ދިއިސްލާމް ރައީސް ނަޝީދަކީ ދީނީ ކަންކަމާ ބެހިވަޑައިގަންނަވާ ބޭފުޅެއް ނޫން: ޝައިޚް ޙުސައިން ރަޝީދު

ރައީސް ނަޝީދަކީ ދީނީ ކަންކަމާ ބެހިވަޑައިގަންނަވާ ބޭފުޅެއް ނޫން: ޝައިޚް ޙުސައިން ރަޝީދު

ރައީސް ނަޝީދަކީ ދީނީ ކަންކަމާ ބެހިވަޑައިގަންނަވާ ބޭފުޅެއް ނޫން: ޝައިޚް ޙުސައިން ރަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް ނަޝީދަކީ ދީނީކަންކަމާ ބެހިވަޑައިގަނެ ނުފޫޒު ފޯރުވާ ބޭފުޅެއް ނޫން ކަމަށާއި، އެހެން ކަމުން މިއަދު ޢިލްމުވެރިންނަށް ދީނަށްޓަކައި ހިދުމަތްކުރުމަށް ރަނުގެ ފުރުސަތު ލިބިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އައްޝައިހް ޙުސައިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޙުސައިން ރަޝީދު މިހެން ވިދާޅުވެފައި ވަނީ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އަލުން އިސްލާމިކް އެފެއާޒްގެ މިނިސްޓަރު ކަމާއި ހަވާލުވުމަށްފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޢަދާލަތު ޕާޓީ އިން އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން އުވާލުމާ ބެހޭގޮތުން ޙުސައިން ރަޝީދު ވިދާޅުވީ ޢަދާލަތު ޕާޓީގެ އެނިންމުން ރަނގަޅުނޫން ކަމަށާއި ކޯލިޝަން އުވާލުމުގެ ކުރިން ދެފަރާތަށް އެކަމާބެހޭގޮތުން ދެކެވޭނެ ގިނަވާހަކަތަކެއް ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ ޢަދާލަތުގެ ޢިލްމުވެރިންގެ މަޖިލީހަކީ ޕާޓީގެ ކައުންސިލް ކަމަށްވާއިރު، އެކައުންސިލުގައި ޖުމުލަ 9 ދީނީ ޢިލްމުވެރިން ތިއްބަވާ ކަމަށާއި، އެހެން މެމްބަރުންނަކީ ދީނީ އިލްމުވެރިންނެއް ނޫން ކަމަށެވެ. އަދި ކޯލިޝަން އުވާލައި ސަރުކާރުން ވަކިވުމަށް ވޯޓްދެއްވީ 4 އިލްމުވެރިން ކަމަށެވެ.

މީގެ އިތުރުން ޙުސައިން ރަޝީދު ވިދާޅުވި ގޮތުގައި، ސަރުކަރުގެ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިނުވުމަށް އެދިވަޑައިގެން ޕާޓީގެ ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްޝައިޚް އިދުރީސް ޙުސައިން ވެސް ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ޓެގް

ޝައިޚް ޙުސައިން ރަޝީދު އަޙްމަދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.