އޭޝިއާދިއިސްލާމްދުނިޔެ

އަފްޣާނިސްތާނުގެ ޖަލުތަކުގައި އަނިޔާކުރަމުންދާ ކަމަށް އދ. އިން ހާމަކޮށްފި.

އަފްޣާނިސްތާނުގެ ކާބުލްގެ ޖަލެއް

އަފްޣާނިސްތާނުގެ ކާބުލްގެ ޖަލެއް

 

އަފްޣާނިސްތާނުގެ ޖަލުތަކުގައި އިންސާނިއްޔަތާ ޚިލާފު އެތަށް އަނިޔާތަކެއް ކުރަމުންދާ ކަމަށް އދ. އިން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފިއެވެ.

މި ރިޕޯޓަކީ 379 ގައިދީންނާ އިންޓަވިއު ކުރުމަށްފަހު ހޯދާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނެރުނު ރިޕޯޓެކެވެ. ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ހައްޔަރުކުރާ ތާލިބާން ހަނގުރާމަވެރިންނަށާއި ތާލިބާނުންނާ ގުޅުންބާއްވާ ކަމަށް ޝައްކުކުރެވިގެން ހައްޔަރުކުރާ މީހުން އެކިކަންކަމަށް އެއްބަސް ކުރުވުމަށްޓަކައި އިންސާނިއްޔަތާ ޚިލާފު އެތަކެއް އަނިޔާއެއް އަފްޣާނިސްތާންގެ  ސަލާމަތީ ބާރުތަކުން ހިންގަމުން ގެންދާ ކަމަށް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

މި ގޮތުން ކުރާ އަނިޔާތަކުގެ ތެރޭގައި ، އުނަގަނޑުގައި ވާ އެއްސުމަށް ފަހު ސީލިންގާއި ފާރުފަދަ ތަންތާ އެލުވުމާއި،  ކަރަންޓު ކޭބަލްއާއި ލަކުޑި ދަނޑިގަނޑު ފަދަ ތަކެތިން ތަޅާ ކަމަށާއި، އަދި ކަރަންޓު ޝޮކް ޖެއްސުމާއި، ނިޔަފަތި އުފުރުމާއި ޖިންސީ ގޮތުން އެތަކެއް އަނިޔާތަކެއް ކުރަމުންދާ ކަމަށް އ.ދ ގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އެމެރިކާއިން  ދުނިޔޭގެ ޤައުމުތަކުގައި ހިންގާ ޖަލުތަކުގައިވެސް މުސްލިމް އަސީރުންނަށް އިންސާނިއްޔަތާ ޚިލާފު މިފަދަ އެތަށް އަނިޔާ އެއް ދަނީ ކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ