
ހުވާރާ އަވަށް – ދެ އަންހެން ކުދިން ގައިގަ ކާރުން ޖައްސާފައި ވަނީ މި އަވަށުގެ މަގަކުން އެ ކުދިން ހުރަސްކުރަނިކޮށް
ނާބްލުސް (އޮކްޓޯބަރ 4) އިޒްރޭލުގެ ޔަހޫދީ އަކު ދުއްވަމުން ދިޔަ ކާރަކުން ފަލަސްތީނުގެ ދެ އަންހެން ކުދިން ގައިގަ ޖައްސާ ޒަޚަމް ކޮށްލައިފި އެވެ.
މި ޙާދިޘާގައި ހިންގާފައި ވަނީ ފަލަސްތީނުގެ ނާބްލުސް އާއި 6 މޭލު ދެކުނުން ވެސްޓްބޭންކް އިރުން އޮންނަ ހުވާރާ ކިޔާ އަވަށެއްގަ އެވެ. ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ހައްދުފަހަނައަޅާފައިވާ ޔަހޫދީ މީހާ ޒަޚަމްކޮށްލި ދެ ކުދިންނަނަކީ ހުވާރާގެ އިބުން ސީނާ ކޮލެޖްގައި ނަރުސް ކަން ކިޔަވާ ދެކުދިންނެވެ.
އެ އަވަށުގައި ދިރިއުޅޭ މީހުން ބުނެފައިވާ ގޮތުގައި ސަޖާ (18އ) އާއި އޭނަގެ ދައްތަ އަހްލާމް ބިލާލް (19އ) ގެ ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ބޮޑެތި އަނިޔާ ލިބިފައި ވެއެވެ.
މިހާރު މިދެކުދިންނަށް ފަރުވާދިނުމަށް ރަފިދްޔާ ހޮސްޕިޓަލްގައި ވަނީ އެޑްމިޓް ކުރެވިފަ އެވެ.
އިޒްރޭލުގެ ޔަހޫދީން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެކިގޮތްގޮތަށް ދުއްތުރާތައް ކުރަމުންނެވެ. ކުޑަ ކުއްޖަކަށް މުސްކުޅިއަކަށް އަދި އަންހެނަކަށް ބެލުމެއްނެތި ފަލަސްތީނު މީހުންނަށް ދަނީ ހަމަލާތައް ދެމުންނެވެ.
_______
މަސްދަރު : ދި ޕަލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ
ކޮމެންޓް (0)
ލޯޑް ކުރަމުން...