
ފޮޓޯ: ސަން
އަނެއްކާވެސް ޑރ. މަޖީދަށް އިސްލާމިކް މިނިސްޓަރުކަން ދެއްވައިފި އެވެ.
ދާދިފަހުން އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާ ދީފައިވާ ޑރ މަޖީދަށް އިސްލާމިކް މިނިސްޓަރުކަން ދީފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައަވެ. ވަޒީރުކަމުގެ ފަތްކޮޅު ދިނުމަށްފަހު ރައީސް ނަޝީދު ވިދާޅުވެފައިވަނީ "ޑރ. މަޖީދަކީ މީގެ ކުރިން އެ މަގާމުގައި ހުންނަވައިގެން އިޚްލާސްތެރިކަމާއި ފަރުވާތެރިކަމާ އެކުގައި ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް، އެފަދަ ޚިދްމަތްތަކެއް ލިބިގެންދާނެ ކަމަށް އެދިވަޑައިގަންނަވާ ކަމުގަ"އެވެ.
ޑރ މަޖީދު ވަނީ މިހާތަނަށް ދެފަހަރެއްގެ މަތިން އެމަގާމުން އިސްތިއުފާ ދީފައެވެ. އެއީ ހުރިހާ ވަޒީރުން އެކުގައި އިސްތިއުފާ ދީފައިވާ ފަހަރުގައާއި ދާދިފަހުން ދީފައިވާ އިސްތިއުފާއެވެ. އެންމެ ފަހުން އިސްތިއުފާ ދީފައިވަނީ އަދާލަތު ޕާޓީ މިސަރުކާރުގެ ކޯލިޝަނުން ވަކިވެ ޑރ މަޖީދުގެ އިސްތިއުފާއަށް އެދި ސިޓީ ފޮނުވުން އަދާލަތު ޕާޓީގެ އެންގުމަށް އިހުތިރާމްކުރުމުގެ ގޮތުންކަމަށް ޑރ މަޖީދު ވަނީ ކުރިން ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...