ދިއިސްލާމް ޝައިޚް އާދަމް ޝަމީމްގެ ވެބްސައިޓަށް ދީނީ ސުވާލު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ޝައިޚް އާދަމް ޝަމީމްގެ ވެބްސައިޓަށް ދީނީ ސުވާލު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ޝައިޚް އާދަމް ޝަމީމްގެ ވެބްސައިޓަށް ދީނީ ސުވާލު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް އާދަމް ޝަމީމް 2008 ވަނަ އަހަރު ދަރުސެއް ދެއްވަނީ

އައްޝައިޚް އާދަމް ޝަމީމްގެ ވެބްސައިޓް، އާދަމްޝަމީމް.ކޮމް އަށް ދީނީ ސުވާލު ހުށަހެޅުން މެދުކެނޑިފައި އޮތުމަށްފަހު، އަލުން ސުވާލު ފޮނުވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި އެވެ.

އެ ވެބްސައިޓް ގެ އެޑްމިން އިން މަޢުލޫމާތު ދެއްވާ ގޮތުގައި ސުވާލު ހުށަހެޅުން ދުވަސްކޮޅަކަށް މެދުކެނޑިފައި ވަނީ ޓެކްނިކަލް މައްސަލަ އެއްގެ ސަބަބުންނެވެ. އަދި މި މައްސަލަ ޙައްލުވެފައި ވުމާއެކު، މިއަދުން ފެށިގެން މި ލިންކްބޭނުންކޮށްގެން ސުވާލު ފޮނުއްވަމުން ގެންދިއުމަށް އެޑްމިން އިން އެދިލައްވައެވެ. ކޮންމެ ދުވަހަކު ބަލައިގަނެވޭނީ 7 ސުވާލު ކަމަށް އެޑްމިން އިން ހާމަކުރެއެވެ.

ސުވާލާއި ޖަވާބުގެ އިތުރުން އާދަމްޝަމީމް.ކޮމް ގައި ހިމެނޭ ބައިތަކުގެ ތެރޭގައި މަޒުމޫނު، އޯޑިއޯ ދަރުސް، ވީޑިއޯ ދަރުސް، ފަޠުވާ އަދި ފޮތް ހިމެނެއެވެ. ސުވާލާއި ޖަވާބު ބަހާލެވިފައިވާ ބައިތަކަކީ އަޤީދާ އާއި ތައުހީދު، ފިޤްހު، އަޅުކަން، މުޢާމަލާތު، ޠަހާރަތު، ޙަލާލް ޙަރާމް، އެހެނިހެން އަދި މަޝްވަރާ އެވެ. ސައިޓް ފަރުމާކުރެވިފައިވަނީ ސާރޗް ކުރެވޭ ގޮތަށެވެ.

ޝައިޚް އާދަމް ޝަމީމް މިހާރު ހުންނެވީ މެލޭޝިއާ ގައެވެ. ޝައިޚް ވަނީ 2003 ގައި މަދީނާ އިސްލާމިކް ޔިނިވަރސިޓީ އިން ބެޗްލަސް ޑިގްރީ (ބީއޭ) ޙާޞިލްކުރައްވާފަ އެވެ. އެއަށްފަހު 2009 ގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ މެލޭޝިއާ އިން މާސްޓަރސް (އެމްއޭ) ޙާޞިލްކުރައްވާފައި ވެއެވެ.  އަދި ހަމަ އެ ޔުނިވަރސިޓީގައި ޝައިޚް މިހާރު ކިޔަވާވިދާޅުވަމުން ގެންދަވަނީ "ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (އުސޫލުއްދީން އެންޑް ކޮމްޕަރެޓިވް ރިލިޖަން)" އެވެ.

ޝައިޚް މެލޭޝިއާގައި ހުންނަވާ އިރު އެތަނުގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ކިޔަވާ ކުދިންނަށް ދަޢުވަތު ދިނުމުގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ ގައާއި ޔުނިވަރސިޓީ އިން ބޭރުގައި ދީނީ ނަސޭހަތް ދެއްވަމުން ގެންދަވަ އެވެ. އަދި މެލޭޝިއާގައި ހުންނަވާ ސްކައިޕް މެދުވެރިކޮށް "މައައްޝަބާބް – ޒުވާނުންނާއެކު" ނަމުގައި ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ ދިވެހި ޒުވާނުންނަށް ޚާއްޞަ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަވަ އެވެ.

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖް

އާދަމްޝަމީމް.ކޮމް ގެ ސްކްރީން ޝޮޓެއް

ޓެގް

ޝައިޚް އާދަމް ޝަމީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.