ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މިއީ މިއަދު ދިވެހިންގެ ޙާލަތު ހުރި ހިސާބެވެ. ދީނީ ގޮތުން މިކަންކަމުގައި ހޭލުންތެރި ކުރުވިފައި މީގެ ކުރިން ނުވާ ކަމުގެ ހިތި ނަތީޖާއެވެ. އަދިވެސް މި އުޅެނީ އިސްލާމް ދިވެހި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ނުބޭއްވޭތޯއެވެ. ދީނީ ގޮތުން ރޯފިލާ އެއްޗެހި ގިނައީބާއޭވެސް ހިތައް އަރައެވެ. އެހެނެއް ކަމަކު މި ޙާދިޘާ އަށް ވިސްނަވާށެވެ. މިފަދަ ކިތައް ކަންތައް ރާއްޖޭގައި އެބަ ހިނގާބާއެވެ. ދީނީ ގޮތުން ރަނގަޅު ތަޢުލީމެއް ދެވޭ ނަމަ މިފަދަ ގޮތަކަށް މި ދިވެހި މުޖުތަމަޢު ޝިރުކުގެ ތެރެއަށް ވެއްޓިގެން ނުދާނެކަން ކަށަވަރެވެ. އިސްލާމް ދިވެހި އިޚްތިޔާރީ މާއްދާއަކަށް ހެދުމުގެ ބަދަލުގައި ދީނީ ޝަރީޢަތުގެ މިފަދަ މުހިއްމު އަޤީދާ އާއީ ތަވްޙީދާއި އަދިވެސް ކޮންމެ މުސްލިމަކަށް ކޮންމެހެން އެނގެންޖެހޭ މިންގަޑަށް ދީން އެނގޭ ވަރަށް މުޤައްރަރު އެކުލަވާލައި ހުރިހާ ސުކޫލުތަކާއި ކޮލެޖުތަކުގައިވެސް އިސްލާމް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ޤާނޫނުގައި ކަނޑައެޅުމަށް ގޮވާލަމެވެ.
އިއްޔެގެ ވަގުތެއްގައި އަޅުގަނޑަށް އައި ފޯނުކޯލަކަށް ޖަވާބުދިނީމެވެ. އުމުރުން 32 އަހަރުގެ އަންހެނެކެވެ. އޭނާ އަޅުގަނޑުގެ ކިބައިން އެހީއަށް އެދުނީ އޭނާއަށް ސިޙުރެއް ޖެހިގެން އެކަމުން ސަލާމަތް ކުރައްވާތޯ ފަންޑިތަ ހަދައިދިނުމަށް އެދިއެވެ. ކޮންމެއަކަސް މިއަންހެނާ ބުނި ގެއަށް ރޭގެ ވަގުތެއްގައި އަޅުގަނޑުގެ އެހެން އަޚަކާއި އެކު ދިޔައީމެވެ. މީނާއަށް ވެގެން އުޅެނީ ކިހިނެއްތޯ ސުވާލު ކޮށް އޮޅުން ފިލުވުމުން އެނގުނީ، މީނާ މިކަމުގައި ޖެހިގެން އުޅޭތާ 8 އަހަރު ވެއްޖެކަމެވެ. “ގައިން ހޫނުގަނޑެއް އަރަނީ، ބޮލަށް ހުންނަނީ ބަރުޖެހިފަ، މީހުން އަހަރެން ދެކެ ރުޅިއަރާ، އަހަރެންނަށް އެއްވެސް ކަމެއްގައި ކުރިއަށް ދެވޭގޮތެއް ނުވޭ، ފިރިމީހާ އަހަރެން ވަރި ކުރި ފަހުން މިކަންކަން ބޮޑަށް ވާންފެށީ، ވަރިވީ ކުއްލިއަކަށް މައްސަލަތަކެއް ޖެހެން ފަށާފަ، ވަރިވީވެސް ސިޙުރަކުން ކަމަށް ބެލެވެނީ” އަންހެން މީހާ ބުންޏެވެ. އަޅުގަނޑު ޤުރުއާނުގެ ބޭނުން ކޮށްގެން އޭނާއަށް ސިޙުރެއް ޖެހިފައި ހުރިތޯ ބެލީމެވެ. ތެދެކެވެ، އޭނާއަށް ހުރީ ސިޙުރުއް ތަފްރީޤް އަދި ބަންދުކުރާ ސިޙުރު ޖެހިފައެވެ. އެކަން އަޅުގަނޑަށް ޔަޤީންވިއެވެ. އަޅުގަނޑު އޭނާ ޓެސްޓް ކުރުމުގެ ކުރިން އޭނާގެ ގައިގާ ތަވީދެއް އޮތްނަމަ ނެގުމަށް އެންގީމެވެ. އޭނާގެ އުނަގަނޑުގައި 3 ތަވީދު އޮތެވެ. އަޅުގަނޑު އޭނާއަށް ސިޙުރެއް ޖެހިފައި ހުރިތޯ ބެލީ އެ ތަވީދުތައް ނެގުވުމަށް ފަހުގައެވެ.
އޭނާ މީގެ ކުރިން އެކި އެކި މީހުން ލައްވާ މިކަމުން ސަލާމަތްވާން އެކި ކަންކަން ކުރުވާފައިވެއެވެ. މިގޮތުން އެނގުނު ގޮތުގައި އޭނާ އަށް ފަންޑިތަ ހަދައިދިން އެހެން މީހަކު އޭނާގެ ގައިގާ ލިޔެ ހެދިކަމަށްވެސް ބުންޏެވެ.މޭމަތީގައިވެސް ލިޔުނު ކަމަށް ވެއެވެ. ޙާލަތަކީ މިއީއެވެ. ސިޙުރެއް ޖެހުމުން ނުވަތަ ބަލިވުމުން ފަންޑިތަ ހަދާ އިރު އޭގެ ރަނގަޅު ނުރަނގަޅު މީހުނަށް މިއޮންނަނީ ނޭނގިފައެވެ. މިއީ ވަރަށް ނުރައްކާތެރި މައްސަލައެކެވެ. ސަބަބަކީ ނޭންގިތިއްބާ ހާސްކަމުގެ ތެރެއިން ޝިރުކުގެ ތެރެއަށް މީހުން ވެއްޓޭތީއެވެ. ފަންޑިތައިގެ ނަމުގައި ސިޙުރާއި ޝިރުކުގެ ގޮތްގޮތަށް މީހުން ވާވައްދާ މީހުން މިވަނީ ގިނަވެފައެވެ. މިފަދަ ކަމެއް ޖެހިއްޖެ ނަމަ އަމިއްލައަށް އެޅިދާނެ ފިޔަވަޅަކީ ކޮބައިކަންވެސް ނޭންގޭހާ ދީނީ ހޭލުންތެރިކަން ނެތެވެ. ނުވަތަ މިކަމުގެ ތަޢުލީމު ނުދެވެއެވެ. އޭނާގެ އުނަގަނޑުން ނެގި ތަވީދުތައް އަޅުގަނޑު ހުޅުވާ ބެލީމެވެ. ތިޔަބޭފުޅުންނާއި ޙިއްސާ ކޮށްލަން މުހިއްމު ކަމުގައި ފެނެއެވެ.
މިއީ އެއް ބަޑީގެ ތެރޭގައި ލާފައިވާ ތަވީދެވެ. ބައްލަވާށެވެ. ލިޔެފައި އެވަނީ އަކުރުކަނޑާފައެވެ. މިއީ ޙަރާމް ކަމެކެވެ. އަދި މިހެން ހެދުމުން މީތި ވެގެން ދާނީ ސިޙުރަކަށެވެ. ސަބަބަކީ އޭގައި އެވާ ކަމެއް ކުރާނީ ޝައިޠާނާއެވެ. ކުރަހާފައި އެވާ އަކައިގައި ވަނީ ނަމްބަރުތަކެކެވެ. އެއީ ކޯޗެއްކަން އެނގޭނީ ކާކަށް ހެއްޔެވެ. މިގޮތަށް އަކަ ޖަހުމަކީ ސިޙުރުވެރިންގެ ކަމެކެވެ. އަދި ބޮޑު ޙަރާމް ޝިރުކުގެ ޢަމަލެކެވެ. ދެން މިފަދަ ކަންކަން ކުރުން ހުއްދަވާނީ ކޮންގޮތަކުން ބާއެވެ. މިގޮތަށް ކަންތައް ކުރާ މީހުންނަކީ ސިޙުރުވެރިންނެވެ. އެމީހުންގެ ގާތަށް ކަމެއް ރަނގަޅުކުރަން ކަމެއް ކުރަން ވެސް ނުދާށެވެ. ސަބަބަކީ ސިޙުރަކުން ސިޙުރު ރަނގަޅު ކުރުމަކީ ޙަރާމް ކަމެކެވެ. ޝިރުކެކެވެ.
މިއީ ދެވަނަ ބަޑީގައިވާ ތަވީދެވެ. މީގައިވަނީ ޤުރުއާން ބޭނުން ކޮށްގެން ޝިރުކު ކޮށްފައެވެ. ރަނގަޅަށް ބައްލަވާށެވެ. މީގައިވެސް ވަނީ އަކަ ތަކެކެވެ. އަދި އަކަތަކުގައ ވަނީ ޝިރުކުވާ ގޮތަށް ﷲނޫން ފަރާތްތަކުގެ ނަމުން ދުޢާކޮށްފައެވެ. މިސާލަކަށް ޖިބުރީލު، މީކާއީލު މިފަދައިން ލިޔެފައި އެބަ ވެއެވެ. އެއީ ޝިރުކެވެ. އެއިރުން އެ ވާގި އެދެވެނީ ﷲ ނޫން ފަރާތްތަކަށެވެ.
މިއީ ތިންވަނަ ބަޑީގައިވާ ތަވީދެވެ. މީގައިވެސް މިވަނީ ކުރިން ބުނެވުނުފަދަ ޝިރުކުގެ ތަކެއްޗެވެ.
މީސްތަކުންނޭވެ. ހޭއަރާށެވެ. ﷲ އަށް ފުރިހަމައަށް ކިޔަމަންވާށެވެ. ޤުރުއާނާއި ސުންނަތް އުނގެނި ދީނުގައިވާ ގޮތަށް އުޅޭށެވެ. ސިޙުރު ޖެހުމުން ސިޙުރު ހަދާ މީހުންގެ ކައިރިއަށް ނުދާށެވެ. ފާލުބަލާ އަތްބަލާ ހަދާ މީހުނަކީ ސިޙުރު ވެރީންނެވެ. އެމީހުންގެ ވާހަކަ ޤަބޫލުކޮށްފިނަމަ40 ދުވަސް ވާންދެން އެމީހެއްގެ ނަމާދު ޤަބޫލުނުވާނެ ކަމުގައި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ވީއިރު މިކަމުގެ ނުބައިކަން އަމިއްލައަށް ވިސްނަވާށެވެ. ސިޙުރު ޖެހުމުން ސުންނަތުގައި ވާ ގޮތަށް ޢަމަލުކުރާށެވެ. ޝަރީޢަތުގައި ހުއްދަ ކަންތައްތަކުން އެސިޙުރެއް ބާޠިލު ކުރާށެވެ. ސަލާމަތްވާނީ އޭރުންނެވެ. ސިޙުރުން ސިޙުރު ބާޠިލު ކުރަން އެއްގޮތަކަށްވެސް ނޫޅޭށެވެ. އޭރުން އޮތީ ގެއްލުމާއި ހަލާކެވެ.
ﷲ ވަޙީ ކުރައްވަނީ:
وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ﴿١٠٢﴾(سورة البقرة 102)
މާނައީ: “އެއުރެން އެތަބާވީ ސުލައިމާނުގެފާނުގެ ވެރިކަމުގައި ޝައިޠާނުންތައް ހަދަހަދައިގެން ކިޔަވައި އުޅުނު ތަކެއްޗަށެވެ. ސުލައިމާނުގެފާނު ސިޙުރު ހައްދަވައި ކާފިރުވެވަޑައެއް ނުގަންނަވައެވެ. އެހެނެއްކަމަކު ޝައިޠާނުންތައް ސިޙުރު ހަދަން މީސްތަކުންނަށް ދަސްކޮށްދީގެން ކާފިރުވެގަތީއެވެ. އަދި ބާބިލް ސަޙަރުގައި ހާރޫތާއި މާރޫތާއި ދެމަލާއިކަތުންނަށް ބާވައިލެއްވުނު ސިޙުރަށްވެސް އެބައިމީހުން ތަބަޢަވީއެވެ. އެދެމަލާއިކަތުން ވިދާޅުވަމުން ގެންދެވީ ތިމަންމެންނީ މީސްތަކުން އިމްތިޙާނުކޮށް ގޮތްބެލުމުގެ ގޮތުން ފޮނުއްވުނު ބަޔަކީމުއެވެ. މިސިޙުރު ދަސްކޮށްގެން ތިޔަބައިމީހުން ކާފިރުވެނުގަންނާށެވެ. މިފަދައިން ވިދާޅުވުމަށްފަހު މެނުވީ ހަމަ އެކަކަށްވެސް އެދެބޭކަލުން ސިޙުރު ދަސްކޮށެއް ނުދެއްވަތެވެ. ދެން ފަހެ އެދެބޭކަލުންގެ އަރިހުން ދެމަފިރިން ދުރުކުރުމަށްޓަކައި ހަދާ ވަރިތޮޅި އެބައިމީހުން އުނގެނި ހެދިއެވެ. ﷲ ގެ އިޛުނަފުޅާއި ލައިގެން މެނުވީ އޭގެ ޛަރީޢާއިން އެއްވެސް މީހަކަށް ގެއްލުމެއް ދެވޭނެ ބައެއް ކަމުގައި އެއުރެން ނުވެއެވެ. އެމީހުން އެއުނގެނޭ ތަކެއްޗަކީ އެމީހުންނަށް އެއިން އެއްވެސް ފައިދާއެއް ކޮށްނުދޭ، ގެއްލުން ދެނިވި ތަކެއްޗެވެ. އެމީހުން އެލިބިގަތް ތަކެއްޗަކީ އާޚިރަތްދުވަހުގައި އެމީހުންނަށް އެއިން އެއްވެސް ފައިދާއެއް ހުރި އެއްޗެއް ނޫންކަން ކަށަވަރުންވެސް އެމީހުންނަށް އެނގެއެވެ. އީމާންކަމުގެ ބަދަލުގައި އެމީހުން ސިޙުރު އިޚްތިޔާރުކުރި ކުރުމަކީ ހާދަހާވާ ނުބައިކަމެކެވެ. އެމީހުންނަށް އެކަން އެނގޭނެ ނަމައެވެ.”
ވ ފުރިހަމަ ލިޔުމެއް.
މިއީ ހަމަ ދިވެހި ރާއްޖޭގައި ކަން ހިނގާ ގޮތް. އަސްލު ދީނީ ތަޢުލީމު ނުދެވޭތީ މިހެން ވާން ޖެހެނީ. ލިޔުން ވަރަށް ފުރިހަމަ. އަދިވެސް އިތުރު ލިޔުންތައް ފެންނާނެ ކަމަށް އުއްމީދު ކުރަން. ވަރަށް މުހިއްމު މައުލޫމާތު ތަކެއް.
varah mauloomaathu libifa hurikan faahaga kohlevey and OKAY
dhen sunnathuga sihuru baathilu kuraane goi bunedhevvidhaane
Sunnathah nuvatha islaamee sharee athaa khilaaf nuvaa gothah sihuru baathilu kuraane goiy mi group ga eba huri. Read the discussions.
Spiritual Healers of Maldives
face book in e group search kohlaafa discussions balaa.
i need to contact ajunaadh
ajunaadh aa contact kuran beynun
adhives hama kiyaanee 100 percent muslim dhivehin
adhives Thauheed kiyavaidheyn gasdhu nukurey dho kobaatha sheikhun adhi Doctarun thauheedhge dharusthah aduahan beynumey
mi liyun liyunu beyfulhaayaa bahdhalu kurumah kihinei tho hadhan jeheynee
Adives ithuru mauloomaath beynun
ajnaad aa bahdhalu kollan beynun
އަޖުނާދު ޢަލީއާއި ބައްދަލުވާނީ ކިހިނެތްތޯ؟
Varah muhinmu mauloomaath kolheh shukuriyya..