ރިޕޯޓްދިއިސްލާމް

މާތްކަލާކޮ! މިއުޅެނީ ކީއްވާންބާ؟

 

މިއަދު އިސްލާމީ އުންމަތުގެ ކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު ފެނިގެންދަނީ އުންމަތުގެ ގިނަ ލީޑަރުންނާއި އަދި އުންމަތުގެ ކަންކަމުގައި ނަގާކިޔާ ޒިންމާދާރު ވެރިންގެ ކިބާގައި ހަރުދަނާކަމެއް ބަހުގެ އިތުބާރެއްނެތެވެ. އަދި ދަށްފަންތީގެ މީހުންގެދަރަޖައަށް ވެއްޓިގެންދާތީއެވެ. އުންމަތުގެ ގިނަ ދަރީން ފިކުރީ އުދައިގައި ބެހިގެންދާތީއެވެ. ތަވްޙީދުގެ ކަލިމައިގެ އަޑު ޖައްވުގައި އުފުލިގެން ދިޔަނުދިޔުމަށްޓަކައި ޒިންމާދާރު މީހުންފޫގަޅައިގެންތިބީތީއެވެ.

އަނެއްކޮޅުން އިސްލާމްދީނުގެ ޙުކުމްތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއް ނަމަވެސް ފުރިހަމަކުރުމަށް ޢަޒުމުކުރާ ފަރާތްތަށް ތަޢުލީމުން މަޙްރޫމްކުރެވިގެންދާތީއެވެ. އެހެން ޘަޤާފަތްތަކުގެ މީސްތަކުންނަށް ފެންނަފަދައިން އިސްލާމްދީނުގެ ޝިޢާރުތައް ތަމްސީލުކުރުން ހުއްޓުވާތީއެވެ. އެމީހުންގެ ނަޒަރުގައި މުޙައްމަދުގެ ފާނުގެ ރިސާލަތަށް ނިސްބަތްވުމަކީ މިއަދު ކުށަކަށްވީވެސް ތޯއްޗެކެވެ. ނޫނީ އެމީހުން ބޭނުންވަނީ އެރިސާލަތަށް ނިސްބަތްވެގެން ހަވާނަފްސަށް ޙުކުމްކުރުމެވެ. އެބަހީ އެރިސާލަތުގައިވާ ޙުކުމްތަކާއި ނަހީތަކުން ތިމާ ބޭނުން ޙުކުމެއްގައި ހިފައިފާ ބޭނުން ޙުކުމެއްދޫކޮށްލުވެ. މިހާރު އަހަރުމެންގެ މުޖްތަމަޢުތަކުގައި މިގޮތަށް ޢަމަލުކުރާ މީހުން ގިނަކަމާއެވެ!

އިސްލާމްދީނަށް  ޙުކުމްކުރާ ވެރިކަމެއް ޤާއިމްވިޔަނުދޭނަމޭ ބުނެ އެހެން ޘަޤާފަތުގެ އަހުލުވެރިން އަޑުއުފުލަމުން ކަޑައެޅިފައިވާ ޕްރޮގްރާމެއްގެ ދަށުން މަސައްކަތްކުރަމުންގެންދެއެވެ. މެސިނަރީ ސްކޫލްތަކާއި ބަދަލުކުރެވޭ ޑިޕޮލަމާސީ ގުޅުންތަކާއި ފޯރުކޮށްދެވޭ އެހީގެރެއިން ސަޤާފަތްބަދަލުކުރުމުގެ މުޑުދާރު މަސައްކަތް އެހެންމީހުން ކުރެއެވެ. އިސްލާމީ ޤައުމުގައިވާ ބަލިފައި ހޯދުމަށްފަހު އޭގެ ޛަރީޢަތް ޤައުމުގެ ތެރެއަށްވަދެ އުންމަތް ފިތުނަވެރިކުރުވައެވެ. ބައެއްފަހަރު ޓެރަރިސްޓުންގެ ނަމުގައެވެ. އަނެއްބައިފަހަރު ޙައްދުފަހަނަ އަޅާފައިވާ މުސްލިމުންގެ ނުރައްކަލުން ސަލާމަތްކުރުމަށެވެ. އަދި ގެއްލުންދެނި ހަތިޔާރުތައް ނައްތާލުމަށާއި، މިނިވަންކަމާއި ޑިމޮކްރަސީގެ ބޮޑު ހިޔާގެ ފިނިކަން ގެނެސްދިނުމުގެ ބަހަނާގައެވެ. މިހުރިހާ ކަމެއް އެމީހުންކުރަމުންގެންދަނީ އެމީހުންގެ މަޤްޞަދަށްޓަކައެވެ. މުސްލިމުން ނިކަމެތިކޮށްފައި ބައިތިއްބުމެވެ. އެމީހުންގެ އެނގުމާއި ބާރާއި ނުފޫޛުގެ ދަށުގައި މުސްލިމުން ފިގެން ތިބުމަށް ރުއްސުމެވެ. މިއަދު އިސްލާމީ ޤައުމުތަކުން ފެންނަނީ މިމަންޒަރެވެ.

އިސްވެދިޔަ މަންޒަރު އަހަރެމެންގެ ދިރިއުޅުމުން ތަމްސީލްވެގެންދާންފެށުމުން ހިތައްވެރިވަނީ  ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުގެ ތެދުކަމެވެ. އެކަލޭގެފާނުގެ އިރުޝާދެއްގައިވެއެވެ. އެކަލޭގެފާނުގެ ޒަމާނަކީ އެންމެރަނގަޅު ޒަމާނެވެ. ދެންދާނީ ރަނގަޅުކަން ދަށަށެވެ. މިގޮތަށްގޮސް އެންމެފަހުން އިސްލާމްދީނަކީ ނިކަމެތި ދީނަކަށް ވެގެންދާނެވާހަކަވެސް އަންގަވާފައިވެއެވެ. އަދި ވަރަށްބޮޑަށް މީސްތަކުންގެ ސާބިތުކަން ގެއްލިގެންދާނެކަން އަންގަވާފައިވެއެވެ. އަލްއިމާމުތްތިރްމިޛީ ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "މީސްތަކުން މަޝްޣޫލުކުވާނެ، ރޭގަނޑުގެ ކަނުއަދިރިކަން ފަދަ ފިތުނަތަށް އައުމުގެ ކުރީން ތިޔަބައިމީހުން ހެޔޮޢަމަލުކުރުމަށް އަވަސްވެގެންނާށެވެ! (އެފިތުނަތަކުގައި) މީހާ ހެދުނުކުރާނީ މުއުމިނެއްގެ ގޮތުގައެވެ. އަދި ހަވީރުކުރާނީ ކާފިރެއްގެ ގޮތުގައެވެ. ނޫނީ ހަވީރުކުރާނީ މޫމިނެއްގެގޮތުގައެވެ. އަދި ހެނދުނުކުރާނީ ކާފިރެއްގައި ގޮތުގައެވެ. އޭނާގެ ދީން ދުންޔަވީ ސާމާނުތަކުން އެއްޗަކަށް ވިއްކާލާނެވެ.

މިމާނައަށްވިސްނާއިރު ހާމަވެގެންދަނީ މީސްތަކުން އީމާންތެރިކަން ބަލިކަށިވެގެންދާނެވަރު ވަރަށްބޮޑުވާނެކަން ހާމަވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން އެއްޙާލަތެއްގައި ސަބިތުހުރުމަކީ އުދަގޫކަމަކަށްވެގެންދާނެވެ. ނޫނީ މުސްތަޙީލުކަމަކަށްވާނެވެ. ހަމައެހެންމެ މީހާގެ ވަށައިގެންވާ އޭނާގެ ތިމާވެށިގެ އަސަރު އޭނާގެ މައްޗަށް ފޯރުވާނެ ވަރު ވަރަށް ސާފުކޮށް ކީރިތި ރަސޫލާގެ އިރުޝާދުން މިއޮތީފެންނާށެވެ. ތިމާގެ ވަށައިގެންވާ މާޙަވްލުގެ އަސަރުގެ ސަބަބުން ނުވަތަ ބާރާއި ނުފޫޛުގެ ސަބަބުން ބަލިކަށިވެ ޣާފިލުކަން ބޮޑުވެގެންދާނެވެ.

މިޙަދީޘްފުޅުންލިބިދޭ ދަރުސްތަކަށް ބަލާއިރު (1) ފަހުގެ ޒަމާންތަކުގައި މީސްތަކުން މަޝްޣޫލްކުރުވާނެ ވަރުގަދަ ފިތުނަތައް ކުރިމަތިވުން: މިސްކިތްތައް ހުޅުޖެހުމާއި މިސްކިތްތައް ޔަހޫދީންގެ ދީރުތަކަށް ބަދަލުކުރުމާއި ކަމަކާނުލައި މީހުންމެރުމާއި ހަލާލެއް ހަރާމެއްނުބަލައި މުދަލާފައިސާ އެއްކުރުމުގައި ވާދަވެރިވުމާއި  މިހެންގޮސް ކިތަންމެ ފިތުނައެއް އިސްލާމީ މުޖްތަމަޢުގައިވެއެވެ. (2) ދުންޔަވީ އެދުންތައް ޙާޞިލްކޮށް ބައްކުރުމަށް މީސްތަކުން އަވަދި ނެތި އުޅުން. މަސައްކަތާހުރެ ޖަމާތައް ނުދާމީހުން މުޖްތަމައުގައި މަދެއްނުވާނެވެ. ނަމާދުގެ ވަގުތާ ގުޅުވައިގެން މީޓިންތަކާއި ޖަލްސާތައް ބާއްވައެވެ. އެކަމަކު ސިއްރެއް ބުނަންހޭ؟ ޔަހޫދީން ހޮނިހިރުދުވަހު އެއްވެސް ބައްދަލުވުމެއްނުބާއްވައެވެ. ނަމަވެސް މުސްލިމުން ހުކުރުކަތިލާފައިވެސް ސިޔާސީ ބައިނަލްއަޤުވާމީ ބައްދަލުވުންތަކަށް ތަރުޙީބުދެއެއެވެ. (3) އިސްލާމްދީނުގެ ޙުކުމްތައް ޤިޔާމަތް ކައިރިވިވަރަކަށް ނިކަމެތިވެ ބަލިކަށިވެ އޭގެ ސަބަބުން މުރުތައްދުވުމާއި ކުފުރާއި އިސްލާމްގެ ދެމެދުގައި ބައެއްމީހުން އެނބުރި އެނބުރިތިބުން. ހެދުނުވީއިރު މުސްލިމެއްގެގޮތުގައި ހަވީރުވީއިރު އެހެންގޮތެއް ރަނގަޅުވެ އެދީނަށް އެބުރިފައެވެ. އިސްލާމީ ޙުކުމްތައް މުސްލިމުން ނިކަމެތި ކުރިވަރު އަމިއްލައަށް އިޙްސާސްކޮށްލައްވާށެވެ. ޤުރްއާނަށް ޙުކުމްނުކުރާތާ ކިތައް ޒަމާންވެއްޖެހެއްޔެވެ؟ އެންމެ ފުރަތަމަ ދޫކުރާނީ އެކަމެވެ. އެންމެފަހުން ނަމާދެވެ. މިހާރު ވެރިންގެ ތެރޭގައި ނަމާދަށްފަރުވާތެރިންވަނީ ކިހާވަރަކަށްހެއްޔެވެ؟ (4) ކޮންމެ މީހަކުވެސް އެމީހެއްގެ ރައުޔަށް މުހިންމުކަންދިނުން.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް