ދިއިސްލާމް ބުރުގާގެ ސަބަބުން ސްޕޭންގެ އަންހެން ކުއްޖަކު ސްކޫލުން ވަކިކޮށްފި

ބުރުގާގެ ސަބަބުން ސްޕޭންގެ އަންހެން ކުއްޖަކު ސްކޫލުން ވަކިކޮށްފި

ބުރުގާގެ ސަބަބުން ސްޕޭންގެ އަންހެން ކުއްޖަކު ސްކޫލުން ވަކިކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސްޕޭންގެ މަގެއްގެ މަތިން މުސްލިމް އަންހެން ކުއްޖަކު ހިނގާލާފައި ދަނީ

ސްޕޭންގެ ސްކޫލެއްގައި ކިޔަވަމުންދާ އަންހެން ކުއްޖަކު ބުރުގާ ނެގުމަށްފަހު އިމްތިޙާނަށް އައުމަށް އެންގުމުން، އެކަމާ އެކުއްޖާ އިންކާރުކުރުމުގެ ސަބަބުން ސްކޫލުން ވަކިކޮށްފިއެވެ.

"އެމީހުން ބުނީ ބުރުގާ ނެގުމަށް... އެހެން ކުދިންގެ ކުރިމަތީގައި އެމީހުން އަހަރެން ލަދުގަންނުވާލި..." ސްޕޭންގެ ނޫހަކަށް އެ ކުއްޖާ ކިޔާދީފައި ވެއެވެ.

މެޑްރިޑްގައި ދިރިއުޅޭ އުމުރުން 14 އަހަރުގެ މި އަންހެން ކުއްޖާ ބުރުގާ އަޅާފައި ވަނީ މި ހޫނު މޫސުމުގައެވެ.

 މި ކުއްޖާގެ ބެލެނިވެރިން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި މިކަން އަނިޔާއެއްގެ ގޮތުގައި ސިފަކޮށް ސްޕޭންގެ ޖުޑިޝަރީ އޮފިޝަލުންނަށް މި މައްސަލަ މިހާރު ވަނީ ހުށައަޅާފައެވެ.

މިކުއްޖާ މެދު މިފަދައިން ކަންތައް ކޮށްފައިވާއިރު، ސްފޭންގެ ސްކޫލްތަކުގައި ބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާ ކުރާ އެއްވެސް ޤާވާއިދެއް ހަދާފައެއް ނުވެއެވެ.

ސްޕޭންގެ އާބާދީގައި 46 މިލިއަން މީހުން އުޅެމުން ދާއިރު، އޭގެތެރެއިން ގާތްގަނޑަކަށް 1 މިލިއަން މީހުންނަކީ މުސްލިމުންނެވެ.

ސްޕޭންގައި އުޅޭ އެހެން ދީންތަކުގެ މީހުންގެ ކިބައިން މުސްލިމުންނަށް ކުރާ ނަފްރަތު އިތުރުވަމުންދާތަން، ސްޕޭންގެ މުސްލިމުންނަށް ދަނީ ފެންނަމުންނެވެ. އެގޮތުން އިސްލާމީ ޝިޢާރުތައް ފާޅުކުރުމާއި ދެކޮޅަށް އެގައުމުގައި ހިންގޭ ކަންތައްތައް ދަނީ އިތުރުވަމުންނެވެ.

މިފަދައިން ތަފާތު ކުރުމަކީ އެގައުމުގެ ދީނީ މިނިވަންކަމާ ބެހޭ ޤާނޫނުގެ އިތުރުން، ބައިނަލްއަގްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި ވެސް ކަނޑައެޅިގެން ޚިލާފް ކަމެކެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސްޕޭންގެ އާއްމު ތަންތަނުގައި މޫނު ބުރުގާ އަޅައިގެން އުޅުން މަނާކުރުމަށް އިދިކޮޅު ޕާޓީ އަކުން އެގައުމުގެ ޕާލަމެންޓަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް އެ ހުށަހެޅުމާއި އިދިކޮޅަށް ވޯޓްދީ ޕާލަމެންޓުން ވަނީ ބޭރުކޮށްލާފަ އެވެ.

"ޕިއު ގްލޯބަލް އެޓިޓިއުޑްސް" ކިޔާ ފަރާތަކުން ކުރި ދިރާސާ އެއްގައި ބުނާ ގޮތުގައި، ސްޕޭންގެ މުސްލިމުންގެ ތެރެއިން 70% މީހުން އެމީހުން އަމިއްލަ އަށް ތައާރަފްވާއިރު ސްޕޭން  މީހެކޭ ބުނުމުގެ ބަދަލުގައި ފުރަތަމަ ހާމަކުރަނީ އެމީހުންނަކީ މުސްލިމުން ކަމަށެވެ.

ޓެގް

ސްޕޭން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.