ރާއްޖޭގެ ޚަބަރުދިއިސްލާމް

އުއްމުލް ޤުރާ ޔުނިވާސިޓީއަށް ދިވެހި 2 ދަރިވަރަކު ހޮވިއްޖެ.

ހިނގަމުންދާ ދިރާސީ އަހަރަށް ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ހުންނަ އުއްމުލްޤުރާ  ޔުނިވަރސިޓީން ދިވެހި ދެ ދަރިވަރަކަށް ސްކޮލަޝިޕްގެ ދަށުން އެ ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުޞަތު ލިބިއްޖެއެވެ.

މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީގައި ކިޔަވަމުންދާ ކުއްޖަކު މަޢުލޫމާތު ދިން ގޮތުގައި، ސްކޮލަޝިޕް ލިބުނު ދެ ދަރިވަރުންގެ ނަމަކީ ޢަބްދުލް ޢަޒީޒު ޔޫސުފް އާއި އަޙްމަދު މުޙައްމަދުއެވެ.

މިހާރުވެސް ދިވެހި 3 ފިރިހެން ދަރިވަރަކާއި ،2 އަންހެން ދަރިވަރުން އެ ޔުނިވަރސިޓީގައި  ކިޔަވަމުން  ދާ ކަމަށް އެ ކޮޅުން  މަޢުލޫމާތު ދިން ދަރިވަރު ބުނެއެވެ. މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީ އަކީ ވަރަށް ގިނަ ދާޢިރާއިން މަތީތަޢުލީމު ފޯރުކޮށްދޭ ސަޢުދީގެ އެންމެ ބޮޑު އެއް ޔުނިވަރސިޓީއެވެ. މި ޔުނިވަރސިޓީ ވުޖޫދަށް އައިސްފައި ވަނީ 1981 ވަނަ އަހަރުއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *