އޭއެފްޕީ އިން ހާމަކޮށްފައިވާގޮތުގައި އޮބާމާގެ ސަރުކާރުންވަނީ އދ. ތަޢުލީމާއި ޡަޤާފަތާއި ބެހޭ ޖަމިއްޔާއިން ފަލަސްތީނުގެ މައްސަލައިގެ ތެރެއަށް ނުވަނުމަށް އަންގައި ބިރު ދައްކައިފިއެވެ.
ޔުނެސްކޯއިން ފަލަސްތީނުގެ މެމްބަރުކަމަށް ރުހިއްޖެނަމަ އެމެރިކާއިން އެޖަމިއްޔާއަށް ދެމެންއަންނަ 10 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ފައިސާގެ އެހީ ހިފަހައްޓާނެކަމަށާއި އަދި ކޮންމެ އަހަރަކު ދެމުންއަންނަ 80 މިލިއަން ޑޮލަރުވެސް ނުލިބި ހިނގައިދާނޭކަމަށް ބުނެ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ރޮދަމް ކްލިންޓަން އިންޒާރު ދީފިއެވެ. ޔުނެސްކޯގެ ބަޖެޓުގެ 22 އިން ސައްތަ މާލީ އެހީތެރިކަން ދެމުން އަންނަނީ އެމެރިކާއިންނެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ބުނެފައިވާގޮތުގައި އދ.ގެ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ފެނޭތޯ ދިރާސާކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި ޔުނެސްކޯއިން ފަލަސްތީނަށް ރުހުންދޭން ނިންމިނިންމުމަކީ ދެކޮޅުނުޖެހޭ ކަމެއްކަމަށާއި އަދި މެދުއިރުމަތީގެ ޞުލްޙައަށް އެޅޭ ހުރަހެއް ކަމަށް ވެސް އޭނާ ބުނިއެވެ.
ޑޮމިނިކަން ރިޕަބްލިކްގެ ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ހިލަރީ ބުނަފައި ވަނީ އޭނާ ޤަބޫލުކުރާ ގޮތުގައި މިއީ ވަރަށް ދެއުޅިއެއްނުވާ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށާއި އަދި ޔުނެސްކޯއިން މި ނިންމުމާއިއެކު ވޯޓަށް ކުރިއަށް ދިއުމުގެ ކުރީން އަދި އެއްފަހަރު ވިސްނުމަށް ވެސް ހިލަރީ ގޮވާލިއެވެ. ފަލަސްތީނުގެ މިނިވަން ދައުލެތެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ޕަލެސްޓައިން ލިބެރޭޝަން އޯރގަނައިޒޭޝަންއަށް އދ.ން ނުވަތަ އދ.ގެ ދަށުން ހިންގަމުން އަންނަ އެއްވެސް ޖަމިއްޔާއަކުން އެއްބާރުލުންދީފި ނަމަ އެމެރިކާއިން އެޖަމިއްޔާތަކަށް މާލީ އެހީތެރިކަން ދިނުމަކީ މަނާކަމެއްކަމަށާއި އަދި އެމެރިކާގެ ސިޔާސަތާ ދެކޮޅަށް ޔުނެސްކޯއިން ނިއްމައިފިނަމަ އެޖަމިއްޔާ އަށް ވެސް ފަންޑު ކުރުމަކީ އެމެރިކާގެ ޤާނޫނު މަނާކުރާކަމަށެވެ.
ހިލަރީ ވަނީ އ.ދ ގެ މަޖިލިހުގައި ފަލަސްޡީންގެ މައްސަލައިގައި އެމެރިކާއިން ދެކޮޅު ހަދާކަމަށް ބުނެފައެވެ. ހިލަރީ ބުނި ގޮތުގައި ފަލަސްޡީންގެ މައްސަލައަކީ އ.ދ އިން ނިންމަން ޖެހޭ ކަމެއްކަމަށާއި އެއީ އ.ދގެ ދަށުން ހިންގަމުން އަންނަ ޖަމިއްޔާ ޔުނެސްކޯ ނިންމަންޖެހޭ ކަމެއް ނޫން ކަމުގައެވެ.
ޔުނެސްކޯއިން ވަނީ މިދިޔަ ބުދަ ދުވަހު ފަލަސްޡީން އަކީ މިނިވަން ދައުލަތަކަށް ވުމަށާއި އަދި އެޤައުމުގެ މެމްބަރުކަން ޤަބޫލް ކުރުމަށް އެދި އ.ދ އަށް ހުށައަޅާފައެވެ. އެމެރިކާއިން ނާއި އިސްރާއިލުން ދަނީ ފަލަސްޡީން މިނިވަން ދައުލަތަކަށް ވެދާނެތީ ބިރުން ތަފާތު އެކި ޤައުމުތަކަށާއި ޖަމިއްޔާ ތަކަށް އެކި ގޮތް ގޮތަށް ހުރަސް އަޅާ ބިރުދައްކަމުން ނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...