ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން އޮކްޓޯބަރ 7 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް ޢާއްމުކޮށްފިއެވެ.
މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- އިސްލާމީ މަރުކަޒް - އައްޝައިޚް ޙަސަން ތައުފީޤް ޢަބްދުއްރަޙްމާން (މައުޟޫއު: ނަމާދުގެ މުހިއްމުކަން)
2- މަސްޖިދު ފުރުޤާން - އައްޝައިޚް ނިމާލް މުޙައްމަދު (މައުޟޫއު: ލާދީނީ ފިކުރުތަކުން މުޖުތަމަޢު ސަލާމަތް ކުރުން)
3- މަސްޖިދުއް ނޫރު - އައްޝައިޚް މުޙައްމަދު އީސާ (މައުޟޫއު: ކުދިން ތަރުބިޔަތު ކުރުމުގައި ތެދު ބުނަން އާދަކުރުވުން)
4- މަސްޖިދު ޞުލްޠާން ޙަސަން އިއްޒުއްދީން - އައްޝައިޚް އަޙްމަދު މޫސާ (މައުޟޫއު: މުދައްރިސުންނަށް އިޙްތިރާމް ކުރުން)
5- މަސްޖިދު އިސްކަންދަރު - އައްޝައިޚް މުޙައްމަދު އިރުޝާދު (މައުޟޫއު: ލާދީނީ ފިކުރުތަކުން މުޖުތަމަޢު ސަލާމަތް ކުރުން)
6- މަސްޖިދު ޞަލާޙުއްދީން - އައްޝައިޚް އުޘްމާން ޢަބްދުﷲ (މައުޟޫއު: ލާދީނީ ފިކުރުތަކުން މުޖުތަމަޢު ސަލާމަތް ކުރުން)
މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...