައްޖުވެރިން މިއަދު ހަވީރު ފުރައިފިއެވެ.

 

ދިއިސްލާމް އަށް ޚަބަރު ލިބިފައިވާގޮތުގައި މިއަދު ފުރާފައިވަނީ އަލް ޚައިރު ޖަމާއަތުގެ ހައްޖުވެރިންނާއި އަލްބަޓްރޮސް ޖަމާއަތުގެ ހައްޖުވެރިންގެ އިތުރން ޒައީމާ ހައްޖު ގުރޫޕްގެ ހައްޖުވެރިންނެވެ. އެއީޒައީމާ ހައްޖު ގުރޫޕްގެ 175 ހައްޖުވެރިންނާއި އަލް ޚައިރުގެ 125 ހައްޖުވެރިންނާއި އަލްބަޓްރޮސް ގެ 125 ހައްޖުވެރިންކަމަށް ޚަބަރު ލިބެއެވެ. ހައްޖުވެރިން ފުރާފައިވަނީ މިއަދު ހަވީރު 5 ޖަހާކަން ހާއިރުގައިކަމަށް ޚަބަރު ލިބެއެވެ.

 

ރާއްޖެއިން މި އަހަރު ހައްޖަށް ދާން ހަމަޖެހިފައިވާ  ހައްޖާޖީންގެ ފުރަތަމަ ގްރޫފް ފުރާފައިވަނީ މިމަހު 10 ވަނަ ދުވަހުގައެވެ. އެއީ އަލްމަނާސިކް ގުރޫޕުގެ 20 ހައްޖު ވެރިންނެވެ.

 

ލައިވް ބްލޮގް: ހައްޖު 1432 (މައްކާއިން)

ފޮޓޯ: ހައްޖުވެރިން މިއަދު މާލެ އެއާރޕޯޓްގައި

ވީޑިއޯ: ހައްޖުވެރިން މިއަދު މާލެ އެއާރޕޯޓްގައި (ވީޑިއޯ 1)

ވީޑިއޯ: ހައްޖުވެރިން މިއަދު މާލެ އެއާރޕޯޓްގައި (ވީޑިއޯ 2)

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.